ވަޒީފާގެ ފުރުޞަތު
|
ވަޒީފާގެ ދާއިރާ:
|
ހުޅުމާލެ ޕަވަރހައުސް
|
މަޤާމް:
|
އެސިސްޓެންޓް ޓެކްނީޝަން
|
ބޭނުންވާ ޢަދަދު:
|
05
|
މުސާރަ:
|
-/8,000ރ އާއި -/15,000ރ ދެމެދު (އަސާސީ މުސާރަ އަދި އެހެނިހެން އެލަވަންސް ހިމެނޭނެހެން)
|
ފެންވަރު ނުވަތަ ޝަރުޠު:
|
- ޖީ.ސީ.އީ އޯލެވެލް އިމްތިޙާނުގެ 02 މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުމާއެކު ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މިމާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން.
ނުވަތަ؛
- އިލެކްޓްރިކަލް ނުވަތަ މެކޭނިކަލް ދާއިރާއަކުން ލެވެލް 04 ގެ ސެޓްފިކެޓެއް ޙާޞިލްކޮށްފައިވުން.
|
ދާއިރާގެ މައިގަޑު މަސައްކަތް:
|
- ޑީސަލް އިންޖީނުތަކާއި ފެންޕުލާންޓާއި އަދި އެއާއި ގުޅޭ އެހެނިހެން ތަކެތި އޮޕަރޭޓުކުރުމާއި މަރާމާތުކޮށް ބެލެހެއްޓުން.
- އިންޖީނުގޭގެ އެންމެހާ އިމާރާތްތަކާއި ތަންތަން މަރާމާތުކުރުމާއި އެތަންތަނަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމާއި ސާފުތާހިރުކޮށް ބެލެހެއްޓުން.
- އިންޖީންރޫމްގައި ހަމަޖެހިފައިވާ އުސޫލެއްގެމަތިން ޑިއުޓީކޮށް ރަށަށް ކަރަންޓް ފޯރުކޮށްދިނުމަށްޓަކައި ޑިއުޓީގައި ކުރަންޖެހޭ މަސައްކަތް ފަރުވާތެރިކަމާއެކު ޝިފްޓް ސުޕަވައިޒަރުގެ ލަފާގެ ދަށުން ކުރުން.
- މަސައްކަތައް ބޭނުންކުރާ ތަފާތު އާލާތްތައް މީހުންނަށާއި ތަކެއްޗަށާއި ތަނަށް ގެއްލުން ނުވާނެހެން ރައްކާތެރިކަމާއެކު ބޭނުންކުރުމާއި މަސައްކަތް ނިމުމުން އެ ތަކެތި ސާފުކޮށް ބަހައްޓަން ހަމަޖެހިފައިވާ ތަނެއްގައި ބެހެއްޓުން.
- މަސައްކަތް ކުރާއިރު ބޭނުންކުރުމަށް ޙާއްސަކޮށްދެވިފާވާ ޔުނީފޯރމް، ބޮއިލަރ ސޫޓާއި، މާސްކް، އައިނު، ކަންފަތުގަ އަޅާއެތި، ސޭފްޓީ ބޫޓު އަދި އަންގި ފަދަ ތަކެތި ބޭނުންކުރަންޖެހޭ ވަގުތާއި ހާލަތުގައި އެތަކެތި ބޭނުންކުރުމާއި ރަގަޅަށް ބެލެހެއްޓުން.
- ރަށުން ކަރަންޓް ކެނޑޭ ހާލަތްތަކުގައި، އިންޖިނިއަރުންގެ އިރުޝާދު ދަށުން ކަރަންޓް ދިނުމަށް ކުރަންޖެހޭ މަސައްކަތް ކުރުން.
- އިންޖީނުގެއިން ނުވަތަ ކުންފުނިން ހިންގާ ޓްރެއިނިންގ ޕްރޮގްރާމްތަކުންނާއި ވަޒީފާގައި ކުރުމަށް ހަވާލު ކުރެވޭ މަސައްކަތްތަކުން އިންޖީނުގޭގެ މެއިންޓަނަންސް މަސައްކަތްތަކާއި އޮޕަރޭޝަން މަސައްކަތް ދަސްކުރުން.
- އިންޖީނުގެއަށް ބޭނުންވާ ޑީސަލް ސަޕްލައިކުރާ ފަރާތުން ގެންނަ ޑީސަލް، ޑީސަލް ރައްކާކުރާ ޓޭންކްތަކަށް ހުސްކުރުމާއި ރެކޯރޑްސް ފުރިހަމަކުރުން.
|
ވަޒީފާއަށް ހުށަހެޅުމުގެ މުއްދަތުހަމަވާ ތާރީޚް:
|
14 ޖަނަވަރީ 2023 ވަނަ ދުވަހުގެ 15:00 ގެ ކުރިން
|
ސުންގަޑި:
|
މި މަޤާމްތަކަށް އެދޭ ފަރާތްތަކުން، ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ތިރީގައިވާ ލިޔުންތަކާއެކު، [email protected] އަށް 14 ޖަނަވަރީ 2023 ވަނަ ދުވަހުގެ 15:00 ގެ ކުރިން މެއިލްކޮށްދެއްވުން އެދެމެވެ.
|
އިންޓަވިއު:
|
އިންޓަވިއުކުރެވޭނީ ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާއެވެ.
|
ހުށަހަޅަން ޖެހޭ ލިޔުން:
|
- ވަޒީފާ އަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މިކުންފުނީގެ އިންފޮމޭޝަން ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މިކުންފުނީގެwww.stelco.com.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ.)
- ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
- އެހެން ތަނެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އެތަނެއްގައި ވަޒީފާ އަދާކޮށްފައިވާ ކަމުގެ ލިޔުން
- ދިވެހި ރައްޔިތެއްކަން އަންގާދޭ ކާޑުގެ ކޮޕީ
|
އިތުރު މަޢުލޫމާތު:
|
- މިވަޒީފާތަކަށް ހޮވޭ ފަރާތްތަކަށް އަސާސީ މުސާރައިގެ އިތުރުން ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ އާއި ވަޒީފާ އަށް ނުކުންނަ ކޮންމެ ދުވަހަކަށް ދެވޭ އެލަވަންސް ދެވޭނެއެވެ.
- މިމަޤާމްތަކަށް ޝަރުތު ހަމަވާ ފަރާތެއް ނުލިބިއްޖެނަމަ، ނުވަތަ ޝަރުތު ހަމަވެ ޝޯޓްލިސްޓް ވާ ފަރާތްތަކާއި އިންޓަވިއުކޮށް ޝޯޓްލިސްޓް ވި ފަރާތްތަކުގެ ތެރޭގައި ވަޒީފާއަށް އެކަށީގެންވާ ފަރާތެއް ނެތް ނަމަ ވަޒީފާއަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން، އެފަރާތްތައް ހުށަހަޅާފައިވާ ލިޔެކިއުންތަކާއި، ތަޖުރިބާ އަދި އިންޓަވިއުއަށް ބެލުމަށްފަހު، އެންމެ އެކަށީގެންވާ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ހަމަޖެއްސުމުގެ އިޚްތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ.
|
17 ޖުމާދަލްއާޙިރާ 1444
11 ޖަނަވަރީ 2023
|