އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީސް
ދިވެހިރާއްޖެ
އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުގެ ވަޒީފާގެ ފުރުޞަތު

ތާރީޚް: 11 ޖަނަވަރީ 2023

ނަންބަރު: IUL)486-HR/1/2023/1)

އިޢުލާނު

އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުގެ ތިރީގައިވާ މަޤާމަށް ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ.

މަޤާމު:

މީޑިއޭޓަރ

ކްލެސިފިކޭޝަން އަދި ގްރޭޑް

 އެގްޒެކެޓިވް އޮފިސަރ ގްރޭޑް 3

ރޭންކް

 އޯޓީޖޭ ޕީ11

ބޭނުންވާ އަދަދު:

1 (އެކެއް)

ވަޒީފާ އަދާކުރަންޖެހޭ ޑިޕާޓްމަންޓް

 ޓެކްނިކަލް ސަޕޯޓް ޑިޕާރޓްމަންޓް

މުސާރަ:

15,500/-ރ (ފަނަރަހާސް ފަސްސަތޭކަ ރުފިޔާ)

ސަރވިސް އެލަވަންސް:

6500/- ރ (ހަހާސް ފަސްސަތޭކަ ރުފިޔާ)

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1-  ތަޙްޤީޤު ޓީމުން މީޑިއޭޝަން އެންޑް ވިކްޓިވް ސަޕޯޓް ޔުނިޓަށް  ފޮނުވާ ރިޕޯޓުތައް މުރާޖާ ކުރުން.

2-   އެ މައްސަލައަކީ ޞުލްޙަ ކުރެވިދާނެ މައްސަލައެއް ކަމަށް ފެނިއްޖެނަމަ އެ މައްސަލަ ޞުލްޙަ ކުރުމަށް ކުރެވެން ހުރި މަސައްކަތްތައް ކުރުން.

3-  މައްސަލަ ޞުލްޙަ ކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރުމަށް ދެފަރާތް ހާޒިރު ކުރުމަށް ކުރަން ޖެހޭ އެންމެހައި މަސައްކަތް ކުރުން.

4-   މައްސަލައެއްގައި ދެފަރާތް ޞުލްޙަކުރުމަށް އެކި ގޮތްގޮތް ބޭނުން ކުރުން، އެގޮތުން ބޭނުންކުރާ ގޮތެއްގެ ނަތީޖާގެ ރިޕޯޓް ތައްޔާރުކުރުމަށް ފަހު ޑިރެކްޓަރގެ ލަފަޔާއެކު އެހެން ގޮތްތައް ބޭނުން ކުރުން.

5-  ޞުލްޙަ ކުރުމަށް ކުރަންޖެހޭ މަސައްކަތަށް ހުށަހެޅޭ މައްސަލަތަކުގެ ރިޕޯޓްތަކާއި ލިޔެކިޔުންތައް ރައްކާކޮށް ބެލެހެއްޓުން.

6- ޞުލްޙަ ކުރުމަށް ހުށަހެޅޭ މައްސަލަތަކުގައި ނަތީޖާއަކަށް ވާޞިލް ވަންދެން މަސައްކަތް ކުރުމާއި ފޮލޯއަޕް ހެދުން އަދި ތަންފީޒުވާ މިންވަރު ބެލުން.

7-  ޞުލްޙަ ކުރުމަށް ކުރާ މަސައްކަތުގެ އެޑިއުކޭޝަނަލް ކޮމްޕޯނެންޓެއް ހިމެނޭ ނަމަ، ރިސާރޗް އެންޑް އެވެއަރނެސް ޔުނިޓާއި ގުޅިގެން އެފަދަ ޕްރޮގްރާމްތައް ރާވާ ހިންގުން

8-  މީގެ އިތުރުންވެސް އޮފީހުގެ މަސައްކަތާއި ގުޅިގެން ޙަވާލުކުރާ އެހެނިހެން މަސައްކަތްކުރުން

މަޤާމުގެ ޝަރުޠުތައް:

މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން ބެޗްލަރސް ޑިގްރީ އެއް ހާސިލްކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން 5 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން

 

މަސައްކަތާއި ގުޅޭ ދާއިރާ: ބިޒްނަސް އެޑްމިނިސްޓްރޭޝަން، މާކެޓިންގ، ލީގަލް، ސޯޝިއޮލޮޖީ، ސައިކޮލޮޖީ

