ހައްދުންމަތީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޑަފެންރަހާ (ކުޑަފެންހުރާ) (މާވަށް ފަޅުތެރެ) ވަގުތީގޮތުން ބެލެހެއްޓުން ޙަވާލުކުރުމާއި ގުޅޭ:

ލ. ކުޑަފެންރަހާ (މާވަށް ފަޅުތެރެ) ވަގުތީގޮތުން ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މި އިދާރާގެ ނަންބަރު (IUL)240-PMD/240/2022/64 (04 އޮކްޓޫބަރ 2022) އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ހުށަހަޅާފައިނުވާތީ އެ އިޢުލާނު ބާތިލްކޮށް އަލުން އެ ފުރުޞަތު ހުޅުވާލަމެވެ.

 

#

ރަށް

ބިޑު ހުށަހެޅުމާއި ބިޑު ކެނޑުން

01

ލ. ކުޑަފެންރަހާ (ކުޑަފެންހުރާ)   (މާވަށް ފަޅުތެރެ)

26 ޖަނަވަރީ 2023، ބުރާސްފަތި ދުވަހުގެ 11:00

 

ވީމާ ލ. ކުޑަފެންރަހާ (ކުޑަފެންހުރާ) (މާވަށް ފަޅުތެރެ) ވަގުތީގޮތުން ބެލެހެއްޓުމަށް ޝައުގުވެރިވެލައްވާ ފަރާތް ތަކުން ކުލި ބަޔާން ކުރުމާއެކު ފަޅުރަށް ވަގުތީގޮތުން ބެލެހެއްޓުން ހަވާލުވުމަށް އެދި ހުށަހަޅާ ފޯމު ފުރިހަމަ ކުރައްވައިގެން 26 ޖަނަވަރީ 2023 ވާ ބުރާސްފަތި ދުވަހު 11:00 އަށް މި ކައުންސިލް އިދާރާއަށް ވަޑައިގެން ދެއްވުމަށް ދައުވަތު އަރުވަމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި އިދާރާގެ ނަންބަރު 6800713  ފޯނާއި ގުޅުއްވުން އެދެމެވެ. މިކަމާއި ގުޅޭ މަޢުލޫމާތު ކަރުދާސް އަދި ފަޅުރަށް ވަގުތީ ގޮތުން ބެލެހެއްޓުން ހަވާލުވުމަށް އެދި ހުށަހަޅާ ފޯމު މި އިޢުލާނާއި އެއްކަރުދާސް ކުރެވިފައިވާނެވެ.

15 ޖަނަވަރީ 2023
ހޯދާ