ކޮޅުމަޑުލު ވޭމަންޑޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮޅުމަޑުލު ވޭމަންޑޫއިން ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަގޯތި އަމިއްލަ ކުރުމަށް ދައްކަންޖެހޭ އަގު

 ކޮޅުމަޑުލު ވޭމަންޑޫ ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަގޯއްޗެއް އަމިއްލަ ކުރުމަށް ދައްކަންޖެހޭ އަގު ކަނޑައެޅުމަށްޓަކައި ޤަވާޢިދު ނަމްބަރު: 2022/R-181 '' ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަގޯތި އަމިއްލަ ކުރުމާއި، ގަނެ ވިއްކުމާއިބެހޭ ޤަވާޢިދު '' ގެ 9 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން، ވޭމަންޑޫ ކައުންސިލްގެ 4 ވަނަ ދައުރުގެ 42 ވަނަ ޢާއްމު ބައްދަލުވުމުން ތިރީގައި ބަޔާން ކުރެވިފައިވާ ގޮތަށް އަގުނެގުމަށް ވަނީ ނިންމާފައެވެ.

v      އެއްފަހަރާ ފައިސާދައްކާ ޚަލާސްކުރާނަމަ އަކަފޫޓަކަށް 50.00 ރުފިޔާ.

v      އެކި ފަހަރުމަތިން ފައިސާ ދައްކާ ޚަލާސްކުރާނަމަ އަކަފޫޓަކަށް 65.00 ރުފިޔާ.  

       ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢްލާން ކުރީމެވެ.

12 ޖަނަވަރީ 2023
ހޯދާ