ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ
ދިވެހިރާއްޖެ
ގެވެށި އަނިޔާ ހުއްޓުވުމުގެ ތިންވަނަ ގައުމީ ސިޔާސަތުގެ އެކްޝަން ޕްލޭން އެކުލަވާލާނެ ކޮންސަލްޓަންޓަކު ހޯދުމަށް

އިޢުލާން

1. ތަޢާރުފު

ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީއަކީ ގާނޫނު ނަންބަރު 3/2012 (ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނު) ގެ 52 ވަނަ މާއްދާގެ ދަށުން  2012ވަނަ އަހަރު އުފައްދާފައިވާ މުއައްސަސާއެކެވެ. މި ގާނޫނުގެ 52 ވަނަ މާއްދާގެ ދަށުން ގެވެށި އަނިޔާގެ އަމަލުން މީހުން ސަލާމަތްކުރުމަށްޓަކައި ރާއްޖޭގައި އެކި ފަރާތްތަކުން ކުރާ މަސައްކަތްތައް ވިލަރެސްކޮށް ގައުމީ ސިޔާސަތެއްގެ ދަށަށް އެ މަސައްކަތްތައް ގެނެސް ހިންގައިދީ، އެންމެ ކުރީ ސަފުގައި ގައުމީ ފެންވަރުގައި މަސައްކަތްކުރުމަކީ މި އޮތޯރިޓީގެ މަސްއޫލިއްޔަތެކެވެ.   މިގޮތުން، މި އޮތޯރިޓީގެ ތަސައްވަރަކީ ދިވެހިރާއްޖޭގައި ދިރިއުޅޭ ހުރިހާ އެންމެންނަކީ، އެއްވެސް ތަފާތުކުރުމެއްނެތި، ގެވެށި އަނިޔާގެ އަމަލުތަކުން ރައްކާތެރިވެފައިވާ، ދުޅަހެޔޮ ދިރިއުޅުމެއް އުޅޭ ބަޔަކަށްވުމެވެ.

ގެވެށި އަނިޔާ ހުއްޓުވުމުގެ ޤައުމީ ސިޔާސަތަކީ ދިވެހިރާއްޖޭގައި ގެވެށި އަނިޔާގެ އަމަލުތައް ހުއްޓުވުމަށްޓަކައި ކުރެވޭ އެންމެހާ މަސައްކަތްތައް އެއްހަމަކޮށް، ގެވެށި އަނިޔާގެ ޝިކާރައަށްވާ ފަރާތްތަކަށް ބޭނުންވާ ޒަރޫރީ ހިދުމަތްތައް ފާހަގަކޮށް އަދި އެ ހިދުމަތްތަކުގެ ފެންވަރު ވަޒަންކުރުމަށްޓަކައި ހަރުދަނާ ނިޒާމެއް އެކަށައެޅުމަށްޓަކައި ކޮންމެ ފަސް އަހަރަކުން ކަނޑައަޅާ ސިޔާސަތަކެވެ.

އަދި ގެވެށި އަނިޔާ ދިވެހިރާއްޖެއިން ނައްތާލުމަށްޓަކައި ކުރަންޖެހޭ މަސައްކަތުގެ ފެންވަރު ހިފަހައްޓައި، އެފަދަ މަސައްކަތްތައް ދެނެގަނެ ގުޅުންހުރި އެކި އިދާރާތަކާއި މުއައްސަސާތަކުން ދެމުންއަންނަ ހިދުމަތްތައް ވިލަރެސް ކުރުމަކީވެސް މި ސިޔާސަތުގެ މަގްސަދުތަކުގެ ތެރޭގައި ހިމެނޭކަމެކެވެ. މިގޮތުން، މި ކޮންސަލްޓަންސީގެ ދަށުން ފުރުސަތު ހުޅުވާލެވިގެންދާނީ ގެވެށި އަނިޔާ ހުއްޓުވުމުގެ 3 ވަނަ ގައުމީ ސިޔާސަތުގެ އެކްޝަން ޕްލޭން އެއް ތައްޔާރުކުރުމުގެ މަސައްކަތަށެވެ.

