ދިވެހިރާއްޖެ
މަޤާމު: |
ކައުންސިލް އޮފިސަރ |
މަޤާމުގެ ނަންބަރު: |
J-371866 |
ބޭނުންވާ އަދަދު: |
01 ( އެކެއް ) |
މަޤާމުގެ ގިންތި: |
ދާއިމީ |
މަޤާމުގެ ރޭންކު: |
އެމް.އެސް 1 |
މަޤާމުގެ ކްލެސިފިކޭޝަން: |
ސީނިއަރ އޮފިސަރ ގްރޭޑް 1 |
ވަޒީފާ އަދާކުރަން ޖެހޭ ތަން: |
ގއ. ކަނޑުހުޅުދޫ ކައުންސިލްގެ އިދާރާ |
މުސާރަ: |
5610.00 (ފަސްހާސް ހަސަތޭކަ ދިހައެއް ) ރުފިޔާ |
ސަރވިސް އެލަވަންސް: |
2000.00 ( ދެހާސް ) ރުފިޔާ |
އެހެނިހެން އެލަވަންސް: |
1- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން. 2- ސިވިލްސާވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ. 3- ސިވިލްސާވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައި ލިބިލައްވާ -/700 ރުފިޔާ (މަހަކު). |
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: |
1- ވިޔަފާރި ރަޖިސްޓަރީކުރުމާއި، ބިޒްނަސް ނޭމް އާއި ލޯގޯ ރަޖިސްޓަރީ ކުރުމުގެ މަސައްކަތްކުރުން. 2- ޓްރޭޑްމާކް،ޝިޕިން މާކް، ކޮންސައިނީ ބަދަލުކުރުމާއި އަދި ވިޔަފާރި ހުއްދަ ބާތިލްކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރުން. 3- ރަށުގެ ވިޔަފާރިތަކާއި ގުޅިގެން ކައުންސިލުން ނިންމާ ކަންތައްތައް ކުރުމާއި ރަށުގައި ހިންގާ ވިޔަފާރިތަކާއި ގުޅިގެން ހުށަހަޅާ މައްސަލަތަކުގެ މަސައްކަތްކުރުން. 4- އެކިބާވަތުގެ ވިޔަފާރިތައް އެނގޭނެހެން ވިޔަފާރިތަކުގެ ދަފްތަރު ބެލެހެއްޓުން. 5- ކާޑުގެ ބާވަތްތައް ވިއްކަނީ ކަނޑައަޅާފައިވާ އަގަށްތޯ ބެލުމާއި އެ ފަދަފަރާތްތަކަށް ޢާއްމުކޮށް ވިއްކަންޖެހޭ އަގު އަންގައިދިނުން. 6- ރަށުގައި ކާޑުގެ ބާވަތްތައް ހުންނަމިންވަރު ބެލުމަށް މަހަކު އެއްފަހަރު ކާޑުގެ ބާވަތްތައް ހުރި މިންވަރު ބަލާ ރެކޯޑްކުރުމާއި ގޭހާއި ކާޑުގެ ބާވަތްތައް ރަށަށް ގެންނަންޖެހޭނަމަ އެކަމާގުޅޭ ލިޔުންތައް ތައްޔާރުކޮށް ފޮނުވުން. 7- ވިޔަފާރިކުރާ ތަންތަން ރަޖިސްޓަރީކުރުމުގެ ހުއްދައަށް އެދުމުން ހުއްދަދިނުމަށް ޤަވާޢިދާ އެއްގޮތަށް ތަން ތައްޔާރުވެފައި ވޭތޯބެލުމަށް ޢިމާރާތްތައް ޗެކްކުރުން. 8- މަސްވެރިކަމާއި ދަނޑުވެރިކަމާ ގުޅިގެން އަންނަ މައްސަލަތައް ކުރިއަށް ގެންދިއުނ 9- މިނެ ކިރާތަކެތީގައި ސިއްކަޖަހާފައިވޭތޯ ބެލުން. 10- މުދާ ވިއްކާތަންތަނާއި ޚިދުމަތްދޭތަންތަނުން ޚިދުމަތްދެމުން ގެންދަނީ ނުވަތަ މުދާ ވިއްކަމުންދަނީ މުދާގަންނަ ފަރާތްތަކާއި ޚިދުމަތްލިބިގަންނަ ފަރާތްތައް ޙިމާޔަތްކުރުމުގެ ޤާނޫނާއި ޤާވާޢިދާއި އެއްގޮތަށްތޯ ބަލާ ޤާނޫނާ ޤަވާޢިދާ ޚިލާފުވެފައި ވާނަމަ އަޅަންޖެހޭ ފިޔަވަޅު އެޅުމުގެ މައްސަލަތައް ކުރިއަށް ގެންދިއުން. 11- އެކަނިވެރި މައިން ބަފައިންނާ ،ދަރިންނާ، އަދި 65 އަހަރުގެ މީހުންނަށް ދައުލަތުގެ އެހީ ހަމަޖައްސައި ދިނުމަށް ލިޔުމާއި އެމީހުންގެ ރަޖިސްޓަރީ ބެލެހެއްޓުމާއި އަދި ކުއްލިގޮތުގައި ސަރުކާރު އެހީއަށް ބޭނުންވާ ފަރާތްތަކަށް ސަރުކާރު އެހީ ހޯދުމަށް ލިޔުން. 