މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރ. އިންނަމާދޫގެ އޮޑިއެހެލާ ސަރަހައްދުގެ ކުލި ބަހާލުމާއިބެހޭ:

ރ. އިންނަމާދޫގެ އޮޑިއެހެލާ ސަރަހައްދުގެ ކުލި ބަހާލުމާއިބެހޭ:

          މި އިދާރާގެ އިޢުލާން ނަންބަރު:(IUL)307/INDIV/2022/95  މި ރަށުގެ އޮޑިއެހެލާ ބޭލުމަށް ހެދިފައިވާ ޤަވާއިދުގެ ދަށުން، އޮޑިދޯނި ފަހަރު އެހެލާ ބާލާ ސަރަޙައްދުގައިވާ އުޅަނދުތަކަށް އަރާފައިވާ ކުލި 6 (ހައެއް) މަސް ދުވަހަށްވުރެ ދިގުނޫން މުއްދަތަށް ބަހާލައިގެން ދެއްކޭނެ ފުރުޞަތު، އެ ކަމަށްއެދި ހުށަހަޅާ ފަރާތްތަކަށް ދިނުމަށް، މި ކައުންސިލްގެ 4 ވަނަ ދައުރުގެ 2022 ވަނަ އަހަރުގެ 42 ވަނަ (14 ޑިސެންބަރު 2022) ޖަލްސާއިން ނިންމާފައިވާތީ، 29 ޑިސެމްބަރ 2022 ގައި ދެވުނު ފުރުޞަތު 05 ޖަނަވަރީ 2023 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 14:00 އަށް ހަމަވެފައިވާތީ ދަންނަވަމެވެ.

ދެންނެވުނު ފުރުޞަތުގެ ބޭނުން އެއްވެސް ފަރާތަކުން ހިފާފައިނުވާތީ، އެންމެ ފަހު ފުރުޞަތެއްގެ ގޮތުގައި، 19 ޖަނަވަރީ 2023 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން، ފުރުޞަތަށް އެދި، ރަސްމީކޮށް، ލިޔުމުން، މި އިދާރާއަށް ހުށަހެޅުމަށް ދަންނަވަމެވެ. މިކަމާގުޅޭގޮތުން، އިތުރު މަޢުލޫމާތެއް ސާފުކުރަން ބޭނުންނަމަ، ރަސްމީގަޑީގައި، މި އިދާރާގެ ނަންބަރު 6580052 އަށް، އީމެއިލް: [email protected]  އަދި ކައުންސިލް މެންބަރު، އިބްރާހީމް ނުހާން (7801241) އާ ގުޅުއްވުން އެދެމެވެ.  

15 ޖަނަވަރީ 2023
ހޯދާ