2. ކޮންސަލްޓަންސީގެ މަޤްޞަދު

މި ކޮންސަލްޓަންސީގެ މަޤްޞަދަކީ ގެވެށި އަނިޔާ ހުއްޓުވުމުގެ 3 ވަނަ ގައުމީ ސިޔާސަތު ތަންފީޒުކުރުމަށްޓަކައި، އެ ސިޔާސަތުގައިވާ ލަނޑުދަނޑިތަކުގެ މައްޗަށް ތަރުތީބުވެފައިވާ އިލްތިޒާމްތައް ފުރިހަމައަށް އަދާކުރެވޭނެފަދައިން އަދި  ސިޔާސަތުގެ މޮނިޓަރިން އެންޑް އިވެލުއޭޝަން ފްރޭމްވޯކްއާއި ތައާރުޒްނުވާހެން ގެވެށި އަނިޔާ ހުއްޓުވުމުގެ 3 ވަނަ ގައުމީ ސިޔާސަތުގެ އެކްޝަން ޕްލޭންއާއި އަދި އެކްޝަން ޕްލޭންގެ މޮނިޓަރިން އެންޑް އިވެލުއޭޝަން ޓޫލް ތައްޔާރުކުރުމެވެ.

މި ކޮންސަލްޓަންސީގެ ދަށުން އެކުލަވާލެވޭ އެކްޝަން ޕްލޭން އަދި އެކްޝަން ޕްލޭންގެ މޮނިޓަރިން އެންޑް އިވެލުއޭޝަން ޓޫލް ތައްޔާރުކުރަންވާނީ ގެވެށި އަނިޔާ ހުއްޓުވުމުގެ 3 ވަނަ ޤައުމީ ސިޔާސަތު ތަންފީޒުކުރުމުގައި ސަމާލުކަންދޭންވީ ދާއިރާތަކާއި، 'އައުޓްޕުޓް ސްޓޭޓްމަންޓްސް' އަދި 'އައުޓްޕުޓް އިންޑިކޭޓަރސް' ދަނެގަނެ ގެވެށި އަނިޔާ ހުއްޓުވުމަށް މަސައްކަތް ކުރާ ހުރިހާ ފަރާތްތަކުން ކުރާ މަސައްކަތްތައް އެއްހަމައަކުން ކުރެވޭނެ ފަދަގޮތަކަށެވެ.

3. ކޮންސަލްޓަންޓްގެ މަސްއޫލިއްޔަތު

މި އިއުލާނުގައިވާ މަސައްކަތް ކުރިއަށް ގެންދިއުމުގައި ކޮންސަލްޓަންޓްގެ މައިގަނޑު މަސްއޫލިއްޔަތު ތިރީގައި އެވަނީއެވެ. ކޮންސަލްޓަންސީ އަށް ހުށަހަޅާ ޕްރޮޕޯޒަލްގައި މި މަސައްކަތްތައް ކުރިއަށްގެންދާނެ ގޮތުގެ ފުރިހަމަ ވޯރކްޕްލޭނެއް އަދި މެތޮޑޮލޮޖީއެއް ހިމަނަންވާނެއެވެ.

3.1 އިންސެޕްޝަން ރިޕޯޓް ތައްޔާރުކުރުން

3.1.1 މި މަސައްކަތުގެ ތެރެއިން ގެވެށި އަނިޔާ ހުއްޓުވުމަށް މަސައްކަތްކުރާ 'ކީ ސްޓޭކްހޯލްޑަރސް' ގެ މަސްއޫލިއްޔަތުތަކާއި އެ ފަރާތްތަކުން އަމަލުކުރާ އުސޫލުތައް ދަނެގަނެ، އެފަރާތްތަކުން އަމަލުކުރަމުންދާ 'ވާކް ޕްލޭން' އެނެލައިޒް ކުރުމާއި އެކު ޤައުމީ ސިޔާސަތުގައި ބަޔާންކޮށްފައިވާ 'ގޯލްސް' ހާސިލްކުރަން ހުށަހަޅާގޮތްތައް މި ރިޕޯޓުގައި ހިމަނަންވާނެ އެވެ. ހަމައެއާއެކު، ހުށަހަޅާ ގޮތްތަކަކީ ގުޅުން ހުރި މުވައްސަސާތަކުން އަމަލުކުރާ ޤާނޫނުތަކާއި ގަވާއިދުތަކަށް ރިއާޔަތްކުރެވި އަދި ޖެންޑާ އިކުއަލިޓީ އެކްޝަން ޕްލޭންއާއި، ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން (ސެޕް) ގައި ހިމެނޭ ލަނޑުދަނޑިތަކަށް ވާސިލްވެވޭނެ ފަދައަކުން ހުށަހެޅޭ ގޮތްތަކެއްކަން ޔަގީންކުރަންވާނެއެވެ.

