ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
އެމްބިއުލާންސް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމަށް

އަންދާސީހިސާބު ބޭނުންވެއްޖެ

ހދ.ނޭކުރަންދޫ ޞިއްޙީ މަރުކަޒުގެ ނަންބަރު:G4427 އެމްބިއުލާންސް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެގެން ކުރެވުނު ނަންބަރު: IUL)KRH/MS/2014/23) އިޢުލާން ގެޒެޓް ކުރެވިފައިނުވާތީ، އެ އިޢުލާނާއި، އިޢުލާނާ ގުޅިގެން ލިބިފައިވާ އަންދާސީހިސާބުތައް ބާޠިލުކޮށްފީމެވެ.

ވީމާ، އަލުން މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ތާރީޚުތަކުގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ޖަލްސާކުރާ މާލަމަށް، ނުވަތަ ނޭކުރަންދޫ ޞިއްޙީ މަރުކަޒަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

  • މަޢުލޫމާތު ސާފުކުރުން

    8 ޑިސެންބަރު 2014 ވާ ހޯމަ ދުވަހުގެ 11:00 އަށް

  • އަންދާސީހިސާބު ހުށަހެޅުން

    15 ޑިސެންބަރު 2014 ވާ ހޯމަ ދުވަހުގެ 11:00 އަށް

މަޢުލޫމާތު ސާފުކުރުމުގައި ބައިވެރިވެވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

10 ޞަފަރު 1436

02 ޑިސެންބަރު 2014
ހޯދާ