މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް
ދިވެހިރާއްޖެ
ސްޓެޓިސްޓިކަލް އޮފިސަރ

އިޢުލާނު

މަޤާމު:

ސްޓެޓިސްޓިކަލް އޮފިސަރ                                    

މަޤާމުގެ ނަންބަރު:

J-367044

ބޭނުންވާ އަދަދު

1 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

އެމް.އެސް. 2

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ޑިޕާޓްމަންޓް / ސެކްޝަން:

ޕޮޕިއުލޭޝަން އެންޑް ސޯޝަލް ސްޓެޓިސްޓިކްސް ޑިވިޝަން / ސޯޝަލް އެންޑް ޖެންޑަރ ސްޓެޓިސްޓިކްސް

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް، މާލެ، ދިވެހިރާއްޖެ

މުސާރަ:

މަހަކު 6295.00 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 2000.00 ރުފިޔާ

އެހެނިހެން އެލަވަންސް:

ނޭޝަނަލް ޕްލޭނިންގ އެލަވަންސް: އަސާސީ މުސާރައިގެ %35 (މަހަކު)

މިމަޤާމަކީ ޓެކްނިކަލް ކޯ އެލަވަންސް ދެވޭ މަޤާމަކަށްވާތީ، މިމަޤާމަށް ޓެކްނިކަލް ކޯ ދޭ ކޯ ޑިސިޕްލިނަކީ އެޕްލައިޑް މެތަމެޓިކްސް، މެތަމެޓިކްސް އަދި ސްޓެޓިސްޓިކްސް. ޓެކްނިކަލް ކޯ އެލަވަންސް ގޮތުގައި ދެވޭނީ މުސާރައިގެ %28 އެވެ.

އަދި ޓެކްނިކަލް ކޯ ނުލިބޭނަމަ މިމަޤާމަށް ކަނޑައެޅިފައިވާ ސަޕޯޓިންގ ކޯ އެލަވަންސް ގެ ގޮތުގައި -/900 ރުފިޔާ ލިބޭނެއެވެ.

