ދިވެހިރާއްޖެ
މި އިދާރާ މެދުވެރިކޮށް އެއްގަމު ލައިސަންސް ނެގުމަށް ފޯމް ހުށައަޅައިފައިވާ ފަރާތްތަކުން އެއްގަމު ލައިސަންސް ތިއަރީ އިމްތިހާނަށްވާ 200/- ރުފިޔާ 23 ޖަނަވަރީ 2023ވާ ހޯމަ ދުވަހުގެ 14:00ގެ ކުރިން މިއިދާރާގެ ބޭންކް އެކައުންޓަށް ޓްރާންސްފަރ މެދުވެރިކޮށް ދައްކަވައިދެއްވުން އެދެމެވެ. ޓްރާންސްފަރ ކުރައްވާއިރު ރެފަރެންސްގައި އެބޭފުޅެއްގެ ނަމާއި އައިޑީކާޑު ނަންބަރު ޖެއްސެވުން އެދެމެވެ. އަދި ޓްރާންސްފަރ ސްލިޕް ތިރީގައިވާ ނަންބަރަށް ވައިބަރކޮށްދެއްވުން އެދެމެވެ. އެއްގަމު ލައިސަންސްގެ ތިއަރީ އިމްތިހާން ބޭއްވުމަށް ހަމަޖެހިފައިވަނީ 11 ފެބްރުއަރީ 2023ވާ ހޮނިހިރު ދުވަހުއެވެ.
އެކައުންޓް ނަން: 1364 ރެވެނިއު 2
އެކައުންޓް ނަންބަރު: 7719 700389 002
ވައިބަރ ނަންބަރު: 9681294
ވީމާ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
24 ޖުމާދުލްއާޙިރާ 1444