ދިވެހިބަހުގެ އެކެޑަމީ
ދިވެހިރާއްޖެ
ވާހަކަދެއްކުމުގެ 36ވަނަ ޤައުމީ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު

2023ވަނަ އަހަރުގެ އަދަބީ ކަލަންޑަރުގައި މި އެކެޑަމީން ކަނޑައަޅައިފައިވާ އަލްއުސްތާޛު އިބްރާހީމް ޝިހާބުގެ ހަނދާނީ ވާދައިގެ ތަށްޓަށް ބާއްވާ ވާހަކަދެއްކުމުގެ 36ވަނަ ޤައުމީ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވައިލައިފައެވެ.

 

      (ހ) މި މުބާރާތް ބެހިފައިވަނީ ތިރީގައި މިވާ 4 ބަޔަށެވެ.

 

  1. އިސްކޫލުތަކުގެ ބައި ( ދަށު ސާނަވީ ގިންތި، ސާނަވީ ގިންތި، މަތީ ސާނަވީ ގިންތި)

   - ދަށު ސާނަވީ ގިންތި (ކީ ސްޓޭޖް 3)

   - ސާނަވީ ގިންތި (ކީ ސްޓޭޖް 4)

   - މަތީ ސާނަވީ ގިންތި (ކީ ސްޓޭޖް 5)

2. މަތީ ތަޢުލީމުގެ ބައި ) ޔުނިވަރސިޓީ /ކޮލެޖު/ އިންސްޓިޓިއުޓް/ އެކެޑަމީ)

3. އަމިއްލަފަރާތްތަކުގެ ބައި (18 އަހަރުން ދަށުގެ އުމުރުފުރާ/ 18 އަހަރުން މަތީގެ އުމުރުފުރާ)

 4. އޮފީސް/ ކުންފުނި/ ކުލަބު/ ޖަމުޢިއްޔާ/ ޖަމާޢަތްތަކުގެ ބައި


(ށ) މި މުބާރާތުގެ މަތީ ތަޢުލީމުގެ ބަޔާއި އޮފީސް/ ކުންފުނި/ ކުލަބު/ ޖަމުޢިއްޔާ/ ޖަމާޢަތްތަކުގެ ބަޔަށް އޮންނާނީ ބަހުސެވެ.

(ނ) މި މުބާރާތް އޮންނާނީ 2023 ފެބުރުވަރީ 12އިން ފެށިގެންނެވެ.

(ރ) މުބާރާތުގެ ދާއިރާތަކުން ވާހަކަދައްކާނެ މައުޟޫޢުތައް މުބާރާތް ފެށުމުގެ މަދުވެގެން 7 ދުވަސް ކުރިން އެކެޑަމީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

(ބ) މި މުބާރާތުގައި ބައިވެރިވާން އެދޭ ފަރާތްތަކުން އެކަމަށް އެދި، ފޯމު ފުރިހަމަކުރުމަށް ފަހު 2023 ފެބުރުވަރީ 02 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ހުށައަޅަންވާނެއެވެ.

 

މުބާރާތުގެ އެކި އުމުރުފުރާތަކުގެ ބައިވެރިވާން އެދޭ ފޯމުގެ ލިންކުތައް

  1. އިސްކޫލުތަކުގެ ބައި
    https://dhivehiacademy.edu.mv/wp-content/uploads/2023/01/Vaahakadhekkun-School.pdf
    https://dhivehiacademy.edu.mv/wp-content/uploads/2023/01/Vaahakadhekkun-School.xlsx

 

  2. މަތީ ތަޢުލީމުގެ ބައި

    https://dhivehiacademy.edu.mv/wp-content/uploads/2023/01/Vaahakadhekkun-University-College.pdf

    https://dhivehiacademy.edu.mv/wp-content/uploads/2023/01/Vaahakadhekkun-University-College.xlsx

 

  3. އަމިއްލަފަރާތްތަކުގެ ބައި

    https://dhivehiacademy.edu.mv/wp-content/uploads/2023/01/Vaahakadhekkun-Amilla.pdf

    https://dhivehiacademy.edu.mv/wp-content/uploads/2023/01/Vaahakadhekkun-Amilla.xlsx

 

  4. އޮފީސް/ ކުންފުނި/ ކުލަބު/ ޖަމުޢިއްޔާ/ ޖަމާޢަތްތަކުގެ ބައި

     https://dhivehiacademy.edu.mv/wp-content/uploads/2023/01/Vaahakadhekkun-ClubJamiyyaa.pdf

     https://dhivehiacademy.edu.mv/wp-content/uploads/2023/01/Vaahakadhekkun-ClubJamiyyaa.xlsx

 

 

      (ބ) މުބާރާތާ ގުޅޭ އިތުރު މައުލޫމާތު ހޯއްދެވުމަށް މެއިލްކުރައްވާނީ [email protected] އަށެވެ.

 

      (ޅ) މި މުބާރާތުގެ ގަވާއިދާއި ބައިވެރިވާން އެދޭ ފޯމާއި މުބާރާތާ ގުޅުންހުރި އެހެނިހެން ލިޔެކިޔުންތައް މި އެކެޑަމީންނާއި މި އެކެޑަމީގެ ވެބްސައިޓް www.dhivehiacademy.edu.mvން ލިބެން ހުންނާނެއެވެ. އަދި އިތުރު މަޢުލޫމާތު މި އެކެޑަމީގެ ނަންބަރު  7986230ން ލިބޭނެއެވެ.

12 ޖަނަވަރީ 2023
ހޯދާ