12- ޖީއެސްޓީއާއި ޓެކްސް ނެގުމާ ގުޅޭގޮތުން ކައުންސިލުން ކުރަންޖެހޭ މަސައްކަތްތައް ކުރުން. 13- ދައުލަތުން ފޯރުކޮށްދޭ ސަބްސިޑީޒް ދިނުމާ ގުޅޭ އުސޫލުތައް އަންގައިދިނުމާ ސަބްސިޑީޒްގެ މައްސަލަތައް ހައްލުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން 14- އުމުރުން 65 އަހަރުވެފައިވާ އިސްރަށްވެހިންގެ ދަފްތަރު ބެލެހެއްޓުމާއި އެފަރާތްތަކުގެ ސޯޝިއަލް ސެކުއުރިޓީއާ ގުޅިގެން އަންނަ މައްސަލަތަކުގެ މަސައްކަތް ކުރުމާއި ދޮށީ އުމުރުގެ މީހުންނަށް ދައުލަތުން ދެއްވާ އަސާސީ ޕެންޝަނުގެ ކަންތައްތަކާއި އެކަނިވެރި މައިންނަށް ދައުލަތުން ފޯރުކޮށްދޭ އެހީގެ ކަންތައް. 15- ސީވާރދިނަސް ސެޓްފިކެޓްތަށް ހެދުމަށް ކުރަންޖެހޭ މަސައްކަތްތައް ހިންގައި ބެލެހެއްޓުން 16- ޢާއްމު ސިއްޙަތާއި ބެހޭ ކަންތައް ރާވައި ހިންގުމާއި ބެލެހެއްޓުން 17- އައުޓް ސޯސްކޮށްގެން ދެވޭ ޚިދުމަތްތައް ދިނުމުގެ ކަންތައް ހިންގައި ބެލެއްޓުން
|
މަޤާމުގެ ޝަރުޠުތައް: |
މަޤާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން.
މަސައްކަތުގެ ދާއިރާ އެޑްމިނިސްޓްރޭޝަން މެނޭޖްމެންޓް
މަޤާމުގެ ތަޢުލީމީ ރޮނގުތައް
އެކައުންޓިންގ ، އެޑްމިނިސްޓްރޭޝަން، އެގްރިކަލްޗަރަލް ސައިންސް ، އެންތްރޯޕޮލޮޖީ، އާކިޓެކްޗަރ ،ބިޒްނަސް ، ބިޒްނަސް އެޑްމިނިސްޓްރޭޝަން ،ބިޒްނަސް މެނޭޖްމަންޓް ،ސިވިލް އިންޖިނިއަރިންގ ،ކޮމާސް ،ކޮމިޔުނިޓީ ޑިވެލޮޕްމަންޓް ،ކޮމްޕިއުޓަރ ސައިންސް ،ކައުންސިލް ، އެޑްމިނިސްޓްރޭޝަން ،ކަލްޗަރ އެންޑް ހެރިޓޭޖް ،ޑިމޮގްރަފީ ،ޑިވެލޮޕްމަންޓް ސްޓަޑީޒް ،އިކޮނޮމިކްސް ،އެންވަޔަރަންމެންޓަލް ސައިންސް ،ފައިނޭންސް ، ގަވަރނަންސް ،ގަވަރނަންސް އެންޑް ޑިވެލޮޕްމަންޓް ،ހޮސްޕިޓަލިޓީ ،އެންޑް ޓޫރިޒަމް ،ހިއުމަން ރިސޯސް ،އިންފޮމޭޝަން ޓެކްނޮލޮޖީ ،އިންޓަނޭޝަނަލް ރިލޭޝަންސް ލޯ ލީޑަރޝިޕް ލައިބްރަރީ ސައިންސް ލޯކަލްގަވަރނަންސް މެނޭޖްމަންޓް ،މެރިންސައިންސް ،މާކެޓިންގ ،އޮފީސް އެޑްމިނިސްޓްރޭޝަން ،ޕޮލިސީ ސްޓަޑިޒް
ޕޮލިޓިކަލް ސައިންސް ،ޕްރޮޖެކްޓު މެނޭޖުމަންޓު ،ޕަބްލިކް އެޑްމިނިސްޓްރޭޝަން ،ޕަބްލިކް މޭނޭޖްމަންޓް ،ޕަބްލިކް ޕޮލިސީ ،ޕަބްލިކް ރިލޭޝަންސް ،ޝަރީޢާ އެންޑް ލޯ ،ސޯޝަލް ސައިންސް ،ސޯޝަލް ވޯރކް ،ސޯޝިއޮލޮޖީ ،ސްޕޯޓްސް މެނޭޖްމަންޓް ،ސްޓެޓިސްޓިކްސް ،ސްޓްރަކްޗަރަލް އިންޖިނިއަރިންގ، ސަސްޓެއިނަބްލް ޑިވެލޮޕްމަންޓް ،އަރބަން ޕްލޭނިންގ އާބަން ސްޓަޑީޒް ޕްރިފަރޑް ޑިސިޕްލިން: އެކައުންޓިންގ ، އެޑްމިނިސްޓްރޭޝަން، އެގްރިކަލްޗަރަލް ސައިންސް ، އެންތްރޯޕޮލޮޖީ، އާކިޓެކްޗަރ ،ބިޒްނަސް ، ބިޒްނަސް އެޑްމިނިސްޓްރޭޝަން ،ބިޒްނަސް މެނޭޖްމަންޓް ،ސިވިލް އިންޖިނިއަރިންގ ،ކޮމާސް ،ކޮމިޔުނިޓީ ޑިވެލޮޕްމަންޓް ،ކޮމްޕިއުޓަރ ސައިންސް ،ކައުންސިލް ، އެޑްމިނިސްޓްރޭޝަން ،ކަލްޗަރ އެންޑް