މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން
ދިވެހިރާއްޖެ
ރޭޑިއޯ ބިލްޑިންގ މަރާމާތުކުރުމަށް ބޭނުންވެއްޖެ

އިޢުލާން

ޕްރޮޕޯސަލް ހުށަހެޅުމުގެ ދަޢުވަތު:

މިކޯޕަރޭޝަންގެ ރޭޑިއޯ ބިލްޑިންގ، އޮފީސް ޢިމާރާތުގެ ފަސްޓްފްލޯއާއި ސެކަންޑް ފްލޯއާއި، ތާޑްފްލޯގެ ޝީޓްތަކުގެ ކޮންކްރީޓްތައް ފެޅި ހަލާކުވެފައިވާ ތަންތަން އަމިއްލަ ތަކެތީގައި މަރާމާތުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު MBC-F/IU/2014/111 ނަންބަރު އިޢުލާނާ ގުޅިގެން ހުށަހެޅުނު ޕްރޮޕޯސަލްގައި ދީފައިވާ މަޢުލޫމާތު ދިމާނުވުމުގެ ސަބަބުން އެ އިޢުލާން ބާޠިލުކޮށް، އެ ފުރުޞަތު އަލުން ހުޅުވާލަމެވެ.

ވީމާ،  މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން  8 ޑިސެންބަރު 2014 ހޯމަ ދުވަހު  2:00 އަށް އެމް.ބީ.ސީ. ހެޑްއޮފީސް (ރޭޑިއޯ ބިލްޑިންގ) އަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 11 ޑިސެންބަރު 2014 ބުރާސްފަތިދުވަހު 2:00 އަށް އެމް.ބީ.ސީ. ހެޑްއޮފީސް (ރޭޑިއޯބިލްޑިންގ) އަށް ހާޒިރުވެ އަގު ހުށަހެޅުއްވުން އެދެމެވެ. އަގު ހުށަހަޅުއްވާއިރު މި ކޯޕަރޭޝަނުން ދޭ މަޢުލޫމާތު ކަރުދާހުގައިވާ ހުރިހާ މަޢުލޫމާތެއް ފުރިހަމަކޮށް ހުށަހަޅުއްވަން ވާނެއެވެ.

 10 ޞަފަރު 1436

02 ޑިސެންބަރު 2014
ހޯދާ