މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
ހުޅުމާލެ އާ އޮފީސް އިމާރާތުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުން

އިއުލާން

ހުޅުމާލެ އާ އޮފީސް އިމާރާތުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުން

 މި މިނިސްޓްރީއިން 2022 ޑިސެންބަރ 29 ވަނަ ދުވަހު ކުރެވުނު ނަންބަރު (IUL)475-Admin/475/2022/225 އިއުލާންގެ ދަށުން މިހާރު ހުށައަޅާފައިވާ އަންދާސީހިސާބުތަކުގެ އަގު ބޮޑު ކަމަށް ފެންނާތީއާއި، މަސައްކަތުގެ ސޮކޯޕަށް ބައެއް ބަދަލު އައިސްފައިވާތީ އެ އިއުލާން ބާތިލްކޮށް، ފެންބިލްޑިންގެ ދެވަނަ ފަންގިފިލާއާއި ހަތަރުވަނަ ފަންގިފިލާގައި ހިންގަމުންދާ މި މިނިސްޓްރީގެ މަސައްކަތްތައް ހުޅުމާލޭގައި އަލަށް ބިނާކުރި އޮފީސް އިމާރާތުގެ ފަސްވަނަ ފަންގިފިލާއަށް ބަދަލުކުރުމަށާއި އެ ފަންގިފިލާގައި ކުރަން ޖެހޭ އިތުރު މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން އަލުން އިއުލާން ކުރީމެވެ.  

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މި މިނިސްޓްރީން މައުލޫމާތު ސާފުކުރެއްވުމަށް ފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މައުލޫމާތު ދިނުން އޮންނާނީ 2023 ޖަނަވަރީ 16 ގެ 11:00 ގައި މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން، ފެންބިލްޑިންގ 2 ވަނަ ފަންގިފިލާގައެވެ. އަންދާސީހިސާބު ބަލައިގަތުން އޮންނާނީ، 2023 ޖަނަވަރީ 19 ގެ 11:00 ގައި މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން، ފެންބިލްޑިންގ 2 ވަނަ ފަންގިފިލާގައެވެ.

11 ޖަނަވަރީ 2023
ހޯދާ