3.1.2 މިފަދަ އެކްޝަން ޕްލޭންތައް އެކުލަވާލައި ތަންފީޒުކުރުމުގައި އެހެން ގައުމުތަކުން އަމަލުކުރަމުންދާ ގޮތުގެ "ބެސްޓް ޕްރެކްޓިސަސް" އަށް ރިއާޔަތްކޮށް، އެކަންކަން މި އެކްޝަން ޕްލޭންގައި ހިމަނާނެ ގޮތްތައް ހުށަހަޅަންވާނެއެވެ. ހަމައެޔާއެކު، އެކްޝަން ޕްލޭން ތަންފީޒުވަމުންދާ މިންވަރު ހަރުދަނާގޮތެއްގައި ބެލިގެންދާނެ މިންގަނޑާއިމެދު އެކަށީގެންވާ ވަރަށް ދިރާސާ ކުރެވިފައި ހުންނަންވާނެއެވެ.

3.1 ގެވެށި އަނިޔާ ހުއްޓުވުމުގެ 3 ވަނަ ގައުމީ ސިޔާސަތުގެ އެކްޝަން ޕްލޭން އަދި މޮނިޓަރިން އެންޑް އިވެލުއޭޝަން ޓޫލް ތައްޔާރުކުރުން

ގެވެށި އަނިޔާ ހުއްޓުވުމުގެ 3 ވަނަ ޤައުމީ ސިޔާސަތުގެ އެކްޝަން ޕްލޭން އާއި މޮނިޓަރިން އެންޑް އިވެލުއޭޝަން ޓޫލް ތައްޔާރުކުރަންވާނީ މި ކޮންސަލްޓަންސީގެ މަޤްޞަދާއި އެއްގޮތްވާގޮތުގެ މަތިން އެކުލަވާލާ ވާކްޕެލޭން އަދި މި މަސައްކަތްކުރިޔަށް ގެންދާނެގޮތުގެ މެތަޑޮލޮޖީ އާއި އެއްގޮތްވާގޮތުގެ މަތިންނެވެ.

މީގެއިތުރުން، މި އެކްޝަން ޕްލޭން ތައްޔާރުކުރަންވާނީ ގެވެށި އަނިޔާ ހުއްޓުވުމުގެ 3 ވަނަ ގައުމީ ސިޔާސަތު އަދި ސިޔާސަތުގެ މޮނިޓަރިން އެންޑް އިވެލުއޭޝަން ފްރޭމްވޯކްގެ މައްޗަށް ބިނާކޮށް މި އޮތޯރިޓީގެ ބޯޑާއި، މުވައްޒަފުން އަދި ގެވެށި އަނިޔާގެ ކަންކަމާއި ގުޅޭ ސްޓިއަރިން ކޮމިޓީއާއި ޓެކްނިކަލް ކޮމިޓީ އަދި ކަމާއި ގުޅުން ހުރި މުއައްސަސާތައް ޝާމިލްކޮށްގެން އެފަރާތުގެ ލަފާ އަދި މަޝްވަރާއެކުގައެވެ. އަދި އެކްޝަން ޕްލޭން އާއި  މޮނިޓަރިން އެންޑް އިވެލުއޭޝަން ޓޫލް ތައްޔާރުކުރަންވާނީ ގެވެށި އަނިޔާ ހުއްޓުވުމުގެ 3 ވަނަ ޤައުމީ ސިޔާސަތު  އެކަށީގެންވާގޮތެއްގައި ތަންފީޒުކުރެވެމުންދޭތޯ ބަލައި އެކްޝަން ޕްލޭންގައިވާ ހަރަކާތްތަކުގެ އިމްޕެކްޓް އެސެސް ކުރެވޭނެ ފަދައަކުންނެވެ.

