ދިވެހިރާއްޖެ
ޓޯޔޯޓާ ބްރޭންޑްގެ ޕިކަޕް އިންޖީނެއް ގަނެ ސަޕްލައި ކޮށްދިނުމާއި އަދި އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކޮށްފައިވާ މިކައުންސިލްގެ ނަންބަރ (IUL)395/395/2022/109 (26 ޑިސެމްބަރ 2022) އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ޝައުޤުވެރިކަން ފާޅުކޮށްފައި ނުވާތީ އެ އިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ.
ޓޯޔޯޓާ ބްރޭންޑްގެ ޕިކަޕް އިންޖީނެއް ގަނެ ސަޕްލައި ކޮށްދިނުމާއި އަދި އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. މި މަސައްކަތާއި ގުޅޭ އެންމެހައި ލިޔެކިޔުންތައް މި އިޢުލާނާއި އެކު ގެޒެޓުގައި ޝާޢިއުކުރެވިފައި ވާނެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ގޮތުގެ މަތިން ޢަމަލުކުރެއްވުން އެދެމެވެ.
1. ބިޑުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 22 ޖެނުއަރީ 2023 ވާ އާދީއްތަ ދުވަހު 13:00 ގެ ކުރިން ނަން ނޯޓް ކުރެއްވުމަށް ދަންނަވަމެވެ.
2. ބިޑް ހުށަހެޅުމާއި، ބިޑް ހުޅުވުން އޮންނާނީ 23 ޖެނުއަރީ 2023 ވާ ހޯމަ ދުވަހުގެ 13:00 ގައި އިސްދޫ ކައުންސިލްގެ އިދާރާގައެވެ.
މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ މިއިދާރާގެ 6800709،6800920 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.