ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ދިވެހިރާއްޖެ
މަޢާފުކޮށްދިނުމާއި އަދަބު ލުއިކޮށްދިނުމަށް އެދި އިލްތިމާސް ހުށަހަޅާ ފޯމު އަށް ބަދަލުތަކެއް ގެނައުން

އިޢުލާނު

"މަޢާފުކޮށްދިނުމާއި އަދަބު ލުއިކޮށްދިނުމަށް އެދި އިލްތިމާސް ހުށަހަޅާ ފޯމު" އަށް ބަދަލުތަކެއް ގެނައުން

ޤާނޫނު ނަންބަރު 2/2010 (މަޢާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ޤާނޫނު) އަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު ރައީސުލްޖުމްހޫރިއްޔާ 2 ޑިސެންބަރު 2014 ގައި ތަޞްދީޤުކުރެއްވުމާ ގުޅިގެން، މި ޤާނޫނުގެ 6 ވަނަ މާއްދާގައި ބުނެފައިވާ "މަޢާފުކޮށްދިނުމާއި އަދަބު ލުއިކޮށްދިނުމަށް އެދި އިލްތިމާސް ހުށަހަޅާ ފޯމު" އަށް ބައެއް ބަދަލުތަކެއް ގެނެވިފައިވާ ވާހަކަ ދެންނެވީމެވެ.

އެގޮތުން ބަދަލުގެނެވުނު ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބެން ހުންނާނެ ވާހަކަ އާންމުކޮށް އަންގައި އިޢުލާންކުރީމެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުގެ އެޑްރެހަކީ www.presidencymaldives.gov.mv އެވެ.

12 ޞަފަރު 1436

04 ޑިސެންބަރު 2014
ހޯދާ