ރަސްމީ ގަޑި:

ހެނދުނު 8:00 އިން މެންދުރުފަހު 14:00 އަށް

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (ފޯމު ނުހިމަނާ ހުންނަ އެޕްލިކޭޝަންތައް ބާތިލްވާނެއެވެ.)
  2. މަޤާމުގެ ޝަރުޠުތަކުގެ ތެރޭގައި ބަޔާންކޮށްފައިވާފަދަ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ.
  3.  ހުށަހަޅާ ސެޓްފިކެޓަކީ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ހަދާފައިވާ ކޯހެއްގެ ސެޓްފިކެޓެއްނަމަ، ހުށަހަޅަންވާނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށް، އެޓެސްޓް ކޮށްފައިވާ ކޮޕީއެކެވެ.
  4. ސެޓްފިކެޓް ނުލިބި ވާނަމަ ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމެންޓް ރިޕޯޓްގެ އަސްލާއެއްގޮތް ކަމުގެ ތައްގަނޑު ޖަހާފައިވާ ކޮޕީ.
  5. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.
  6. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  7. ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ ނުވަތަ މިހާރުވެސް ވަޒީފާއެއް އަދާކުރަމުންދާ ފަރާތެއްނަމަ އެ ވަޒީފާތަކުގައި ހޭދަވީ މުއްދަތާއި އެ ވަޒީފާތަކުގެ މަސްއޫލިއްޔަތުތައް އެނގޭނެފަދަ ލިޔުން (ރިފަރެންސް ލެޓަރ).
  8. އަމިއްލަގޮތުން ލޯޔަރެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާނަމަ އެކަން އެނގޭނެ ލިޔުން.

ސުންގަޑި:

   23 ޖަނަވަރީ 2023 ގެ 14:00

އެހެނިހެން:

  1. މަތީގައިވާ މަޤާމަށް ޝޯޓްލިސްޓް ކުރެވޭނީ ގިނަ ވެގެން 10 ފަރާތެވެ.
  2. މަތީގައިވާ މަޤާމުތަކުގެ އިންޓަވިއުއަށް ވަޑައިގަތުމަށް މި އޮފީހުން އަންގާ ދުވަހަށް އެއްވެސް ސަބަބަކާހުރެ ކެންޑިޑޭޓަކަށް ޙާޒިރު ނުވެވިއްޖެނަމަ، ފަހުން ޓެސްޓް ނުވަތަ އިންޓަވިއު ނުދެވޭނެ އެވެ.
  3. އޮފީހުގެ ވަޒީފާތަކަށް ކުރިމަތިލެވޭނީ މީލާދީ ގޮތުން ޢުމުރުން 18 (އަށާރަ) އަހަރު ފުރި 55 (ފަންސާސް ފަހެއް) އަހަރު ނުފުރޭ ދިވެހިންނަށެވެ.
  4. އޮފީހުގެ ވަޒީފާއަކަށް އޮމްބަޑްސްޕާސަން އެއްގެ މަންމަ، ބައްޕަ، ދަރި، ފިރިމީހާ، އަނބިމީހާ، އެއްބަނޑު އެއްބަފާމީހެއް، އެއްބަފާމީހެއް، ނުވަތަ އެއްބަނޑު މީހަކަށް ކުރިމަތި ނުލެވޭނެއެވެ.
  5. މި މަޤާމަށް ހޮވޭ ފަރާތަކީ ސިޔާސީ ޕާޓީއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތެއްނަމަ މަޤާމަށް ހޮވުމުން ޕާޓީގެ ރަޖިސްޓްރީއިން ވަކިވާންވާނެއެވެ.
  6. އެޕްލިކޭޝަން ފޯމު މި އިޢުލާނާއި އެކު އެޓޭޗް ކުރެވިފައިވާނެއެވެ.
  7. އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 3039907  ނަންބަރއަށެވެ.

އެޕްލިކޭޝަން ފޯމު އީމެއިލް  އީމެއިލް ކުރައްވާނީ [email protected] އަށެވެ.

                                   18 ޖުމާދުލްޢާޚިރާ 1444

11 ޖަނަވަރީ 2023
ހޯދާ