ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހޯރަފުށީގެ ޢިޖްތިމާޢީ ސަރަޙައްދުތައް ކުނިކަހާ ސާފުކޮށްދޭނޭ ފަރާތްތައް ހޯދުމާބެހޭ

               އިޢުލާން

               ހޯރަފުށީގެ ޢިޖްތިމާޢީ ސަރަޙައްދުތައް ކުނިކަހާ ސާފުކޮށް ބެލެހެއްޓުން ކައުންސިލުން އަންގާގޮތެއްގެ މަތީން އައުޓްސޯސްކޮށްގެން ބަޔަކާއި ޙަވާލުކޮށްގެން ކުރިއަށް ގެންދިއުމަށް ރަށު ކައުންސިލްގެ 01/2023 ވަނަ ޢާއްމު ޖަލްސާއިން ވަނީ ނިންމަވާފައެވެ.

               ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި ދަންނަވާފައިވާ ގޮތުގެ މަތިން ހޯރަފުށީ ކައުންސިލްގެ އިދާރާއަށް ޙާޟިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުން އެދެމެވެ.

 

ތަފްޞީލް

ތާރީޚް

ދުވަސް

ގަޑި

އަންދާސީ ހިސާބު ހުށަހަޅާ ފޯމް ދޫކުރުމާއި، މަޢުލޫމާތު ދިނުން

19 ޖަނަވަރީ 2023

ބުރާސްފަތި

11:00 (ހެނދުނު)

އަންދާސީ ހިސާބު ހުށަހަޅާ ފޯމް ބަލައިގަތުން

24 ޖަނަވަރީ 2022

އަންގާރަ

11:00 (ހެނދުނު)

                              

                   މަޢުލޫމާތު ސާފުކުރެއްވުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ، އެ ފަރާތެއްގެ މަޢުލޫމާތު ސިޓީއަކުން މިއިދާރާއަށް ހުށަހަޅަންވާނެއެވެ. މި ސިޓީގައި ބަދަލުގައި ވަޑައިގަންނަވާ ފަރާތުގެ ނަމާއި، އެޑްރެސް އަދި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު ލިޔުއްވަންވާނެއެވެ. ހޯރަފުށީގެ ޢިޖްތިމާޢީ ސަރަޙައްދުތައް ކުނިކަހާ ސާފުކުރުމަށް ފޯމް ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް އެކަނި ކަމުގައިވެސް ދަންނަވަމެވެ.

                    މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

                    24 ޖުމާދަލްއާޚިރު 1444

                    16  ޖަނަވަރީ   2023

16 ޖަނަވަރީ 2023
ހޯދާ