ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
2022 ވަނަ އަހަރުގެ ނޮވެންބަރު/ޑިސެންބަރު މަހު ބޭއްވި ކެމްބްރިޖް އިންގްލިޝް (ސީ.އޭ.އީ އަދި ސީ.ޕީ.އީ) އިމްތިޙާނުގެ ނަތީޖާ (ޕްރޮވިޝަނަލް ރިޒަލްޓްސް) ދޫކުރުމާއި ރީޗެކް ކުރުމާއި ބެހޭ

2022 ވަނަ އަހަރުގެ ނޮވެމްބަރ ކެމްބިރިޖް އިންގްލިޝް (ސީ.އޭ.އީ އަދި ސީ.ޕީ.އީ) އިމްތިޙާނުގެ (ޕްރޮވިޝަނަލް ރިޒަލްޓްސް) ދޫކުރުން 2023 ޖެނުއަރީ 12 އިން ފެށިގެން ސެންޓަރުތަކުން ކުރިއަށް ގެންދާނެއެވެ. މި ޑިޕާޓްމެންޓު މެދުވެރިކޮށް އަމިއްލަ ގޮތުން އިމްތިޙާނު ހެދި ކެންޑިޑޭޓުންގެ ނަތީޖާ ދޫކުރުމަށް ހަމަޖެހިފައިވަނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 08:30 ން 13:30 އަށެވެ.

މި ޑިޕާޓްމެންޓު މެދުވެރިކޮށް އަމިއްލަ ގޮތުން އިމްތިޙާނު ހެދި ކެންޑިޑޭޓުންގެ ނަތީޖާ ރީޗެކް ކުރުމަށް ބޭނުންވާނަމަ، އެކަމަށް އެދޭ ފޯމު (ސާރވިސް ރިކުއެސްޓް ފޯރމް) ފުރިހަމަ ކުރުމަށްފަހު 2023 ޖެނުއަރީ 26 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 1200 ގެ ކުރިން ހުށަހެޅުން އެދެމެވެ. ސާރވިސް ރިކުއެސްޓް ފޯމް މި ޑިޕާޓްމަންޓް ގެ ކައުންޓަރުންނާއި (ހ.އަސްރަފީވިލާ، ދެވަނަ ފަންގިފިލާ، މަޖީދީމަގު) އަދި ވެބްސައިޓް www.dpe.edu.mv  އިން ލިބެން ހުންނާނެއެވެ. އޮންލައިން ކޮށް އެޕްލިކޭޝަން ފުރާނަމަ މެއިލް ކުރާނީ [email protected]  އަށެވެ. އަދި ފައިސާ ބަލައިގަތުމުގެ އިންތިޒާމް ހަމަޖެހިފައިވަނީ ބަނޑޭރި ޕޭ ޕޯޓަލް މެދުވެރިކޮށެވެ.

ސެންޓަރތަކުން ބައިވެރިވި ދަރިވަރުން ރީޗެކަށް އެދި ހުށަހަޅާނީ އެދަރިވަރަކު އިމްތިޙާނުގައި ބައިވެރިވި ސެންޓަރަކަށެވެ.

ނަތީޖާ އަދި ފޯމު ދޫކުރުމާއި، ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ 0830 އިން 1330 އަށެވެ. ފޯމު ހުށަހަޅުއްވާ އިރު އިމްތިހާނުގެ ވަގުތީ ނަތީޖާ ސްލިޕްގެ ކޮޕީއަކާއި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލާއި ފޮޓޯކޮޕީ ގެންނެވުން އެދެމެވެ.

19 ޖުމާދަލްއާޚިރާ 1444

11  ޖެނުއަރީ 2023

11 ޖަނަވަރީ 2023
ހޯދާ