ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ހޯލުތަކަށް ގޮނޑި އާއި ޑެސްކް ގެންގޮސް އެތުރުމާއި ، ގެނެސްދީ ގުދަންކޮށް ބެހެއްޓުމާއި އަދި އެހެނިހެންވެސް ތަކެތި އުފުލާ ގެންގޮސް ގެނެސް ބަހައްޓާ ތަރުތީބު ކުރުމަށް މީހުންގެ ޚިދުމަތް ދޭނެ ފަރާތެއް ހޯދުން
ހޯލުތަކަށް ގޮނޑި އާއި ޑެސްކް ގެންގޮސް އެތުރުމާއި ، ގެނެސްދީ ގުދަންކޮށް ބެހެއްޓުމާއި އަދި އެހެނިހެންވެސް ތަކެތި އުފުލާ ގެންގޮސް ގެނެސް ބަހައްޓާ ތަރުތީބު ކުރުމަށް މީހުންގެ ޚިދުމަތް ދޭނެ ފަރާތެއް ހޯދުން
- މި ޑިޕާޓްމަންޓުން ބާއްވާ އިމްތިޙާނުތައް އަދި އެކިއެކި ބައްދަލުވުންތައް ފަދަ ކަންކަމާއި ގުޅިގެން ހޯލުތަކަށް ގޮނޑިއާއި ޑެސްކް ގެންގޮސް އެތުރުމާއި ގެނައުމާއި އަދި ފޮށިފަދަ ތަކެތި ގެންގޮސް ގެނައުމަށް އުފުލާ ބޭލުމާއި ތަންތަނުގައި ބަހައްޓައި އަތުރާ ތަރުތީބު ކުރުމަށް މީހުންގެ ޚިދުމަތްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.
- މި ޕްރޮޖެކްޓަށް ބީލަން ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރި ގިންތިއެއްގައި ރަޖިސްޓްރީ ކޮށްފައިވާ ދިވެހި ވިޔަފާރިތަކަށެވެ.
- މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް 2023 ޖަނަވަރީ 16 ން 2023 ޖަނަވަރީ 22 ވަނަ ދުވަހުގެ 12:00އާއި ހަމައަށް "ބިޑް ރަޖިސްޓްރީ ފޯމު"ގެ ލިންކު: https://forms.gle/Esh9911kJYHMD5Rj9 މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ.
- ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
- މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2023 ޖަނަވަރީ 22 ވަނަ ދުވަހުގެ 12:00 ގެ ކުރިން މި އިޢުލާނުގެ 8 ވަނަ ނަންބަރުގައިވާ މެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.
- ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2023 ޖަނަވަރީ 23 ވާ ހޯމަ ދުވަހުގެ 10:00 ގައި މި ޑިޕާޓްމަންޓް މިހާރު ހިނގަމުންދާ ހ، އަޝްރަފީވިލާ 3 ވަނަ ފަންގިފިލާގެ މީޓިންގ ރޫމް ގައެވެ.
- މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
- މިޕްރޮޖެކްޓާގުޅޭ އިތުރު މަޢުލޫމާތު [email protected] މެއިލު މެދުވެރިކޮށް އަދި،ލޮޖިސްޓިކްސް އެންޑް ޕްރޮކިއުމަންޓް ސެކްޝަންފޯން: 7533006 /4003966 އިންލިބިވަޑައިގަންނަވާނެއެވެ.
24 ޖުމާދުލްއާޚިރު 1444
16 ޖަނަވަރީ 2023
16 ޖަނަވަރީ 2023
ހޯދާ