ދިވެހިރާއްޖެ
ކުޑަހުވަދޫން ބަންޑާރަ ގޯއްޗަށް އެދި ފޯމް ހުށަހެޅުމަށް ކޮށްފައިވާ މި އިދާރާގެ ނަންބަރު: D-381/IUL/2022/59 ( 30 އޮގަސްޓް 2022 ) ގެ ޢިއުލާނާއި ގުޅިގެން ހުށަހަޅާފައިވާ ފޯމްތައް އިވެލުއޭޓް ކުރުމަށްފަހު ، ޕޮއިންޓް ދީފައިވާ ގޮތުގެ ވަގުތީ ލިސްޓް މިއިޢުލާނާއެކު އާއްމުކުރީމެވެ.
ވީމާ، ޕޮއިންޓްދީފައިވާ ގޮތާމެދު އެއްވެސް ޝަކުވާއެއް ހުށަހަޅަން ބޭނުންވާ ފަރާތްތަކާއި، ފޯމް ހުށަހެޅުމަށްފަހު ވަގުތީލިސްޓް އާއްމުކުރުމާ ހަމައަށް، ދަރިއަކުލިބިފައިވާ ފަރާތްތަކުން ފޯމުގައި އެދަރިއެއްގެ ( ދުނިޔޭގައި ހުރި ދަރިއެއްގެ) މަޢުލޫމާތު ހިމަނަން ބޭނުންވާނަމަ، ރަސްމީ ލިޔުންތަކާއެކު ހުށަހެޅުއްވުން އެދެމެވެ.
އަދި ދަންނަވަމެވެ. ފޯމްތަކަށް ޕޮއިންޓް ދީފައިވާނީ، ފޯމް ހުށަހެޅި ފަރާތުން ފޯމްގައި ބަޔާންކޮށްފައިވާ މަޢުލޫމާތައް ބެލުމަށް ފަހުގައެވެ. ޕޮއިންޓް ދިނުމުގައި، ރަސްމީ އެއްވެސް އިދާރާއަކުން މަޢުލޫމާތު ހޯދާފައި ނުވާތީ، ފޯމް ހުށަހަޅާފައިވާ ފަރާތްތަކުގެ މަޢުލޫމާތު ރަސްމީ އިދާރާތަކުން ހޯދުމަށްފަހު، މިހާރު ދީފައިވާ ޕޮއިންޓަށް އުނިއިތުރު އައުމަކީ އެކަށީގެންވާކަމެކެވެ. އަދި މީގެ އިތުރުން ފޯމްތަކަށް ޕޮއިންޓް ދިނުމުގައި ގޯތިކޮމެޓީން ލިޔެވިފައިވާ ކުށެއްފާހަގަ ކުރެވިއްޖެނަމަ އެކަމެއްވެސް އިސްލާހްކުރެވޭނެއެވެ.
މި އިޢުލާނާއެކު އާއްމުކޮށްފައިވާ ވަގުތީލިސްޓަކީ، މިބުރުގައި ގޯތިލިބޭފަރާތްތައް ކަނޑައަޅާފައިވާ ފައިނަލް ލިސްޓް ނޫންކަމުގައިވެސް ދަންނަވަމެވެ.
ފޯމާއި ގުޅޭ ޝަކުވާ އާއި ފޯމް ހުށަހެޅި ފަހުން ލިބިފައިވާ ދަރިންގެ މަޢުލޫމާތު ހިމަނަން ބޭނުންވާ ފަރާތްތަކުން މިއިޢުލާނާ އެކުގައިވާ ފޯމް ފުރިހަމަކުރުމަށްފަހު 2023 ޖަނަވަރީ 31 ވަނަ ދުވަހުގެ 14:00 ގެ ކުރިން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މިކަމަށް ބޭނުންވާފޯމް ރަސްމީގަޑީގައި މިއިދާރާއިން ލިބެންހުންނާނެ ވާހަކަވެސް ދަންނަވަމެވެ.