ދިވެހިރާއްޖެ
ހިލޭ ސާބަހަށް ޙިފްޡުކޮށް އިމާމުވެ ތަރާވީޙް ނަމާދުކުރުމަށް މިސްކިތަށް ޙާފިޡަކު ގެނައުމުގެ ފުރުޞަތު ހުޅުވާލުން
1444 ވަނަ އަހަރު ރަމަޟާންމަހު ގދ. މަޑަވެލީ މަސްޖިދުލް ބަރަކާތު މިސްކިތުގައި ހިފްޡުކޮށް އިމާމުވެ ތަރާވީޙް ނަމާދު ކޮށްދޭނެ ފަރާތެއް ހިލޭސާބަހަށް މިރަށަށް ގެނެސްދީ، ޙާފިޡުގެ ހުރުމާއި ކެއިންބުއިމުގެ ޚިދްމަތް ކައުންސިލާއި ގުޅިގެން ދަރުމައަށް ކޮށްދޭން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލަމެވެ. އެގޮތުން އަންނަނިވި ބައިތަކަށް ނުވަތަ ވަކިވަކި ޚަރަދުގެ ގޮތުގައި ފައިސާގެ އެހީދިނުމަށް ނުވަތަ ޢަމަލީ ގޮތުން އެކަންކަންކޮށްދިނުމަށް އެހީދޭ ފަރާތްތަކަށް ހުށަހެޅިދާނެއެވެ.
1) ޙާފިޡަކު ރާއްޖެއިން ބޭރުން ގެނައުމަށް ކުރަންޖެހޭ ޚަރަދުތަކާއި އެފަރާތަށް ދެވޭ އެލަވަންސް
2) ޙާފިޡަކު ރާއްޖެއަށް އައުމުން މާލޭގައި މަޑު ކުރުމުގެ ޚަރަދާއި ރަށަށް އައުމުގެ ދަތުރު ޚަރަދާއި އެނބުރި މާލެ ދިއުމުގެ ޚަރަދު
3) ޙާފިޡްގެ 01 މަސް ދުވަހުގެ ހުރުން (މިސާލަކަށް ކޮޓަރި ކުލި)
4) ޙާފިޡްގެ 01 މަސްދުވަހުގެ ކެއިންބުއިމުގެ ކަންކަން.
5) ޙާފިޡަކު ގެނައުމުގައި އެހީދޭ ފަރާތްތަކުން ދެވެންއޮތް އެހީގެ ބާވަތްތައް ވަކިވަކިންވެސް ނުވަތަ އެ ޙާފިޡްގެ ހުރިހާ ޚަރަދެއް އެއްކޮށްވެސް ކުރެވިދާނެއެވެ.
ވީމާ، މަތީގައި ދެންނެވިފައިވާ ކަންކަމަށް ޚަރަދު ދެއްވުމަށާއި އެހީ ދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން އެކަން ބަޔާންކޮށް 19 ޖެނުއަރީ 2023 ވަނަ ދުވަހުގެ 13:00 ގެ ކުރިން، މި އިދާރާއަށް ލިޔުމުން ހުށަހެޅުއްވުން އެދެމެވެ. މެއިލް ކުރައްވާނަމަ ކުރައްވާނީ: [email protected] އަށެވެ. މިކަމާއި ބެހޭގޮތުން އިތުރު މަޢުލޫމާތު ބޭނުންވާ ފަރާތްތަކުން ރަސްމީ ގަޑީގައި، މަޑަވެލި ކައުންސިލްގެ ހޮޓްލައިން 9356677 އާއި ގުޅުއްވުން އެދެމެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.