ދިވެހިރާއްޖެ
އިޢުލާން ނަންބަރު: ASND-HCM-IUL-2023-004
މަޤާމް: ސީނިއަރ އޮފިސަރ
ބޭނުންވާ އަދަދު: 01
ޑިޕާޓްމަންޓް/ސެކްޝަން: އިންފޮމޭޝަން ޓެކްނޮލޮޖީ
ވަޒީފާ އަދާކުރަންޖެހޭ ތަން: އާސަންދަ ކޮމްޕެނީ ލިމިޓެޑް،މާލެ
މަޤާމުގެ ޝަރުތު:
- ބިޒްނަސް މެނޭޖްމަންޓް ނުވަތަ ބިޒްނަސް އިންފޮމޭޝަން ޓެކްނޮލޮޖީއާއި ގުޅޭ ދާއިރާއަކުން ލެވެލް 7 ގެ ސަނަދެއް އޮތުން، ނުވަތަ
- ބިޒްނަސް މެނޭޖްމަންޓް ނުވަތަ ބިޒްނަސް އިންފޮމޭޝަން ޓެކްނޮލޮޖީއާއި ގުޅޭ ދާއިރާއަކުން ލެވެލް 5 ގެ ސަނަދެއް އޮތުމާއިއެކުނ އައިޓީ ދާއިރާއިން މަދުވެގެން 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
- ކުންފުނީގެ އިންފޮމޭޝަން ސިސްޓަމްތައް ބޭނުންކުރުމުގައި ސާރވިސް ޕްރޮވައިޑާރސްއަށް ބޭނުންވާ ސަޕޯރޓް ފޯރުކޮށްދިނުން.
- އައިޓީ ޕްރޮސެސްތަކާއި، ކުންފުނީގެ އިންފޮމޭޝަން ސިސްޓަމްތައް ޑޮކިއުމެންޓް ކުރުން،
- ކުންފުނީގެ އިންފޮމޭޝަން ސިސްޓަމްތަަކުގެ ޓްރެއިނިންގް ސްޓާފުންނަށް ދިނުން،
- ޑިޕާރޓްމަންޓްގެ އެކިއެކި ރިޕޯޓުތައް ތައްޔާރުކުރުން.
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް
- އިންފޮމޭޝަން ޓެކްނޮލޮޖީ ދާއިރާއިން ތަޖުރިބާ އާއި ހުނަރު ލިބިފައިވުން. އަދި މަސައްކަތްތައް ރާވައި ހިންގުމުގައި އިސްކޮށް ޙަރަކާތްތެރިވެ އުޅުމާއެކު މުވައްޒަފުން ލީޑްކުރުމުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ.
- އިނގިރޭސިބަހާއި، ދިވެހިބަހުން މުޢާމަލާތްކުރަން އެނގުން
މުސާރައާއި އިނާޔަތް :
- -/16،000 ރުފިޔާ އާއި، -/19،000 ރުފިޔާ އާ ދެމެދުގެ އަދަދެއް (މުސާރަ ކަނޑައެޅުމުގައި ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކަށާއި މަސައްކަތުގެ ތަޖުރިބާއަށް ބެލެވޭނެ)
ކުރިމަތިލުމުގެ ސުންގަޑި: 23 ޖަނަވަރީ 2023 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން
މި މަޤާމަށް ޝައުޤުވެރިވާ، ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، ތިރީގައިމިވާ ތަކެތި، އާސަންދަ ކުންފުނީގެ ހެޑް އޮފީސް، ފެން ބިލްޑިންގުގެ 3 ވަނަ ފަންގިފިލާ (އަމީނީމަގު) އަށް ހުށަހެޅުން އެދެމެވެ. އީމެއިލުންނަމަ، [email protected] އަށް ފޮނުވުން އެދެމެވެ.
ހުށަހަޅަންޖެހޭ ތަކެތި:
- ފުރިހަމަ ކޮށްފައިވާ މި އޮފީހުގެ ވަޒީފާއަށް އެދޭ ފޯމު.
- ޕާސްޕޯޓް ސައިޒުގެ 01 ފޮޓޯ.
- ވަޒީފާއަށް އެދޭ ފަރާތުގެ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ.
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.
- ތަޢުލީމީ ސެޓްފިކްޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ:
- ރާއްޖެއިން ބޭރުގެ މަރުކަޒަކުން ހަދާފައިވާ ކޯހެއްގެ ސެޓްފިކެޓެއްނަމަ، ހުށަހަޅަންވާނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްގެ ކޮޕީ.
- ސެޓްފިކެޓް ނެތް ހާލަތްތަކުގައި ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއި، މޯލްޑިވްްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ
6. ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ މީހަކުނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ ހޭދަވީ މުއަދަތާއި މަސްއޫލިއްޔަތު އެނގޭނޭ ރަސްމީ ލިޔުމެއް. (މަޤާމަށް ޝަރުތުހަމަވާ ވަރަށް ތަޖުރިބާ ލިބިފައިވޭތޯ ބެލޭނީ މިދެންނެވި ސިޓީތަކުންނެވެ.)
ވަޒީފާއަށް އެދޭ ފޯމު ޑައުންލޯޑްކުރުމަށް:
https://aasandha.mv/dv/downloads/job-application-forms
ޚާއްޞަ ސަމާލުކަމަށް:
- މި ވަޒީފާއަށް އެދިފައިވާ މީހުންގެ އަދަދު ގިނަނަމަ، އިންޓަވިއުކުރާނީ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
އިތުރު މަޢުލޫމާތު:
- އިތުރު މަޢުލޫމާތު ހޯދުމަށް، މި ކުންފުނީގެ 3011419 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.