ހެރިޓޭޖް ،ޑިމޮގްރަފީ ،ޑިވެލޮޕްމަންޓް ސްޓަޑީޒް ،އިކޮނޮމިކްސް ،އެންވަޔަރަންމެންޓަލް ސައިންސް ،ފައިނޭންސް ، ގަވަރނަންސް ،ގަވަރނަންސް އެންޑް ޑިވެލޮޕްމަންޓް ،ހޮސްޕިޓަލިޓީ ،އެންޑް ޓޫރިޒަމް ،ހިއުމަން ރިސޯސް ،އިންފޮމޭޝަން ޓެކްނޮލޮޖީ ،އިންޓަނޭޝަނަލް ރިލޭޝަންސް ލޯ ލީޑަރޝިޕް ލައިބްރަރީ ސައިންސް ލޯކަލްގަވަރނަންސް މެނޭޖްމަންޓް ،މެރިންސައިންސް ،މާކެޓިންގ ،އޮފީސް އެޑްމިނިސްޓްރޭޝަން ،ޕޮލިސީ ސްޓަޑިޒް ޕޮލިޓިކަލް ސައިންސް ،ޕްރޮޖެކްޓު މެނޭޖުމަންޓު ،ޕަބްލިކް އެޑްމިނިސްޓްރޭޝަން ،ޕަބްލިކް މޭނޭޖްމަންޓް ،ޕަބްލިކް ޕޮލިސީ ،ޕަބްލިކް ރިލޭޝަންސް ،ޝަރީޢާ އެންޑް ލޯ ،ސޯޝަލް ސައިންސް ،ސޯޝަލް ވޯރކް ،ސޯޝިއޮލޮޖީ ،ސްޕޯޓްސް މެނޭޖްމަންޓް ،ސްޓެޓިސްޓިކްސް ،ސްޓްރަކްޗަރަލް އިންޖިނިއަރިންގ، ސަސްޓެއިނަބްލް ޑިވެލޮޕްމަންޓް ،އަރބަން ޕްލޭނިންގ އާބަން ސްޓަޑީޒް
ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓުން https://www.csc.gov.mv/PostStructure/Index/36ލިބިލައްވާނެއެވެ. ނޯޓް: ކޯ ޑިސިޕްލިން ނުވަތަ ޕްރިފަރޑް ޑިސިޕްލިން އާއި ގުޅޭ ސަނަދެއް ވަޒީފާއަށް ކުރިމަތިލާ ފަރާތުން ހުށަހަޅާފައިވާ ނަމަ، އެފަރާތަކަށް ކްރައިޓީރިއާގައި ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިން އަށް ދިނުމަށް ކަނޑައަޅާފައިވާ ޕޮއިންޓު އެފަރާތަކަށް ލިބިގެން ދާނެއެވެ.
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ (ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.) (ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް". |
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
|
|
މަޤާމަށް އައްޔަންކުރެވޭނީ، ވަޒީފާއަށް އެދިފައިވާ ފަރާތަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމުލަ %60 އިން ފެށިގެން މަތިން ޕޮއިންޓު ލިބިފައިވާ ނަމައެވެ. |
މަޤާމަށް އެދެންވީގޮތާއި ސުންގަޑި: |
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 26 ޖަނަވަރީ 2023 ގެ 13:00 ގެ ކުރިން، ގއ.ކަނޑުހުޅުދޫ ކައުންސިލް އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
|
ޝޯޓްލިސްޓުކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.
|
އިންޓަރވިއު އަދި އިމްތިޙާން އޮންނާނެ ތަނާއި، މުއްދަތު: |
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިމްތިޙާނު އަދި އިންޓަވިއު އޮންނާނީ، 01 ފެބްރުއަރީ 2023 އާއި 16 ފެބަރުއަރީ 2023 އާ ދެމެދު، ގއ. ކަނޑުހުޅުދޫ ކައުންސިލް އިދާރާ ގައެވެ.
|
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން |
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ. |
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6820020 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/recruitment-usoolu ) އިން ލިބެން ހުންނާނެއެވެ. |