3.2 ގެވެށި އަނިޔާ ހުއްޓުވުމުގެ 3 ވަނަ ގައުމީ ސިޔާސަތުގެ އެކްޝަން ޕްލޭންގެ ވެލިޑޭޝަން ވޯކްޝޮޕް ބޭއްވުން

ކުރިއަށް އޮތް 5 އަހަރަށް އަމަލުކުރާ 3ވަނަ ގެވެށި އަނިޔާ ހުއްޓުވުމުގެ ގައުމީ ސިޔާސަތުގެ އެކްޝަން ޕްލޭންގެ ފުރަތަމަ ޑްރާފްޓަށް، އޮތޯރިޓީގެ ހުށަހެޅުންތައް ހޯދައި ހިމެނުމަށްފަހު، ފައިނަލް ކުރުމަށްޓަކައި ކަމާއިގުޅުންހުރި މުއައްސަސާތަކާއި ގެވެށި އަނިޔާގެ ކަންކަމާ ގުޅޭ ސްޓިއަރިންކޮމިޓީއާއިއެކު ވެލިޑޭޝަން ވޯކްޝޮޕެއް ފެސިލިޓޭޓްކުރަންވާނެއެވެ. މި ވޯކްޝޮޕްގެ އެންމެހާ އިދާރީ ކަންކަމާއި ޚަރަދުތައް ބަލަހައްޓާނީ މި އޮތޯރިޓީންނެވެ.

3.3 ގެވެށި އަނިޔާ ހުއްޓުވުމުގެ 3 ވަނަ ގައުމީ ސިޔާސަތުގެ އެކްޝަން ޕްލޭން ފައިނަލްކުރުން

ވެލިޑޭޝަން ވޯކްޝޮޕްގެ ހުށަހެޅުންތަކުގެ އަލީގައި، ގެވެށި އަނިޔާ ހުއްޓުވުމުގެ 3 ވަނަ ގައުމީ ސިޔާސަތުގެ އެކްޝަން ޕްލޭން އަދި އެކްޝަން ޕްލޭންގެ މޮނިޓަރިން އެންޑް އިވެލުއޭޝަން ޓޫލް ފައިނަލްކޮށް، ކަނޑައެޅިފައިވާ ތާވަލާއި އެއްގޮތަށް އޮތޯރިޓީއަށް ހުށަހަޅަންވާނެއެވެ.

4. ޑެލިވަރަބަލްސް

  • ވޯކް ޕްލޭން އަދި މަސައްކަތް ކުރިއަށް ގެންދާނެ ގޮތުގެ މެތޮޑޮލޮޖީ
  • އިންސެޕްޝަން ރިޕޯޓް
  • އެކްޝަން ޕްލޭން އަދި މޮނިޓަރިން އެންޑް އިވެލުއޭޝަން ޓޫލްގެ ފަސްޓް ޑްރާފްޓް
  • ވެލިޑޭޝަން ވޯކްޝޮޕް ފެސިލިޓޭޓްކުރުން
  • އެކްޝަން ޕްލޭން އަދި މޮނިޓަރިން އެންޑް އިވެލުއޭޝަން ޓޫލްގެ ފައިނަލް ޑޮކިއުމަންޓް

5. ސިއްރު ހިފެހެއްޓުން

5.1 މި މަސައްކަތުގެ ތެރޭގައި އެއްކުރާ އެންމެހާ ލިޔެކިޔުންތަކާއި، އުފައްދާ އެންމެހާ ތަކެއްޗަކީ އޮތޯރިޓީގެ ތަކެއްޗެވެ.

5.2 މި މަސައްކަތްކުރުމަށް ހޯދާ އެންމެހާ މައުލޫމާތުގެ ސިއްރު ހިފަހައްޓައި، އިތުރު ކަމަކަށް އެފަދަ މައުލޫމާތު ބޭނުންކޮށްގެން ނުވާނެއެވެ.

