ދިވެހިރާއްޖެ
އިޢުލާން
ތަރައްޤީގެ ޕްލޭނަށް ޢަމަލީ ސިފަ އަންނަމުންދާ ގޮތުގެ މަޢުލޫމާތު:
ދިވެހިރާއްޖޭގެ އިދާރީދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު 2010/7 ގެ 110 ވަނަ މާއްދާގައި ބަޔާންކޮށްފައިވާގޮތުގެ މަތިން މިކައުންސިލް އިން ތަންފީޒު ކުރަމުންދާ މިހިނގާ 5 އަހަރުގެ ތަރައްޤީގެ ޕްލޭންއަށް ޢަމަލީ ސިފަ އަންނަމުންދާގޮތުގެ މައްޗަށް ބިނާކޮށް 2022 ނޮވެންބަރު - ޑިސެންބަރު މަހުގެ ނިޔަލަށް ތައްޔާރުކޮށްފައިވާ "ތަރައްޤީގެ ޕްލޭނަށް ޢަމަލީ ސިފަ އަންނަމުންދާ ގޮތުގެ ރިޕޯޓް" މި އިދާރާގެ ނޯޓިސްބޯޑުގައި ބެހެއްޓިފައިހުންނާނެއެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
އިޙްތިރާމް ޤަބޫލުކުރެއްވުންއެދެމެވެ.
19 ޖުމާދަލްއާޚިރު 1444
11 ޖަނަވަރީ 2023