ދިވެހިރާއްޖެ
ސަބްޖެކްޓް މެޓީރިއަލްސް ތައްޔާރު ކުރުމަށް ބޭނުންވެއްޖެ.
ފެކަލްޓީ އޮފް ހެލްތް ސައިންސަސް އިން ހިންގާ މެޑިކަލް ލެބޯޓްރީ ސައިންސް ކޯހުގެ މާއްދާއެއް ކަމަށްވާ "އިމިއުނޮލޮޖީ" ކިޔަވައިދިނުމަށް ބޭނުންކުރާނެ މެޓީރިއަލްސް ލިޔުމުގެ މަސައްކަތް ކޮށްދެއްވާނޭ ފަރާތެއް ހޯދަން ކުރެވުނު އިޢުލާން ނަންބަރު: MED-153-FHS/2014/24ފ(20 ނޮވެމްބަރު 2014) އިން އެދެވޭ ތަރުޙީބެއް ލިބިފައިނުވާތީ، ދެވަނަ ފަހަރަށް މިފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 09 ޑިސެންބަރު 2014 ވާ އަންގާރަދުވަހުގެ 14:00 އަށް މިފެކަލްޓީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 11ޑިސެމްބަރު 2014 ވާ އާދީއްތަދުވަހުގެ 11:30 އަށް މިފެކަލްޓީއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސެޝަނަށް ހާޒިރުނުވެ ފަހުން މަޢުލޫމާތު ކަރުދާސް ގެންދަވާ ފަރާތްތަކަށްވެސް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވޭނެއެވެ. ނަމަވެސް، އަންދާސީހިސާބު ބަލައިގަނެވޭނީ އެކަމަށް ކަނޑައެޅިފައިވާ ގަޑީގައި އެކަންޏެވެ.