6. ކޮންސަލްޓަންޓަކު ހޮވުމުގައި ބަލާނެ ކަންކަން

ތަޖުރިބާ: މިފަދަ މަސައްކަތް ކުރުމުގެ ތަޖުރިބާ ލިބިފައިވާ ފަރާތެއްކަން ހާމަކޮށްދޭންވާނެއެވެ. މިގޮތުން، މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން މާސްޓަރސް ޑިގްރީ ހާސިލްކޮށްފައިވާ ފަރާތެއްނަމަ، ސޯޝަލް ސައިންސްގެ ދާއިރާ، ޕަބްލިކް ޕޮލިސީ، ޖެންޑާރ އެންޑް ޑިވޮލޮޕްމަންޓް، ހިއުމަން ރައިޓްސް، ލޯ ނުވަތަ ގުޅުންހުރި ދާއިރާއަކުން މަދުވެގެން 3 އަހަރުގެ ތަޖުރިބާ ހުރި ފަރާތަކަށްވާންވާނެއެވެ.  

އަދި މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން ބެޗްލަރސް ޑިގްރީއެއް ހާސިލްކޮށްފައިވާނަމަ، ސޯޝަލް ސައިންސްގެ ދާއިރާ، ޕަބްލިކް ޕޮލިސީ، ޖެންޑާރ އެންޑް ޑިވޮލޮޕްމަންޓް، ހިއުމަން ރައިޓްސް، ލޯ ނުވަތަ ގުޅުންހުރި ދާއިރާއަކުން މަދުވެގެން 5 އަހަރުގެ ތަޖުރިބާހުރި ހުރި ފަރާތަކަށް ވާންވާނެއެވެ.

ސިޔާސަތު އެކުލަވާލުމުގެ މަސައްކަތުގައި އަދި ސްޓްރެޓީޖިކް ޕްލޭނިންގގެ ދާއިރާގައި އަމަލީގޮތުން މަސައްކަތްކޮށް, ސްޓްރެޓަޖީ އަދި އެކްޝަން ޕްލޭން ތައްޔާރުކުރުމުގެ ތަޖުރިބާ އާއި ގާބިލްކަންހުރުން

މަލްޓި ސްޓޭކްހޯލްޑަރ ލެވެލްގެ ވޯކްޝޮޕް ހިންގުމުގެ އަދި ފޯކަސްގްރޫޕް ޑިސްކަޝަންސް ފެސިލިޓޭޓްކުރުމުގެ އަދި މި ނޫންވެސް އިޖުތިމާއީ ދިރާސާކުރުމުގެ މެތަޑްތަކަށް ފަރިތަ, ތަޖުރިބާހުރި އަދި ގާބިލް ފަރާތަކަށްވުން

ޓީމަކުން ހުށަހަޅާނަމަ، ޓީމްގެ މެންބަރުންގެ މެދުގައި މިފަދަ ތަޖުރިބާތައް ހުރި މިންވަރަށް ބަލައި މާކްސް ދެވޭނެއެވެ.

20%

ތައުލީމު:. މިފަދަ މަސައްކަތެއް ކުރުމުގެ ތައުލީމީ ގާބިލުކަން ހާމަކޮށްދޭން ވާނެއެވެ.

މިގޮތުން ސޯޝަލް ސައިންސްގެ ދާއިރާ، ޖެންޑަރ އެންޑް ޑިވެލޮޕްމަންޓް، ޕަބްލިކް ޕޮލިސީ، ސޯޝަލް ޕޮލިސީ ވިމެންސް ސްޓަޑީޒް، ހިއުމަން ރައިޓްސް، ނުވަތަ ގުޅުންހުރި ދާއިރާތަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް (މާސްޓާސް ޑިގްރީ) ހާސިލްކޮށްފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

އަދި މި  ކޮންސަލްޓަންސީގެ ފުރުސަތަށް ކުރިމަތިލެވޭނީ އިސްވެދެންނެވުނު ދާއިރާތަކުގެ ތެރެއިން ދަށްވެގެން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ސަނަދެއް (ބެޗްލަރސް ޑިގްރީ) ހާސިލުކުރައްވާފައިވާ ފަރާތްތަކަށެވެ. މި ގޮތުން ކުރިމަތިލާ ފަރާތުގެ ތައުލީމީ ސެޓްފިކެޓްތައް ހުށަހަޅަންވާނެއެވެ. މާކްސް ދެވޭނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށް އަދި އެޓެސްޓް ކުރެވިފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ ހުށަހަޅާފައިވާނަމައެވެ. 

