ދިވެހިރާއްޖެ
އިއުލާން
ހުޅުމާލެ އާ އޮފީސް އިމާރާތުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުން
2022ޑިސެންބަރު 29 ވަނަ ދުވަހު ކުރެވުނު ނަންބަރު IUL)428-A/1/2022/51) އިއުލާންގެ ދަށުން މިހާރު ލިބިފައިވާ އަންދާސީހިސާބުތަކުގެ އަގު ބޮޑު ކަމަށް ފެންނާތީއާއި، މަސައްކަތުގެ ސްކޯޕަށް ބައެއް ބަދަލު އައިސްފައިވާތީ، ހ. ފުލިދޫގޭގެ ދެވަނަ ފަންގިފިލާގައި ހިންގަމުންދާ މިއޮތޯރިޓީގެ މަސައްކަތްތައް ހުޅުމާލޭގައި އަލަށް ބިނާކުރި އޮފީސް އިމާރާތުގެ ފަސްވަނަ ފަންގިފިލާއަށް ބަދަލުކުރުމަށާއި އެ ފަންގިފިލާގައި ކުރަން ޖެހޭ އިތުރު މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން އަލުން އިއުލާން ކުރަމެވެ.
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މި އޮތޯރިޓީން މައުލޫމާތު ސާފުކުރެއްވުމަށް ފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މައުލޫމާތު ދިނުން އޮންނާނީ 2023 ޖަނަވަރީ 16 ގެ 12:00 ގައި މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ، ހ.ފުލިދޫގެ 2 ވަނަ ފަންގިފިލާގައެވެ. އަންދާސީހިސާބު ބަލައިގަތުން އޮންނާނީ، 2023 ޖަނަވަރީ 19 ގެ 12:00 ގައި މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓި، ހ.ފުލިދޫގެ 2 ވަނަ ފަންގިފިލާގައެވެ.
19 ޖުމާދަލްއާޚިރާ 1444
11 ޖަނަވަރީ 2023