ދިވެހިރާއްޖެ
ފެން ރައްކާކުރާ ކަޅުހަން ގަތުމާއި ބެހޭ
އިންޓަރނޭޝަނަލް ފަންޑް ފޯރ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑު) އާއި ދިވެހި ސަރުކާރު ގުޅިގެން މިމިނިސްޓްރީން ކުރިއަށްގެންދާ [މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް] އަކީ ދަނޑުވެރިކަމުގެ ޞިނާއަތް ތަރައްޤީކުރުމަށް 5 އަހަރުދުވަހުގެ މުއްދަތަށް ހިންގޭ ޕްރޮޖެކްޓެކެވެ. މިޕްރޮޖެކްޓްގެ ދަށުން ބޭނުންވާ ކަޅުހަން ސަޕްލައި ކުރުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް އެއްކަރުދާސް ކުރެވިފައިވާނެއެވެ.
މި ބީލަމާއި ގުޅިގެން އިތުރު މައުލޫމާތެއް ބޭނުންފުޅުވާނަމަ، އެކަމެއް 16 ޖަނަވަރީ 2023 ވަނަ ދުވަހުގެ ހެނދުނު 10:00 ގެ ކުރިން ތިރީގައިވާ އީ-މެއިލް އަށް ފޮނުއްވަންވާނެއެވެ. މިގޮތުން ފޮނުވާ ކްލެފިކޭޝަން ރިކުއެސްޓްތަކަށް 17 ޖަނަވަރީ 2023 ގެ 15:00 ގެ ކުރިން ޖަވާބު ފޮނުވޭނެއެވެ.
ވީމާ، މިކަމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން 22 ޖަނަވަރީ 2023 ވާ އާދިއްތަ ދުވަހުގެ 14:00 އަށް އަންދާސީ ހިސާބު ހިއްޕަވައިގެން، މި މިނިސްޓްރީގެ ޕްރޮޖެކްޓް އިމްޕްލިމެންޓޭޝަން ޔުނިޓް (5 ވަނަ ފަންގިފިލާ، މ.ހަޒާރުމާގެ، ފަރީދީމަގު) އަށް ވަޑައިގެން ބީލަން ހުށަހެޅުއްވުން އެދެމެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ.
މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3033410 ނަންބަރު ފޯނަށެވެ. އަދި އީމެއިލުން ނަމަ [email protected]; އަށެވެ.
20 ޖުމާދަލްއާޚިރާ 1444
12 ޖަނަވަރީ 2023