ދިވެހިރާއްޖެ
01. ތަފްސީލް
04 ފެބްރުއަރީ 2023 ވަނަ ދުވަހު އެން.ސީ.އޭ އިން ބާއްވަން ރާވަމުންދާ ޝޯ އެއްގައި މިއުޒިކު ކުޅެދޭނޭ ބޭންޑެއް ހޯދަން ބޭނުންވެއެވެ. ބޭންޑު ވާންވާނީ ތިރީގައި ހިމެނޭ އިންސްޓްރޫމަންޓު/މިއުޒީޝަނުން ހިމެނޭ ބޭންޑަކަށެވެ.
- ވޯކަލް
- ގިޓާ
- ބޭސް ގިޓާ
- ކީބޯޑު
- އެކޯސްޓިކް ޑްރަމްސް
މިއުޒިކު ކުޅެދޭންޖެހޭ ކަންކަން:
- އެން.ސީ.އޭ އިން ހަމަޖައްސާ ވޯކަލިސްޓުން ހުށަހަޅާ ލަވަތަކަށް (13 ލަވަ)
- ސްޓޭޖު ތަމްސީލުގެ ބެކިންގ މިއުޒިކު (5 މިނެޓާއި 10 މިނެޓާ ދެމެދު ވަގުތަކަށް)
- ސްޓޭޖު ނެށުން (5 މިނެޓާއި 10 މިނެޓާ ދެމެދު ވަގުތަކަށް)
- ސްޓޭޖުގައި އެހެނިހެން ހަރަކާތްތައް ހިންގާ ވަގުތު ފިލިން މިއުޒިކު (20 މިނެޓު)
- މީގެ އިތުރުން ބޭންޑުގެ ތައާރަފާއިއެކު ބޭންޑުގެ އަމިއްލަ 1 ލަވަ ކުޅުމުގެ ފުރުސަތު ލިބޭނެއެވެ.
ކުޅެންޖެހޭ މިއުޒިކު ގެ ޖޮންރާ އާއި ސްޓައިލް:
- މި ޝޯގައި ތަފާތު ޖޮންރާ ގެ މިއުޒިކު ކުޅެންޖެހޭނެއެވެ. އެގޮތުން ބޮލީވުޑު ސްޓައިލުގެ އާންމުކޮށް ކިޔާއުޅޭ ދިވެހިލަވަ
- އިނގިރޭސި ލަވަ
- ބޮޑުބެރު ލަވަ
- ސްޓޭޖު ތަމްސީލާއި އެހެނިހެން ހަރާތްތަކާއި ގުޅޭ މިއުޒިކު.
ބޭންޑު ކުޅެންޖެހޭ މިއުޒިކުގެ ސްޓައިލްތައް ބަހައްޓަންވީ ގޮތާއިބެހޭ މައުލޫމާތު އެން.ސީ.އޭ ފޯރުކޮށްދޭނެއެވެ. އަދި ހުރިހާ މިއުޒިކެއްވެސް ޕަރފޯމް ކުރަންވާނީ ލައިވްކޮށެވެ. ޕްރޮޕޯޒަލް އާއިއެކު ބޭންޑުގެ ޕަރފޯމަންސް (ޕެން ޑްރައިވް ނުވަތަ ސީޑީ ނުވަތަ ޔޫޓިއުބް/ވެބް ލިންކު) ބެލުމާއި އަދި އަޑު އެހޭނޭ ގޮތަށް ހުށަހަޅަންވާނެއެވެ. އަދި އިވެލުއޭޓް ކުރުމަށް މަދުވެގެން 2 އައިޓަމެއް ހުށަހަޅަންވާނެއެވެ.
މި ކަމާބެހޭގޮތުން އިތުރު މައުލޫމާތު ސާފުކުރައްވާނަމަ [email protected] އަށް އީމެއިލް ކުރެއްވުމަށް ނުވަތަ ރަސްމީ ދުވަހު 3313456 ނަންބަރު ފޯނަށް ގުޅުއްވުމަށް ދަންނަވަމެވެ.
02. ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަޑި
މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ޝޯގައި މިޔުޒިކް ކުޅެދެވޭނެ އަގު ހިމެނޭގޮތަށް ތިރީގައިވާ ތާވަލާ ގޮތަށް ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.
ތަފްޞީލް |
ތާރީޚް (ދުވަސް) |
ގަޑި |
ތަން |
ޕްރޮޕޯސަލް ހުށަހެޅުން |
19 ޖަނަވަރީ 2023 (ބުރާސްފަތި) |
10:00 |
ނެޝަނަލް ސެންޓަރ ފޮ ދި އާޓްސް (އޮލިމްޕަސް ކޮމްޕްލެކްސް، ހަނދުވަރުދޭ ހިނގުން) |
03. އިވެލުއޭޓް ކުރެވޭނެ މިންގަނޑު
އިވެލުއޭޝަން މިންގަނޑު |
||
ޕޮއިންޓް ދެވޭނެ ދާއިރާ |
ޕޮއިންޓް ދެވޭނެ ގޮތުގެ ތަފްސީލް |
ޕޮއިންޓްގެ އަދަދު |
އަގު |
ހުށަހެޅި އެންމެ ހެޔޮ އަގު/ ހުށަހެޅި އަގު × 40 (އަގު ކުޑަވީ ވަރަކަށް ލިބޭ ޕޮއިންޓް ގިނަވާނެއެވެ.) |
40 |
ބޭންޑުގެއުފެއްދުންތަކާއި ހުށަހެޅުންތަކުގެ ފެންވަރު |
މި ބައިގައި ބަލާނީ ހުށަހެޅުންތަކުގެ އެރޭންޖުމަންޓް އަދި އިންސްޓްރުމަންޓޭޝަންގެ ފެންވަރަށެވެ. މިގޮތުން އިވެލުއޭޓް ކުރުމުގައި މަދުވެގެން 2 ހުށަހެޅުމެއް އިވެލުއޭޓް ކުރެވޭނެއެވެ. |
30 |
ލައިވްކޮށް ޕަރފޯމް ކުރާ ފެންވަރު |
މި ބަޔަށް ޕޮއިންޓްދިނުމުގައި ބެލޭނީ ބޭންޑު މެންބަރުންގެ މިއުޒިކަލް އެކިއުރަސީގެ ފެންވަރަށެވެ. |
30 |