ދިވެހިރާއްޖެ
މިރަށުގެ އިޖްތިމާޢީ ސަރަޙައްދުތަކާ ކައުންސިލްގެ ބެލުމުގެ ދަށުގައިހުރި މަގުތައް ކުނިކަހައި، ސާފުކުރުމަށް ވޭޖް އުސޫލުން މުވައްޒަފުން ހޯދުމަށް ބޭނުންވެއްޖެއެވެ.
މަޤާމު |
ކޮމިއުނިޓީ ކައުންސިލް އެސިސްޓެންޓް |
ބޭނުންވާ ޢަދަދު |
10 |
މަޤާމުގެ ގިންތި |
ވަގުތީ |
މަޤާމުގެ މުއްދަތު |
25 ޖަނަވަރީ 2023 ން 31 ޑިސެންބަރ 2023ގެ ނިޔަލަށް |
މުސާރަ |
މަސައްކަތްކުރާ ކޮންމެ ގަޑިއަކަށް 50.00ރ. (ފަންސާސް ރުފިޔާ) |
އެހެނިހެން އިނާޔަތްތައް |
|
މަސައްކަތް ކުރަން ހަމަޖެހިފައިވާ ދުވަހާއި، ވަގުތު |
ހ. މި މަޤާމަށް ހޮވޭ ފަރާތްތަކުން މަސައްކަތަށް ނިކުންނާނީ ކައުންސިލުން އަންގާ ދުވަސްތަކެއްގައެވެ. ޢާއްމުގޮތެއްގައި މަސައްކަތް ކުރަންޖެހޭނީ އާދީއްތަ، އަންގާރަ، ބުރާސްފަތި މި 3 ދުވަހުއެވެ. ށ. މަސައްކަތަށް ނުކުންނަންޖެހޭނީ މަދުވެގެން ހަފުތާއަކު 02 ދުވަހު އަދި ގިނަވެގެން ހަފުތާއަކު 03 ދުވަހުއެވެ. ނ. މަސައްކަތް ކުރަންޖެހޭނީ ދުވާލަކު 02 ގަޑިއިރުއެވެ. ރ. ޢާއްމުގޮތެއްގައި މަސައްކަތް ކުރާނީ،މެންދުރު ކުރި 10.00 ން 12.00 އަށެވެ. |
މައިގަނޑު މަސްއޫލިއްޔަތު |
ހ. އިދާރާއިން އަންގާ ގަޑިތަކަށް ކައުންސިލަށް ހާޒިރުވުން. ށ. ކައުންސިލްގެ ބެލުމުގެ ދަށުގައިވާ އިޖްތިމާޢީ ސަރަޙައްދުތަކާއި، މަގުތަކުގައިހުރި ގަސްގަހާގެހިން ހިންގާބިނގާވެ އުޅޭ މީހުނަށް ދަތިވާގޮތަށް ހުންނަ ގަސްގަހާގެހީގެ ގޮފިތައް، ނުވަތަ ފަންތައް އިދާރާއިން އަންގާގޮތެއްގެ މަތިން ކޮށުން. ނ. އިދާރާއިން އަންގާ ގޮތެއްގެ މަތިން، މަސައްކަތަށް ނުކުންނަންޖެހޭ ދުވަސްދުވަހު ސާފުކުރުމަށް އެދުވަހަކަށް ކަނޑައެޅިފައިވާ ސަރަޙައްދު ކުނިކަހާ ސާފުކުރުން. ރ. އެކިއެކި މުނާސަބާތަކާއި، ޚާއްޞަ ހާލަތްތަކުގައި އިޖްތިމާޢީ ސަރަޙައްދުގެ ތެރޭގައި ހިމެނޭ ވަކި ސަރަހައްދެއް ސާފުކުރުމަށް ކައުންސިލުން ބޭނުންވެއްޖެނަމަ، އެމަސައްކަތަށް ނުކުމެ އިދާރާއިން އަންގާގޮތެއްގެ މަތިން އެމަސައްކަތް ކުރުން. ބ. ކުނިކަހައި ސާފުކޮށް ނަގާކުނި ކައުންސިލުން ކަނޑައަޅާ ތަނަކަށް ގެންދިއުން. |
މަޤާމަށް އެދި ކުރިމަތިލާ ފަރާތުގެ ޝަރުތުތައް އަދި މީހުން ހޮވުމުގައި ޢަމަލުކުރާނެގޮތް |
މަޤާމުގެ އަސާސީ ޝަރުތު: ހ. ޢުމުރުން 18 އަހަރު ފުރި 65 އަހަރު ނުފުރޭ މީހަކަށްވުން. ށ. ޖިސްމާނީގޮތުން މި މަސައްކަތް ކުރުމުގެ ޤާބިލްކަން ހުރުން. ވަޒީފާއަށް އެދޭ ފަރާތްތަކުގެ ތެރެއިން އެންމެ ޤާބިލް ފަރާތެއް ހޮވުމުގައި ބެލޭނެ ކަންތައްތައް. އަސާސީ ޝަރުތު ހަމަވުން. 50 އިންޓަވިއު. 50 ނޯޓް:
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި |
މި މަޤާމަށް އެދި ކުރިމަތިލާ ފަރާތްތަކުން، އައިޑީ ކާޑުގެ ކޮޕީއާއެކު ސިޓީއަކުން 2023 ޖަނަވަރީ 23ވާ ހޯމަ ދުވަހުގެ މެންދުރުފަހު 14.00ގެ ކުރިން މިއިދާރާއަށް ހުށައަޅާންވާނެއެވެ. އީމެއިލް މެދުވެރިކޮށް ހުށައަޅާނަމަ، އީމެއިލް ކުރައްވާނީ މިއިދާރާގެ އީމެއިލް، [email protected] އަށެވެ. މިއިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ ޢަދަދަށް ސުންގަނޑި އިތުރުކޮށް ވަޒީފާއަށް އެދޭ ސިޓީ ބަލައިގަނެވޭނެއެވެ. |
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6740015އަށެވެ. |
22 ޖުމާދަލްއޫލާ 1444
14 ޖަނަވަރީ 2023