އަރިއަތޮޅު ދެކުނުބުރީ ފެންފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލޭންޑް ޔޫސް ޕްލޭން ފާސްކުރުމުގެ ބައްދަލުވުން ލަސްކުރުމާގުޅޭ

މިކަންސިލްގެ ނަންބަރު (IUL)355-ESMS/355/2023/1 އިއުލާނާއި ހަވާލާދީ ދަންނަވަމެވެ.

13 ޖަނަވަރީ 2023 ވާ ހުކުރުދުވަހުގެ ރޭ 21:00 ގައި  ބޭއްވުމަށް ހަމަޖެހިފައިވާ މިރަށުގެ ލޭންޑް ޔޫސް ޕްލޭން ފާސްކުރުމަށް ބާއްވާ ރައްޔިތުންގެ ބައްދަލުވުން ލަސްކުރެވިފައިވާ ވާހަކަ ދަންނަވަމެވެ. އަދި މިރަށުގެ ލޭންޑް ޔޫސް ޕްލޭން ފާސްކުރުމަށް ބާއްވާ ރައްޔިތުންގެ ބައްދަލުވުން ބާއްވާނެ ތާރީހެއް އާންމުކޮށް އިއުލާންކުރާނެވާހަކަ ދަންނަވަމެވެ.  

ވީމާ، މިކަން އާންމުކޮށް އަންގާ އިއުލާން ކުރަމެވެ.

12 ޖަނަވަރީ 2023
ހޯދާ