ދިވެހިރާއްޖެ
މ.މަޑުއްވަރީގައި ކުޅެމުން އަންނަ ޝަޤާފީ ކުޅިވަރެއްކަމުގައިވާ ގުޅަމަތި ހިފުން ، ސްކޫލް ދަރިވަރުންނަށާއި މ.މަޑުއްވަރީގެ އަދުގެ ޒުވާނުންނަށް ދަސްކޮށްދީ ، ގުޅަމަތިހިފުން އުވުނަ ނުދިނުމުގެ މަޤްޞަދުގައި ގުޅަމަތި ހިފުމުގެ ހުނަރު ދަސްކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.
ވީމާ ، ގުޅަމަތި ހިފުމުގެ ހުނަރުތަށް 30 ދުވަހުގެ މުއްދަތަށް ދަސްކޮށްދިނުމަށް ޝަޢުޤުވެރިކަން ހުރި އަމިއްލަ ފަރާތްތަކުން ނުވަތަ މިދެންނެވި މުއްދަތަށް ދަސްކޮށްދޭނެ ފަރާތެއް ހޯދައިގެން އެކަން ކޮށްދިނުމަށް ޝަޢުޤުވެރިކަން ހުރި ކްލަބް ޖަމްއިއްޔާ ޖަމާޢަތްތަކުން އަންނަނިވި މަޢުލޫމާތުތަށް ހިމަނާ ޕްރޮޕޮސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. ޕްރޮޕޯސަލް ހުށަހަޅުއްވާނީ 26 ޖަނަވަރީ 2023 ވަނަ ދުވަހުގެ 11:00 ގައި މ.މަޑުއްވަރީ ކައުންސިލްގެ އިދާރާއަށް ހާޟިރުވެވަޑައިގެންނެވެ. ޕްރޮޕޯސަލް އިވެލުއޭޓްކުރުމުގައި ބަލާނީ ހުށަހަޅާފައިވާ އެންމެ ކުޑައަގު %60 ، ތަމްރީނުކުރާ ފަރާތްތަކުގެ ޢަދަދު ، ގުޅަމަތި ހިފުމުގެ ކަންކަން ދަސްވި ކުދިން އެކުޅިވަރު ދައްކާލުމަށް ރާވާފައިވާ ގޮތުގެ މައްޗަށް %30 މާރކްސްއެވެ.
ހުށަހަޅުއްވަންވީ މަޢުލޫމާތު |
|
މިހެންވެ މިކަން އާންމުކޮށް އަންގާ އިޢުލާން ކުރަމެވެ.