މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މުނިސިޕަލް ސަރވިސް އޮފިސަރ

އިޢުލާން

ތިރީގައިމިވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.

މަޤާމު

މުނިސިޕަލް ސަރވިސް އޮފިސަރ

ބޭނުންވާ އަދަދު

1

ރޭންކު

އެމް.އެސް 1

ކްލެސިފިކޭޝަން

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

މުސާރަ

-/5610

ސަރވިސް އެލަވަންސް

-/2000

އެހެނިހެން އެލަވަންސް

އިތުރުގަޑީގައި މަސައްކަތްކުރުވައިފިނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ވަޒީފާ އަދާކުރަންޖެހޭ ތަން

މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫ ކައުންސިލްގެ އިދާރާ (އިކޮނޮމިކް، ސޯޝަލް އެންޑް މުނިސިޕަލް ސަރވިސް)

މަޤާމުގެ މަސްއޫލިއްޔަތު

ވިހާމަރުވާއާބެހޭ އެންމެހައި ކަންތައްތައް ބެލެހެއްޓުމާއި، އުފަންދުވަހުގެ ސެޓްފިކެޓް. އިމްޕޯޓް ހުއްދަ، ސަލާމަތީ ސެޓްފިކެޓް، ސާފުތާހިރުކަމުގެ ސެޓްފިކެޓް ދޫކުރުމުގެ ކަންކަން ބެލެހެއްޓުމާއި، ލިބޭ ސިޓީއާއި މެސެޖްތަކަށް ޖަވާބުދިނުމާއި، ރިޕޯޓްތައް ފޮނުވުމާއި، ރުއްގަހުގެ ކަންތަކާއި، ރަށުތެރެ ސާފުކުރުމުގެ ކަންތައްތައް ބެލެހެއްޓުން.

މަޤާމުގެ ޝަރުޠު

  1. މަގާމު މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  2. މަގާމު މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛
  3. މަގާމު މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީސަނަދެއް ހާސިލުކޮށްފައިވުން.

ވަޒީފާއަށް އެންމެ ޤާބިލްފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

1. ވަޒީފާގެ ޝަރުޠު- ވަޒީފާއަށް ކަނޑައެޅިފައިވާ ޝަރުޠު ފުރިހަމަވުން. (ވަޒީފާގެ ޝަރުޠު ފުރިހަމަނުވާނަމަ، ޑިސްކޮލިފައިވާނެ)        

2. ތަޢުލީމާއި ތަމްރީން: ލިބިފައިވާ ތަޢުލީމާއި، ވަޒީފާއާ ގުޅުންހުރި ކުރުމުއްދަތުގެ ތަމްރީނުތައް.                                                 

3. ތަޖުރިބާ- ވަޒީފާއާ ގުޅުންހުރި ތަޖުރިބާއާއި އެހެނިހެން ތަޖުރިބާ.

4. ލިބިފައިވާ ހުނަރު: އިންޓަރވިއުއާއި ޕްރެކްޓިކަލް.

އިންޓަވިއު ކުރުން

 އިންޓަވިއުއާއި ޕްރެކްޓިކަލް އޮނަނާނެ ތާރީޚާއި، ތަނާއި، ގަޑި، އިންޓަވިއު ބާއްވާ ދުވަހުގެ 4 ދުވަހުގެ ކުރިން، ވަޒީފާއަށް އެދިފައިވާ ފަރާތްތަކަށް މި އިދާރާއިން އަންގާނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

- މި މަޤާމަށް ކުރިމަތިލާން އެދޭ ފަރާތްތަކުން، ތިރީގައިވާ ލިޔުންތަކާއެކު 2014 ޑިސެންބަރު 15 ވާ ހޯމަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން މި އިދާރާއަށް ހުށަހަޅަންވާނެއެވެ. ނަމަވެސް މިއި ދާރާގެ މުވައްޒަފަކު ކުރިމަތިލާނަމަ، ވަޒީފާއަށް އެދޭ ފޯމާއެކު ހުށަހަޅަންޖެހޭ  ލިޔުންތައް ހުށަހަޅާކަށް ނުޖެހޭނެއެވެ.

- ވަޒީފާއަށް އެދޭ ފޯމް (ވަޒީފާއަށް އެދޭ ފޯމް، މި އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv  އިން ލިބެން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

-  ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކުގެ ކޮޕީއާއި،  މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށްޓަކައި މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.

- ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއަކާއި، ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ސީވީ)

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތެއް ސާފުކުރަން ބޭނުންވާނަމަ ގުޅާނީ، މި އިދާރާގެ ނަންބަރު 6600007 ފޯނާއެވެ.  މެއިލްކުރާނަމަ، މެއިލްކުރާނީ  [email protected] އަށެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

5 ޞަފަރު 1436   

27 ނޮވެންބަރު 2014
ހޯދާ