މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ގަވާއިދާ ޚިލާފަށް ޢިމާރާތް ކުރުމުގެ މަސައްކަތްކުރާ ތަންތަން ބަލައި ޗެކްކޮށް ފިޔަވަޅު އެޅުން

11 ޖޫން 2014 ގައި ގެޒެޓުކޮށްފައިވާ މާލޭ ޕުލޭނިންގ ރެގިއުލޭޝަނުގެ އިސްލާޙުތަކުގެ ދަށުން، ޢިމާރާތް ކުރުމުގެ މަސައްކަތްކުރާ ތަންތަނުގެ ސަލާމަތީ އެގްރީމެންޓު ރަޖިސްޓަރީނުކޮށް ޢިމާރާތް ކުރުމުގެ މަސައްކަތްތައް ނުކުރުމަށް، މިމިނިސްޓްރީގެ ނަންބަރު (IUL)138-ES1/138/2014/51  1 ޖުލައި 2014 އިން ވާނީ އާންމުކޮށް އަންގައި އިޢުލާނު ކުރެވިފައެވެ.

ނަމަވެސް މިއިޢުލާނާއި އަދި މިހާރު ޢަމަލުކުރަމުންދާ މާލޭ ޕުލޭނިންގ ރެގިއުލޭޝަނާ ޚިލާފަށް އެކި ފަރާތްތަކުން ޢިމާރާތް ކުރުމުގެ މަސައްކަތް ކުރަމުންދާކަން ވަނީ ފާހަ ކުރެވިފައެވެ. މީގެ ތެރޭގައި ޢިމާރާތް ކުރުމަށް ދީފައިވާ ހުއްދަ ސައިޓުގައި ފެންނަގޮތަށް ނުބެހެއްޓުމާއި، ސަލާމަތީ އެގްރީމެންޓް ރަޖިސްޓަރީ ނުކޮށް މަސައްކަތް ކުރުމާއި އަދި ކޮންޓްރެކްޓަރެއްގެ ގޮތުގައި މިމިނިސްޓްރީގައި ރަޖިސްޓަރީ ވެފައިނުވާ ފަރާތްތަކުން ފައުންޑޭޝަން އެޅުމުގެ މަސައްކަތް ކުރުން ފަދަ ކަންކަން މީގެތެރޭގައި ފާހަގަ ކުރެވެއެވެ.

ވީމާ މިހާރު ޢަމަލުކުރަމުންދާ މާލޭ ޕުލޭނިންގ ރެގިއުލޭޝަނާ ޚިލާފު ނުވާ ގޮތުގެމަތިން ޢިމާރާތް ކުރުމުގެ މަސައްކަތްތައް ކުރަމުން ގެންދިޔުމަށް ތަކުރާރުކޮށް އަންގަމެވެ. އަދި މިއަދުން ފެށިގެން ޢިމާރާތް ކުރުމުގެ މަސައްކަތް ކުރަމުންގެންދާ ތަންތަން މިމިނިސްޓްރީގެ ފަރާތުން ބަލައި ޗެކުކޮށް، ގަވާއިދާ ޚިލާފަށް މަސައްކަތް ކުރަމުންގެންދާ ތަންތަނުގެ މަސައްކަތް ހުއްޓުވައި، އެފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އަޅަމުން ގެންދާނެ ވާހަކަވެސް އަންގަމެވެ.

ކޮންސްޓްރަކްޝަން އިންޑަސްޓްރީ ޑިވެލޮޕްމަންޓް ޑިޕާޓްމަންޓް،

މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ،

އަމީނީމަގު، 20392

މާލެ، ދިވެހިރާއްޖެ

ފޯނު ނަންބަރު: 3004300

ފެކްސް ނަންބަރު: 3004301

އީމެއިލް:[email protected]   

9 ޞަފަރު 1436 ހ.

01 ޑިސެންބަރު 2014
ހޯދާ