ހުވަދުއަތޮޅު ދެކުނުބުރީ ރަތަފަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ރަތަފަންދޫ ފުޓްބޯޅަ ދަނޑު ލެވެލްކޮށްދޭނޭ ފަރާތެއް ހޯދުން
ގދ.ރަތަފަންދޫ ފުޓްބޯޅަދަނޑުގެ ތިރީގައި މިދަންނަވާ މަސައްކަތް ކޮށްދޭނޭ ފަރާތެއް ހޯދުމަށް ވަނީ ބޭނުންވެފައެވެ.
ވީމާ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް އަންދާސީހިސާބު ތައްޔާރުކޮށް 18 ޑިސެންބަރު 2014 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހުގެ 2:00 އަށް މިއިދާރާއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
ކުރުމަށް ހަމަޖެހިފައިވާ މަސައްކަތް
- ދަނޑުގައި މިހާރު ހެދިފައިވާ ގަސްތައް ބުޑުން ނަގައި ވިނަނޮޅައި ސާފުކޮށް ކުނިބުނި އުކައިދިނުން.
- މުޅި ފުޓްބޯޅަދަނޑު އެއް ލެވެލަކަށް ލެވެލްކޮށްދިނުން
- މުޅިދަނޑަށް 6 އިންޗީގެ ބޯމިނަށް ފުރާނާފައިވާ ވެލިއަޅައި ބިން ހަރުކޮށްދިނުން (ދަނޑަށް ވެލިއެޅުމަށްޓަކައި ވެލިނަގާނެ ސަރަޙައްދެއް ކަނޑައަޅާނީ ރަތަފަންދޫ ކައުންސިލުންނެވެ.)
- ފުޓްބޯޅަދަނޑުގެ ވަށައިގެންވާ މަގުތަކުގައިހުރި ގަސްތައް ބުޑުން ނަގައި ވިނަނޮޅައި ސާފުކޮށްދިނުން.
އަންދާސީހިސާބާއެކު ހުށަހަޅަންޖެހޭ ލިޔުންތައް
- ރަޖިސްޓަރީވެގެން ހިންގާ ކުންފުންޏެއްނަމަ ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީއާއި އަހަރީ ފީދައްކާފައިވާ ރަސީދުގެ ކޮޕީ
- ކޮމްޕެނީ ޕްރޮފައިލް
މި އިދާރާއިން ބަލާނެ ކަންތައްތައް
- ރަޖިސްޓަރީވެގެން ގަވާއިދުން ހިންގާ ކުންފުންޏެއްތޯ
- ހުށަހަޅާ އަންދާސީހިސާބު 30 ދުވަހުގެ ކުރިން ކެންސަލްކޮށްގެން ނުވާނެއެވެ.
އަގު ހުށަހެޅުން
- އަގު ހުށަހަޅަންޖެހޭނީ ޖުމްލަ އަގުގެ އިތުރުން ކޮންމެ މަސައްކަތަކަށް ވަކިން އަގު އެނގޭގޮތަށެވެ.
- މާކްސް ދެވޭގޮތުގެ ތަފުސީލު:
މާކްސް ދެވޭނެ ކްރައިޓީރިއާ |
މާކްސް ދެވޭގޮތް |
ތަފުސީލު |
އަގު |
70% |
|
މުއްދަތަށް |
20% |
|
ތަޖުރިބާ |
10% |
|
08 ޞަފަރު 1436
30 ނޮވެންބަރު 2014
ހޯދާ