ކޮޅުމަޑުލު އޮމަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތ.އޮމަދޫގައި ތަރާވީޙް ނަމާދުކުރާނެ ހާފިޡަކު ހޯދުމަށް ބޭނުންވެއްޖެ

1444 ވަނަ އަހަރުގެ ރަމަޟާންމަހުގެ ތ.އޮމަދޫގައި އިމާމުވެ ހިފްޘުކޮށް ތަރާވީޙް ނަމާދު ކުރާނެ ޙާފިޡަކު ގެނަސްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

           ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 25 ޖަނަވަރީ 2023 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން ޙާފިޡް ގެނައުމުގެ ހުރިހާ ހަރަދެއްގެ ތަފްސީލް އިނގޭނެހެން މި އިދާރާއަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

          އަންދާސީ ހިސާބު ހުށަހަޅާނީ ރަސްމީ ގަޑީގައި ތ.އޮމަދޫ ކައުންސިލް އިދާރާއަށް ނުވަތަ އީމެއިލް [email protected] އަށެވެ. އަދި އިތުރު މަޢުލޫމާތު ސާފުކުރުމަށް 6780039/9712223 ގުޅުއްވުން އެދެމެވެ.

17 ޖަނަވަރީ 2023
ހޯދާ