ތިލަދުންމަތީ ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހދ.އަތޮޅު ކައުންސިލް އިދާރާގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

ތިލަދުންމަތީ ދެކުނުބުރީ އަތޮޅުކައުންސިލް އިދާރާގެ ސެކިއުރިޓީ، ކޮންޓްރެކްޓް އުޞޫލުން 01 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތުގެމަތީން މަޢުލޫމާތު ސާފުކުރަށްވާ ބީލަން ހުށަހެޅުއްވުމުގެ ފުރުޞަތު ހުޅުވާލަމެވެ.

1- މިބީލަން ހުޅުވާލެވިފައިމިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

2- ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީކުރުން އޮންނާނީ 11 ޖަނަވަރީ 2023 ން ފެށިގެން 19 ޖަނަވަރީ 2023 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 13:00 އާއި ހަމަޔަށް އޮންލައިންކޮށެވެ. ރަޖިސްޓްރީވުމަށް https://forms.gle/CohnfMvmc6tdpSEv8 ބޭނުން ކުރެއްވުން އެދެމެވެ. ބީލަމުގައި ރަޖިސްޓަރ ވެވަޑައިގަތުމުން ބީލަމާއިގުޅޭ މައުލޫމާތު އީމެއިލްގެ ޒަރިއްޔާއިން ލިބިވަޑައިގަންނަވާނެއެވެ.

3- ބީލަމާއި ބެހޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވެލައްވާ ނަމަ [email protected]  އަށް މެއިލް ކުރެއްވުން އެދެމެވެ. ނުވަތަ  6521637 އާ ފޯނުން ގުޅުއްވައިގެން މަޢުލޫމާތު ސާފު ކުރެއްވުން އެދެމެވެ.

4- ބީލަންތައް ހުޅުވުން އޮންނާނީ 25 ޖަނަވަރީ 2023 ވާ ބުދަ ދުވަހުގެ 11:00 ގައި ހދ. އަތޮޅު ކައުންސިލްގެ އިދާރާގެ ކޮންފަރެންސް ހޯލްގައެވެ. ބީލަމުގައި ބައިވެރިވެވޭނީ ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

5- އިތުރު މައުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

   ތިލަދުންމަތީ ދެކުނުބުރީ އަތޮޅު ކައުންސިލް

   އަމީނީމަގު، ކުޅުދުއްފުށި، ދިވެހިރާއްޖެ

   ފޯން: 6521638 ، 6521637

 

11 ޖަނަވަރީ 2023
ހޯދާ