އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ
ދިވެހިރާއްޖެ
ށ. ފީވަކު ގޮނޑުދޮށުން ގިނަ އަދަދެއްގެ ވެއްޔާއި އަކިރި ނެގުމާ ގުޅިގެން ކުރެވޭ ޖޫރިމަނާ

 

ނޫސްބަޔާން

ށ. ފީވަކު ގޮނޑުދޮށުން ގިނަ އަދަދެއްގެ ވެއްޔާއި އަކިރި ނެގުމާ ގުޅިގެން ކުރެވޭ ޖޫރިމަނާ

ށ. ފީވަކު ގޮނޑުދޮށުން ގިނަ އަދަދެއްގެ ވެއްޔާއި އަކިރި ނެގުމުގެ ޝަކުވާ 07 އޮކްޓޯބަރ 2022 ވަނަ ދުވަހު މި އެޖެންސީއަށް ހުށަހެޅުމާއި ގުޅިގެން މި މައްސަލައިގައި، މި އެޖެންސީން ބެލި ބެލުންތަކާއި އެއްކުރެވުނު މަޢުލޫމާތުތަކުން، މިލަދުންމަޑުލުއުތުރުބުރީ ފީވަކު ކައުންސިލްގެ އިދާރާގެ އިސްނެގުމުގެ މަތިން 25 ބަސްތާ ވެއްޔާއި 20 ބަސްތާ އަކިރި ށ. ފީވަކު ގޮނޑުދޮށުން ނަގައި ކުޑަކުދިން ކުޅޭ ޕާކެއް ތަރައްޤީކުރުމަށްޓަކައި ބޭނުންކޮށްފައިވާކަން ސާބިތުވާތީ ޤާނޫނު ނަންބަރު:93/4 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު) އިން ލިބިދޭ ބާރުގެ ދަށުން އެކުލަވާލެވިފައިވާ ގަވާއިދު ނަންބަރު 2011/R-9 (ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވާއިދު) ގެ 15 ވަނަ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރަށް ރިޢާޔަތްކޮށް ގަވާއިދުގެ ޖަދުވަލު 2 ގެ ދަށުން 83,525.00 (އަށްޑިހަ ތިންހާސް ފައްސަތޭކަ ފަންސަވީސް) ދިވެހި ރުފިޔާ އިން މިލަދުންމަޑުލުއުތުރުބުރީ ފީވަކު ކައުންސިލްގެ އިދާރާ ޖޫރިމަނާ ކުރެވިފައިވާ ކަމާއި، ސަރުކާރު ބަންދު ދުވަސްތައް ހިމަނައިގެން 30 ދުވަހުގެ ތެރޭގައި މި ޖޫރިމަނާގެ ފައިސާ މި އެޖެންސީއަށް ދެއްކުމަށް 12 ޖެނުއަރީ 2023 ގައި މިލަދުންމަޑުލުއުތުރުބުރީ ފީވަކު ކައުންސިލްގެ އިދާރާއަށް ވަނީ އެންގިފައެވެ.  

 

22

جُمَادَى الْآخِرَة  

1444

15 ޖަނަވަރީ 2023
ހޯދާ