މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ފަޔަރވޯލެއް ގަންނަން ބޭނުންވެއްޖެ
މި އޮތޯރިޓީއަށް ފަޔަރވޯލެއް ގަންނަން ބޭނުންވެގެން ކުރި ނަންބަރު (IUL)220-HRA/1/2014/115 (29 އޮކްޓޫބަރު 2014) އިޢުލާނާ ގުޅިގެން ހުށަހަޅައިފައިވާ އަންދާސީހިސާބުތަކުގައިވާ އަގު ބޮޑުކަމަށް ފެންނާތީ އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާންކުރަމެވެ.
ވީމާ، މި ފަޔަރވޯލް ވިއްކުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި މި ދަންނަވާ ތާރީޚުގައި މި އޮތޯރިޓީއަށް (ދެވަނަ ފަންގިފިލާ) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
|
ތާރީޚް |
ދުވަސް |
ވަގުތު |
|
މަޢުލޫމާތު ސާފުކުރުން |
09 ޑިސެންބަރު 2014 |
އަންގާރަ |
15:00 |
|
އަންދާސީހިސާބު ހުށަހެޅުން |
15 ޑިސެންބަރު 2014 |
ހޯމަ |
15:00 |
އިތުރު މަޢުލޫމާތު ހޯއްދެވުމަށް:
ޓެލެފޯން ނަންބަރު: 3339522 އަށް ގުޅުއްވުން އެދެމެވެ.
09 ޞަފަރު 1436
01 ޑިސެންބަރު 2014
ހޯދާ