އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ
ދިވެހިރާއްޖެ
ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާއިބެހޭ ގަވާއިދު 2012 ގެ ދަށުން ވެށްޓަށް އަންނަމުންދާ ބަދަލުތައް ދެނެގަތުމުގެ ރިޕޯޓް ހުށަހެޅުމާބެހޭ

އެނގިވަޑައިގަންނަވާނެ ފަދައިން، ގަވާއިދު ނަންބަރު 2012/R-27 (ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާއިބެހޭ ގަވާއިދު) ގެ ދަށުން ހަދަންޖެހޭ ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު (އީ.އައި.އޭ ރިޕޯޓް) އާއި ތިމާވެށީގެ މެނޭޖްމަންޓް ޕްލޭން ބަލާ ނިމުމަށްފަހު މި އެޖެންސީން ދޫކުރާ ތިމާވެށީގެގޮތުން ނިންމިގޮތުގެ ލިޔުމުގައި ވެއްޓަށް އަންނަމުންދާ ބަދަލުތައް ދެނެގަތުމާބެހޭ ރިޕޯޓު (މޮނިޓަރިން ރިޕޯޓް) ހުށަހަޅަންޖެހޭ ގޮތުގެ ޝެޑިއުލާއި ބަލާނެ ޕެރަމީޓަރސް ހިމަނަންވާނެކަމުގައި ވަނީ ބަޔާންކޮށްފައެވެ. އަދި، މިގޮތުގެ މަތިން އީ.އައި.އޭ ރިޕޯޓުތަކާއި ތިމާވެށީގެ މެނޭޖްމަންޓް ޕްލޭންތަކުގައި ވެއްޓަށް އަންނަމުންދާ ބަދަލުތައް ދެނެގަތުމަށް ރޭވިފައިވާ ޕްލޭނުގައި ބަޔާން ކޮށްފައިވާ ކަންތައްތައް ފުރިހަމަ ކުރުމަށްފަހު، ވެއްޓަށް އަންނަމުންދާ ބަދަލުތައް ދެނެގަތުމުގެ ޚުލާސާ، އެ ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން މި އެޖެންސީއަށް ހުށައަޅަންވާނެކަމުގައި ތިމާވެށީގެގޮތުން ނިންމިގޮތުގެ ލިޔުމުގައި ބަޔާންކޮށްފައިވިޔަސް،  މަޝްރޫޢުތައް ހިންގާ ގިނަ ފަރާތްތަކުން މޮނިޓަރިން ރިޕޯޓް ހުށަހަޅަމުންނުދާކަން ވަނީ ފާހަގަކުރެވިފައެވެ. އަދި، މަޝްރޫޢުތައް ހިންގާ ބައެއް ފަރާތްތަކުން ތިމާވެށީގެގޮތުން ނިންމިގޮތުގެ ލިޔުމުގައި ބަޔާންކުރާ ގޮތުގެ މަތިން މަޝްރޫޢުގެ މަސައްކަތް ފެއްޓުމަށް ފަހު، ފެއްޓި ތާރީޚް މި އެޖެންސީއަށް އަންގަމުން ނުދާކަން ވަނީ ފާހަގަކުރެވިފައެވެ.

