ދިވެހިރާއްޖެ
Rinbudhoo School |
|
ރިނބުދޫ ސްކޫލް |
||
Dh. Rinbudhoo, |
ދ. ރިނބުދޫ، |
|||
Republic of Maldives |
ދިވެހިރާއްޖެ |
|||
|
|
|
އިޢުލާން
(IUL)GS-172/2023/04ނަމްބަރު:
ސެކިއުރިޓީ ބަލަހައްޓާދޭނެ ފަރާތެއް ހޯދުމަށް
2023 ވަނަ އަހަރު މިސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައި ދޭނެ ފަރާތެއް ހޯދުމަށް ކުރި ނަމްބަރު: (IUL)GS-172/2023/01 (02 ޖެނުއަރީ 2023) އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން މިކަމަށް އެދި ރަޖިސްޓްރީކޮށްފައިނުވާތީ އެ އިޢުލާން ބާޠިލްކޮށް އަލުންމިކަމަށް އިޢުލާންކުރަމެވެ. މިމަސައްކަތަށް ބީލަން ހުށައެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތު ހަމަވާ އެންމެހައި ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
މިބީލަންމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 16 ޖެނުއަރީ 2023 ވާ ހޯމަ ދުވަހުގެ 13:00 ގެ ނިޔަލަށް، ނަން ނޯޓް ކުރެއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށް އެކަންޏެވެ. އަދި 17 ޖެނުއަރީ 2023 ވާ އަންގާރަ ދުވަހު 13:00 ގައި މަޢުލޫމާތު ދިނުމުގެ ސެޝަން އޮންނާނެއެވެ. މަޢުލޫމާތުދިނުމުގެ ސެޝަންގައި ބައިވެރިނުވިކަމުގައިވީނަމަވެސް ނަން ނޯޓްކޮށްފައިވާ ފަރާތްތަކަށް ބީލަން ހުށަހެޅޭނެއެވެ.
ނަންނޯޓްކުރުމަށް ގުޅުއްވާނީ ރަސްމީ ގަޑީގައި 7952917 ފޯނާއެވެ. ނުވަތަ ސްކޫލްގެ އީމެއިލް [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.
މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 17 ޖެނުއަރީ 2023 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
އީމެއިލް: [email protected]
ބީލަން ހުށައެޅުމާއި ހުޅުވުން އޮންނާނީ 23 ޖެނުއަރީ 2023 ވާ ހޯމަ ދުވަހުގެ 13:00 ގައި ރިނބުދޫ ސްކޫލްގައެވެ.
މިޕްރޮޖެކްޓާއި ގުޅޭ ބީލަންފޮތް އިޢުލާނާއެކު އެޓޭޗްކުރެވިފައިވާނެވާހަކަވެސް ދެންނެވީމެވެ.
އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ރިނބުދޫ ސްކޫލް
ފޯން: 7952917
އީ-މެއިލް: [email protected]
11 ޖެނުއަރީ 2023