ދިވެހިރާއްޖެ
އިޢުލާން
މި ކޮމިޝަނުގެ ނަންބަރު:(A)CA-2014/441 (18 ނޮވެންބަރު 2014) ގެ އިޢުލާނަށް ޙަވާލާދީ ދަންނަވަމެވެ.
ވޯޓުފޮށި ނުބަހައްޓާގޮތަށް ހަމަޖެއްސުން
2014 ޑިސެންބަރު 20 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖައްސާފައިވާ މ. މަޑުއްވަރީ ކައުންސިލް އަދި ގއ. ކޮނޑޭ ކައުންސިލްގެ ބައި-އިލެކްޝަނުގައި، ގއ. ކޮނޑޭ ރައްޔިތުން ވޯޓުލުމަށް މާލޭގައި ބަހައްޓާ ވޯޓުފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކޮށްފައިވާ މީހުންގެ ޢަދަދު މަދުވުމާއެކު، ގއ. ކޮނޑޭ ރައްޔިތުން ވޯޓުލުމަށް މާލޭގައި ވަކިފޮށްޓެއް ނުބަހައްޓާގޮތަށްވަނީ ހަމަޖައްސާފައެވެ.
މިގޮތަށް ހަމަޖެއްސުމާގުޅިގެން، ގއ. ކޮނޑޭ ރައްޔިތުންގެ ތެރެއިން މާލޭގައި ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ މީހުން ވޯޓުލުމަށް މިހާރު ހަމަޖެހިފައިވަނީ، K01.0.1 މ. މަޑުއްވަރީ، މާލެ-1 މި ނަންބަރު ވޯޓުފޮށްޓަށެވެ. މި ބަދަލާގުޅިގެން 2014 ޑިސެންބަރު 20 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖައްސާފައިވާ މ. މަޑުއްވަރީ ކައުންސިލް އަދި ގއ. ކޮނޑޭ ކައުންސިލްގެ ބައި-އިލެކްޝަނުގައި، މިހާރު ބެހެއްޓުމަށް ހަމަޖެހިފައިވާ ވޯޓުފޮށީގެ ނަންބަރާއި، ވޯޓުފޮށީގެ ނަމާއި، ވޯޓުލާ ސަރަހައްދު އަދި ވޯޓުފޮށި ބަހައްޓާ ރަށާއި ތަން މިދަންނަވަނީއެވެ.
ވޯޓުފޮށި ބަހައްޓާ ރިސޯޓާއި ތަން |
ވޯޓުލާ ސަރަހައްދު |
ވޯޓުފޮށީގެ ނަން |
ވޯޓުފޮށީގެ ނަންބަރު |
# |
މ. މަޑުއްވަރީ ސުކޫލު ހޯލުގައި |
މި ފޮށްޓަށް ވޯޓުލާނީ މ. މަޑުއްވަރީ ރައްޔިތުންނާއި، މ. މަޑުއްވަރީގައި ދިރިއުޅޭ ގއ. ކޮނޑޭ ރައްޔިތުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ މީހުންނެވެ. |
މ. މަޑުއްވަރީ -1 |
K01.08.1 |
1 |
ގއ. ކޮނޑޭ ސުކޫލު ހޯލުގައި |
މި ފޮށްޓަށް ވޯޓުލާނީ ގއ. ކޮނޑޭ ރައްޔިތުންނާއި، ގއ. ކޮނޑޭގައި ދިރިއުޅޭ މ. މަޑުއްވަރީ ރައްޔިތުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ މީހުންނެވެ. |
ގއ. ކޮނޑޭ-1 |
P03.07.1 |
2 |
އިސްކަންދަރު ސުކޫލު ހޯލުގެ އިރުމަތީކޮޅުގައި |
މި ފޮށްޓަށް މިހާރު ވޯޓުލުމަށް ހަމަޖެހިފައިވަނީ މ. މަޑުއްވަރީރައްޔިތުންނާއި، ގއ. ކޮނޑޭ ރައްޔިތުންގެ ތެރެއިން މާލޭގައި ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ މީހުންނެވެ. |
މ. މަޑުއްވަރީ، މާލެ-1 |
K01.0.1 |
3 |
މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
11 ޞަފަރު 1436