މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ
ދިވެހިރާއްޖެ
ދިވެހިރާއްޖެއަށް އެތެރެކުރާ ކާބޯތަކެތީގައި އަސްލު ލޭބަލްގެ އިތުރުން އެހެނިހެން ލޭބަލް ހުރުމާއި ގުޅޭ

ދިވެހިރާއްޖެއަށް އެތެރެކުރާ ބިސްކޯދު ފަދަ ބައެއް ކާބޯތަކެތި، އެހެން އުފެއްދުމެއް ބަންދުކޮށް ވިއްކުމަށް ލޭބަލްކޮށްފައި ހުންނަ ޑަބިޔާ ފަދަ ކޮންޓެއިނަރުގައި އެތެރެކުރާކަން މި އޮތޯރިޓީއަށް ވަނީ ފާހަގަކުރެވިފައެވެ. މިގޮތުން ވަކި އުފެއްދުމެއް ބަންދުކުރުމަށް ޚާއްޞަކޮށް ލޭބަލްކޮށްފައި ހުންނަ ކޮންޓެއިނަރުގައި އެހެން އުފެއްދުމެއް ބަންދުކުރުމަށްފަހު އެ ލޭބަލްގެ އިތުރުން ފަސޭހައިން ނެއްޓޭ ގޮތަށް އެހެން ލޭބަލެއް ހަރުކޮށްފައި ހުރެއެވެ. ބަންދުކުރި ކާބޯތަކެތި މިގޮތަށް ލޭބަލްކުރުމަކީ އެ ބޭނުންކުރާ ފަރާތަށް އެތަކެތީގެ އަސްލު އޮޅުންއަރާފަދަ ޙާލަތެއް މެދުވެރިވުމުގެ ފުރުޞަތު އޮތްކަމެކެވެ. އަދި މީގެ އިތުރުން މިއީ އެފަދަ އުފެއްދުމެއްގައި މައްސަލަ ޖެހިއްޖެ ޙާލަތެއްގައި އެއުފެއްދުމެއް ޓްރޭސް ކުރުމަށް އޮތް ފުރުޞަތު ގެއްލޭނެ ކަމެއްވެސް މެއެވެ.

               ކާބޯތަކެތީގެ ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި އެތަކެތި ބަންދުކޮށް ލޭބަލްކުރުމުގައި އެއަށް ޚާއްޞަ ކޮންޓެއިނަރެއްގައި ބަންދުކޮށް ރަނގަޅަށް ލޭބަލް ކުރުމަކީ ވަރަށް މުހިއްމުކަމެކެވެ. އަދި މިނޫންގޮތަށް ކާބޯތަކެތި ބަންދުކޮށް ލޭބަލްކުރުމަކީ މި އޮތޯރިޓީގެ 'ބަންދުކުރި ކާބޯތަކެތި ލޭބަލްކުރުމުގެ ޤައުމީ މިންގަނޑު- MFDA-FCD STAN 4-2014 (Rev. 1 – 2016)' އާ ވެސް ޚިލާފުކަމެކެވެ.   

               ވީމާ، އަސްލު ކޮންޓެއިނަރު ނޫން އެހެން ކޮންޓެއިނަރެއްގައި ބަންދުކޮށް ލޭބަލްކޮށްގެން ދިވެހިރާއްޖެއަށް އެތެރެކުރާ ކާބޯތަކެއްޗަށް 15 ފެބުރުވަރީ 2023 ގެ ފަހުން ހެލްތު ކްލިއަރެންސް ނުދޭނެކަން އާންމުކޮށް އެންގުމަށް އިޢުލާން ކުރީމެވެ.

12 ޖަނަވަރީ 2023
ހޯދާ