ދިވެހިރާއްޖެ
|
އިޢުލާން
1444ވަނަ އަހަރުގެ ރަމަޟާންމަހު ނޭކުރެންދޫ ކައުންސިލުން ކަނޑައަޅާ ނޭކުރެންދޫ މިސްކިތެއްގައި އިމާމްވެ ޙިފްޡުކޮށް ތަރާވީޙް ނަމާދު ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން، ނުވަތަ ބޭރުން ޙާފިޡަކު ގެންނަވައިގެން ތަރާވީޙް ނަމާދު އިމާމްވެ ޙިފްޡުކޮށް ކުރުވުމުގެ މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 2023 ޖަނަވަރީ 19ވާ ބުރާސްފަތި ދުވަހުގެ 13:30ގެ ކުރިން މިކަން ކޮށްދެވޭނެ އަގަކާއެކު ލިޔުމަކުން މިއިދާރާއަށް ހުށައެޅުއްވުން އެދެމެވެ. ޙާފިޡު ގެންނަފަރާތުން ތިރީގައިދަންނަވާފައިވާ ކަންތައްތައް ހަމަޖައްސަންވާނެއެވެ.
v ޙާފިޡު ގެނައުމަށް ބޭނުންވާ އެންމެހާ ހުއްދަ ހޯދުން.
v ޙާފިޡު ރާއްޖެ ގެނައުމަށް ބޭނުންވާ ވިސާ ހަމަޖެއްސުން.
v ޙާފިޡު ރާއްޖެ ގެނައުމާއި ރަށާހަމައަށް ގެންގޮސްދިނުން.
v ރަމަޟާން މަސް ނިމުމުން،ޙާފިޡު އަނބުރައި މާލެ ގެނެސް އޭނާގެ ޤައުމަށް ފޮނުވާލުން
v ޙާފިޡަށް ދޭންޖެހޭ އެލަވަންސް އެފަރާތަށް ދިނުން.
v ޙާފިޡު އިންޝުއަރެންސް ކުރަންޖެހޭނަމަ އިންޝުއަރކުރުން.
މިކަމުގައި ޢަމަލުކުރާނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒުން ޢާއްމުކުރައްވާފައިވާ ނަންބަރު: (IUL)142-B1/142/2022/261 (26 ޑިސެންބަރ 2022) އިޢުލާންއާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.
މިކަމާގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންވެލައްވާނަމަ މިއިދާރާގެ ނަންބަރު 6520042 ފޯނާ ގުޅުއްވުން އެދެމެވެ.
ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
20 ރަބީއުލްއާޚިރު 1444
12 ޖަނަވަރީ 2023