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ދިވެހިރާއްޖޭގެ ފަގީރުކަމުގެ މިންގަނޑު އެކުލަވާލުމުގައި ގެންގުޅޭނެ މެތަޑޮލޮޖީ ކަނޑައަޅާ އަދި ފަގީރުކަމުގެ މިންގަނޑު އެކުލަވާލާ ދިރާސާ ރިޕޯޓު ތައްޔާރުކުރުމުގައި ޑްރާފް އެކުލަވާލުން
  2. ގޭބިސީގެ އާމްދަނީއާއި ހަރަދުކުރުން ހުރި ގޮތުގެ ސަރވޭގައި ފަގީރުކަމުގެ މިންގަނޑު އެކުލަވާލުމަށް ބޭނުންވާ މައުލޫމާތު ފުރިހަމައަށް ނެގުމަށްޓަކައި ޓެކްނިކަލް ލެވެލްގައި ކުރަންޖެހޭ މަސައްކަތްތައް ކުރުން (ކޮންވާޝަން ޓޭބަލް ތައްޔާރުކުރުން، ސުވާލުތައް ނިންމުން، ޓްރޭނިން މެޓީރިއަލް ތައްޔާރުކުރުން، ތަމްރީން ދިނުން، ޑޭޓާ ކޮލިޓީ ބެލުންފަދަ(
  3. މަލްޓިޑައިމެންޝަނަލް ޕަވަޓީ އިންޑެކްސް އަދި މަލްޓިޑައިމެންޝަނަލް ވަލްނަރަބިލީ އިންޑެކްސް އެކުލަވާލާ އާންމުކުރުމުގައި އެހީތެރިވެދިނުން
  4. ބޯހިމެނުމުގެ ނަތީޖާއިން އަދި އެކި ސަރވޭތަކުން އިޖުތިމާއި ތަފާސްހިސާބުގެ އެކި ތީމެޓިކް ދިރާސާތައް ކުރިއަށް ގެންދިޔުން (ޖެންޑަރ، ޗިލްރަން، އެލްޑަލީ، ޔޫތް، ރަށުފެންވަރުގެ ޕްރޮފައިލް ފަދަ) އަދި އިސް ނަގައިގެން ޑްރާފްޓް ރިޕޯޓު އެކުލަވާލުން
  5. ޤައުމީ ތަރައްޤީގެ މަޝްރޫޢުގެ ލަނޑުދަނޑިތައް، އެސް.ޑީ.ޖީ އަދި މިނިމަމް ސެޓް އޮފް ޖެންޑަރ އިންޑިކޭޓަރސްއަށް ބޭނުންވާ ޑިމޮގްރަފިކް އެންޑް ސޯޝަލް އިންޑިކޭޓަރތަކަށް ބޭނުންވާ ތަފާސްހިސާބުތައް އެކުލަވާލުމަށް ކަމާއި ގުޅުންހުރި މުވައްސަސާތަކުން އެންމެ ފަހުގެ ތަފާސްހިސާބު ހޯދުމުގެ މަސައްކަތް ކުރުން
  6. ގައުމީ ފެންވަރުގައި ޖެންޑަރ އިންޑިކޭޓަރސް މޮނިޓަރ ކުރުމަށް ބޭނުންވާ މައުލޫމާތު ކަމާއި ގުޅުންހުރި މުވައްސަސާތަކުން ހޯދުމުގެ މަސައްކަތްކުރުން )ނެޝަނަލް ޕްރައަރަޓައިޒް ޖެންޑަރ އިންޑިކޭޓަރސް، ޖެންޑަރ އީކުއަލިޓީ އެކްޝަން ޕްލޭން މޮނިޓަރިންގ(
  7. ބޯހިމެނުމުގެ ނަތީޖާއިން ރަށު ފެންވަރުގެ ޑިމޮގްރަފިކް ޕްރޮފައިލްތަކުގެ ޑްރާފްޓް ތައްޔާރު ކުރުން
  8. ސިވިލް ސޮސައިޓީ އޯގަނައިޒޭޝަން (އެންޖީއޯ) ތަކުން ނަގާ ބަލަހައްޓާ އިޖުތިމާއީ ތަފާސްހިސާބު ހަރުދަނާ ކުރުމަށް ކުރަންޖެހޭ ޓެކްނިކަލް މަސައްކަތްތަކުގައި އެހީތެރިވެ ދިނުން
  9. އެކިއެކި މުވައްސަސާތަކުން އެއްކުރާ އިޖްތިމާއީ ތަފާސްހިސާބު ހަރުދަނާ ކުރުން (ތައުލީމް، ޑިސްއެބިލިޓީ، ކްރައިމް، ފަދަ)
  10. ގާނޫނުގެ ދަށުން ބިއުރޯއިން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް އަދާކުރުމަށް ބޭނުންވާ ލަފާހޯދުމަށްޓަކައި އުފައްދާ އިޖުތިމާއީ ކޮމިޓީތަކުގެ އިދާރީ އެންމެހައި މަސައްކަތްތައް ބެލެހެއްޓުން
  11. ސޯޝަލް އެންޑް ޖެންޑަރ ސްޓެޓިސްޓިކްސް ސެކްޝަނަށް އަންނަ ޑޭޓާ ރިކުއެސްޓްތަކަށް އެޓެންޑް ކުރުން.

މަޤާމުގެ ޝަރުޠުތައް:

  1.  މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން.

 

މަޤާމުގެ ތަޢުލީމީ ރޮނގުތައް:

- އެކައުންޓިންގ

- އެޕްލައިޑް މެތަމެޓިކްސް

- ކޮމްޕިއުޓަރ ސައިންސް

- ޑާޓާ ސައިންސް

- ޑިމޮގްރަފީ

- އިކޮނޮމިކްސް  

- އެންވަޔަރަންމެންޓަލް ސައިންސް

- ޖޮގްރަފިކަލް އިންފޮމޭޝަން ސިސްޓަމް  

- އިންފޮމޭޝަން ޓެކްނޮލޮޖީ  

- މެތަމެޓިކްސް

- ރިސާރޗް މެތޮޑޮލޮޖީ

- ސޯޝަލް ސައިންސް

- ސޯޝިއޮލޮޖީ  

- ސްޓެޓިސްޓިކްސް

 

ކޯ ޑިސިޕްލިންތައް:

- އެޕްލައިޑް މެތަމެޓިކްސް

- މެތަމެޓިކްސް

- ސްޓެޓިސްޓިކްސް

 

މަޤާމާއި ގުޅޭ ވަޒީފާގެ ދާއިރާތައް:

- ސްޓެޓިސްޓިކްސް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ދެވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 23 ޖެނުއަރީ 2023 ގެ 14:00 ގެ ކުރިން، މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް ([email protected]) މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 24 ޖެނުއަރީ 2023 އިން 24 ފެބްރުވަރީ 2023 އާ ދެމެދު، މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް ގައެވެ.

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3008408 އަށެވެ. އީ-މެއިލް ކުރާނީ ([email protected]) އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް>"ރެކްރޫޓްމެންޓްއުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

15 ޖަނަވަރީ 2023
ހޯދާ