ޓީމަކުން ހުށަހަޅާނަމަ، ވަކިވަކި މެންބަރުންގެ ތައުލީމު އެނގޭނެހެން ހުށަހަޅަންވާނެއެވެ.

15%

ޓެކްނިކަލް ޕްރޮޕޯސަލް: ޕްރޮޕޯސަލްގައި މަސައްކަތް ކުރިއަށް ގެންދިއުމަށް ހުށަހަޅާ މެތޮޑޮލޮޖީ، އަދި ވާކް ޕްލޭން ހިމަނަން ވާނެއެވެ. މިގޮތުން މިބަޔަށް މާކްސް ދިނުމުގައި ބަލާނީ ކޮންސަލްޓަންޓް ކުރަންޖެހޭ މަސައްކަތްތައް އޮތޯރިޓީއިން ބޭނުންވާ ފެންވަރަށް, އޮތޯރިޓީއިން ހުށަހަޅާފައިވާ މުއްދަތުގައި ނިންމުމަށް ޕްރޮޕޯސަލްގައި ހުށަހަޅާ މެތަޑޮލޮޖީއާ ވޯކްޕްލޭންގެ މައްޗަށެވެ.

30%

އަންދާސީ ހިސާބު

35%

7. މަސައްކަތުގެ މުއްދަތު

މިމަސައްކަތް ނިންމުމަށް ބަންދު ދުވަސްތައް ހިމެނޭހެން ޖުމްލަ 45 ދުވަހުގެ މުއްދަތެއް ދެވޭނެއެވެ.

8. ހުށަހަޅަން ޖެހޭ ތަކެތި

ހުށަހަޅާ ޕްރޮޕޯސަލްތައް އޮތޯރިޓީއިން ބަލައިގަންނާނީ ތިރީގައިވާ ލިޔެކިޔުންތަކާއި މައުލޫމާތު ފުރިހަމަ ކަމުގައިވަނީނަމައެވެ. ވަކިވަކި ފަރުދުން، ނުވަތަ ޓީމަކަށް/ފާމަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.

ހ. ހިދުމަތް ފޯރުކޮށްދޭ ފަރާތުގެ މައުލޫމާތު

  • މިފަދަ މަސައްކަތް ކޮށްފައިވާކަން ބަޔާންކޮށް ހެއްކާއެކީ ހުށަހަޅަންވާނެއެވެ. މިބައިގައި، ސިޔާސަތު އެކުލަވާލުން ނުވަތަ ދިރާސާ ކުރުމުގެ ތަޖުރިބާއާއި، އިންޓަވިއު ކުރުމާއި، ފޯކަސް ގްރޫޕް މަޝްވަރާތައް ބޭއްވުން ފަދަ ތަޖުރިބާތަކަށް ބެލޭނެއެވެ.
  • މިފަދަ މަސައްކަތެއް ކުރުމަށް ބޭނުންވާ ތައުލީމީ ގާބިލުކަން ސާބިތުކޮށްދޭ ލިޔެކިޔުންތައް ހުށަހަޅަންވާނެއެވެ. މިގޮތުން ސޯޝަލް ސައިންސަސްގެ ދާއިރާ ނުވަތަ ޕަބްލިކް ޕޮލިސީ ނުވަތަ ސޯޝަލް ޕޮލިސީގެ ދާއިރާއަކުން މާސްޓާސް ޑިގުރީ ހާސިލްކޮށްފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.
  • ހުށަހަޅާ ތައުލީމީ ސެޓްފިކެޓް ތަކަކީ، އެޓެސްޓް ކޮށްފައިވާ ސެޓްފިކެޓް ކަމުގައި ވާންވާނެއެވެ.
  • ޓީމަކުން ޕްރޮޕޯސަލް ހުށަހަޅާނަމަ، ޓީމްގައި ހިމެނޭ ވަކިވަކި މެންބަރުންގެ މައުލޫމާތު ހިމަނަން ވާނެއެވެ. އަދި ޓީމް ލީޑަރެއްގެ ގޮތުގައި ހަރަކާތްތެރިވާނީ ކޮންފަރާތެއްކަން ބަޔާންކުރަން ވާނެއެވެ.

