ދިވެހިރާއްޖެ
މިއިދާރާއަށް 1200KG ގެ ރަށު ޕިކަޕެއް އަމިއްލަ ހަރަދުގައި ގަނެ ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
މިމަސައްކަތަށް ކޯޓޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ، ޤާނޫނު ނަމްބަރު: 2014/18 (ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު) ގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވަލޮޕްމަންޓްގައި ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި ޤާނޫނު ނަމްބަރު: 2014/19 (އަމިއްލަފަރުދުންގެ ވިޔަފާރި ޤާނޫނު) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.
މިމަސައްކަތާއި ގުޅޭގޮތުން ތައްޔާރު ކުރެވިފައިވާ މަޢުލޫމާތު ކަރުދާސް މިއިޢުލާނާއެކު އެޓޭޗްކުރެވިފައި ވާނެއެވެ.
މަސައްކަތް ޙަވާލުކުރުމަށް މާކްސް ދެވޭނޭ ގޮތް:
އަގަށް: %85
ވޮރެންޓީ އަށް: %5
މުއްދަތަށް:
އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 25 ޖަނަވަރީ 2023 ވަނަ ދުވަހުގެ 13:00 ގައި ނޫމަރާ ކައުންސިލް އިދާރާގެ މީޓިންގ ރޫމް ގައެވެ. އަންދާސީ ހިސާބު ހުށަހަޅަންވާނީ އުޅަނދު ސަޕްލައި ކުރުމުގެ އަގާއި ރަޖިސްޓްރީކޮށްދިނުމުގެ އަގު އެނގޭނޭ ގޮތަށް މުއްދަތާއި އެކުގައެވެ.
ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.