ދަންނަވަމެވެ. މަޝްރޫޢުތައް ހިންގާފައިވާ ފަރާތްތަކުގެ ޑިއުޑިލިޖަންސް ރިޕޯޓްތައް ހެދުމުގެ ގޮތުން، ޤާނޫނު ނަންބަރު 4/93 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު) އާއި އެ ޤާނޫނުގެ ދަށުން ހެދިފައިވާ މި އެޖެންސީން ތަންފީޛު ކުރަމުންގެންދާ ގަވާއިދުތަކުގެ ދަށުން ނަންގަވަންޖެހޭ ހުއްދަތަކާއި އެ ހުއްދަތަކާ ގުޅުންހުރި މަޢްލޫމާތާއި، އެ ހުއްދަތަކާ ޚިލާފަށް ކޮށްފައިވާ ކަންތައްތަކާއި، އެ ޤާނޫނާއި މި އެޖެންސީން ތަންފީޛު ކުރަމުންގެންދާ ގަވާއިދުތަކުގެ ދަށުން އެޅިފައިވާ ފިޔަވަޅުތަކުގެ އިތުރުން މިފަދަ އެތައް މަޢްލޫމާތެއް ޑިއުޑިލިޖަންސް ރިޕޯޓްތައް ހެދުމުގެ ގޮތުން މަޝްރޫޢުތައް ހިންގާފައިވާ ފަރާތްތަކާ ގުޅޭގޮތުން ހޯދުމަށް މި އެޖެންސީގައި އެދެމުންދާކަން ފާހަގަކުރަމެވެ.

އެހެންކަމުން، 01 ޖަނަވަރީ 2023 ގެ ފަހުން މި އެޖެންސީއިން ދޫކުރާ ތިމާވެށީގެގޮތުން ނިންމިގޮތުގެ ލިޔުމުގައި ބަޔާންކުރާ ގޮތުގެ މަތިން މޮނިޓަރިން ރިޕޯޓްތައް ހުށަހަޅުއްވަމުން ނުގެންދަވާ ފަރާތްތަކާމެދު ގަވާއިދު ނަންބަރު 2012/R-27 ގެ ޖަދުވަލު (ޖ) ގެ ދަށުން ފިޔަވަޅުއަޅަމުން ގެންދާނެ ވާހަކަ ދަންނަވަމެވެ. އަދި، 01 ޖަނަަވަރީ 2023 ގެ ފަހުން މި އެޖެންސީއިން ދޫކުރާ ތިމާވެށީގެގޮތުން ނިންމިގޮތުގެ ލިޔުމުގައި ބަޔާންކުރާ ގޮތުގެ މަތިން މޮނިޓަރިން ރިޕޯޓްތައް ހުށަހަޅުއްވަމުން ނުގެންދަވާ ފަރާތްތަކުގެ ޑިއުޑިލިޖަންސް ރިޕޯޓްތަކަށް ބޭނުންވާ މަޢްލޫމާތު ހޯދުމުގެ ގޮތުން މި އެޖެންސީއިން ހޯދުމަށް އެދޭ މަޢްލޫމާތުގައި އެކަން ބަޔާންކުރަމުން ގެންދާނެ ވާހަކަ މަޝްރޫޢުތައް ހިންގާ ފަރާތްތަކުގެ ސަމާލުކަމަށްޓަކައި ދަންނަވާ، މަޝްރޫޢުތައް ހިންގާ ފަރާތްތަކުން ތިމާވެށީގެގޮތުން ނިންމިގޮތުގެ ލިޔުމުގައި ބަޔާންކުރާ ގޮތުގެ މަތިން މަޝްރޫޢުގެ މަސައްކަތް ފެއްޓުމަށް ފަހު، ފެއްޓި ތާރީޚް މި އެޖެންސީއަށް އަންގަވަމުން ގެންދެވުމަށް ވެސް ދަންނަވަމެވެ.

ހަމަމިއާއެކު، 01 ޖަނަވަރީ 2023 ގެ ކުރިން ދޫކޮށްފައިވާ ތިމާވެށީގެގޮތުން ނިންމިގޮތުގެ ލިޔުމުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން މޮނިޓަރިން ރިޕޯޓް ހުށަހަޅުއްވަމުން ނުގެންދަވާ ފަރާތްތަކުން އެ މޮނިޓަރިން ރިޕޯޓްތައް ޝެޑިއުލާއި އެއްގޮތަށް ހުށަހެޅުއްވުމަށްވެސް ދަންނަވަމެވެ.

19 ޖުމާދަލްއާޚިރާ 1444

12 ޖަނަވަރީ 2023
ހޯދާ