ށ. ޓެކްނިކަލް ޕްރޮޕޯސަލް

  • މިމަސައްކަތް ކުރިއަށް ގެންދިއުމަށް ހުށަހަޅާ މެތޮޑޮލޮޖީ ޓެކްނިކަލް ޕްރޮޕޯސަލްގައި ހިމަނަން ވާނެއެވެ.
  • މިމަސައްކަތް ކުރިއަށް ގެންދާނެ ގޮތުގެ ވާކް ޕްލޭނެއް، މަސައްކަތް ފަށައިގެން ގޮސް ނިމެންދެން ކުރިއަށްދާނެގޮތުގެ ޓައިމްލައިނަކާއެކީ ޓެކްނިކަލް ޕްރޮޕޯސަލްގައި ހިމަނަން ވާނެއެވެ.

ނ. އަންދާސީ ހިސާބު

ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަކުން މިކަމަށް ބޭނުންވާނެ އަންދާސީ ހިސާބު ތިރީގައިވާ ގޮތަށް ހުށަހަޅަން ވާނެއެވެ. އަންދާސީ ހިސާބުގައި އަގު ކުރެވިފައި ހުންނަންވާނީ ދިވެހި ރުފިޔާއިންނެވެ.

  • ނޯޓް: ގެވެށި އަނިޔާ ހުއްޓުވުމުގެ 3 ވަނަ ގައުމީ ސިޔާސަތުގެ އެކްޝަން ޕްލޭންގެ ވެލިޑޭޝަން ބައްދަލުވުން ބޭއްވުމަށޤޓަކައި ހިނގާ ހަރަދުތައް ބަލަހައްޓާނީ މި އޮތޯރިޓީއިންނެވެ.

ނަންބަރު

ހަރަކާތް

ތަފުސީލު

އަދަދު

ޔުނިޓު އަގު

ޖުމުލަ އަގު

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

9. ކޮންފްލިކްޓްއޮފްއިންޓްރެސްޓް 

ޕްރޮޕޯސަލް/އަންދާސީ ހިސާބު ހުށަހަޅާ ފަރާތާއި އޮތޯރިޓީގެ މުވައްޒަފަކާ ނުވަތަ އޮތޯރިޓީގެ ބޯޑު މެމްބަރަކާ ގުޅުމެއް (ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ 1.02 ގެ (ހ) ގައި ބަޔާންކުރާ "ކްލޯސް ރިލޭޓިވް" ނުވަތަ "ކްލޯސް އެސޯސިއޭޓިވް" ކަމުގައި ބަޔާންކޮށްފައިވާފަދަ ގުޅުމެއް) އޮތްކަމުގައިވާނަމަ، އެކަމުގެ ސާފު މައުލޫމާތު އެގޭނެ ލިޔުމެއްގައި ސޮއިކޮށް ހުށަހަޅަންވާނެއެވެ.  

10. އިތުރުމައުލޫމާތު:

އިތުރު މައުލޫމާތު ބޭނުންފުޅުނަމަ މި އޮތޯރިޓީގެ [email protected] އަށް އީމެއިލް މެދުވެރިކޮށް 23 ޖަނަވަރީ 2023 ވަނަ ދުވަހުގެ 13:00 ގެ ކުރިން ލިޔުއްވައި މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.   

11. ޕްރޮޕޯސަލް ހުށަހެޅުން

ޕްރޮޕޯސަލް ހުށަހެޅުން: 25 ޖަނަވަރީ 2023 ވަނަ ދުވަހުގެ 11:00 އަށް

ހުށަހަޅަންޖެހޭތަން: ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ (ހ. މައިޒާންދޮށުގެ، 2 ވަނަ ފަންގިފިލާ)  

ނޯޓް: ގަޑިއަށް ހާޒިރު ނުވާ ފަރާތްތައް މި ބިޑުގައި ބައިވެރި ނުކުރެވޭނެ ވާހަކަ ދަންނަވަމެވެ. 

15 ޖަނަވަރީ 2023
ހޯދާ