ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް
ދިވެހިރާއްޖެ
އޮލިމްޕަހުގައި ބާއްވާ ޝޯއެއްގައި ނެށުމަކާއި ސްޓޭޖު ތަމްސީލެއް ހުށަހަޅައިދޭނެ ފަރާތެއް ހޯދުމަށް

01. ތަފްސީލް

 އެން.ސީ.އޭ އިން އިންތިޒާމްކޮށްގެން 04 ފެބްރުއަރީ 2023 ވަނަ ދުވަހުގެ ރޭގަނޑު އޮލިމްޕަހުގައި ބާއްވަން ހަމަޖެހިފައިވާ ޝޯގައި ތިރީގައިވާ އައިޓަމްތައް ހުށަހެޅުމަށް ވަނީ ހަމަޖެހިފައެވެ.

 

 

އައިޓަމް

ތަފްސީލް

1

ނެށުން

މި ނެށުން ވާންވާނީ 5 މިނެޓާއި 10 މިނެޓާ ދެމެދުގެ ދިގުމިނުގެ ނެށުމަކަށެވެ. ނެށުމުގައި ގިނަ ނެށުންތެރިންގެ ބައިވެރިވުން ހިމެނޭގޮތަށް އޮތުމުގެ އިތުރުން ރާއްޖޭގެ ޒަމާނީ އަދި ސަގާފީ ނެށުމުގެ ހަރަކާތްތައް ރަމްޒުކޮށްދޭންވާނެއެވެ.  

2

ސްޓޭޖު ތަމްސީލު

ސްޓޭޖް ތަމްސީލުގެ ދިގުމިނަކަށް ވާންވާނީ 5 މިނެޓާއި 10 މިނެޓާ ދެމެދުގެ ދިގުމިނުގެ ތަމްސީލަކަށެވެ.

 

02. ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަޑި  

މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ތާވަލާ އެއްގޮތަށް އަގު ހިމެނޭހެން ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ. ޕްރޮޕޯސަލްގައި މީގެ ކުރިން ކުރައްވާފައިވާ މިފަދަ މަސައްކަތްތަކުގެ ތަފްސީލު އަދި އޯޑިއޯ ވިޝުއަލް ލިންކް ހިމަނަންވާނެއެވެ.  އަދި އިވެލުއޭޓް ކުރުމަށް މަދުވެގެން 2 އައިޓަމެއް ހުށަހަޅަންވާނެއެވެ. ޕްރޮޕޯސަލް ހުށަހަޅުއްވާނީ ކޮންމެ އައިޓަމަކަށް ވަކި ޕްރޮޕޯސަލެކެވެ. މި ކަމާބެހޭގޮތުން އިތުރު މައުލޫމާތު ސާފުކުރައްވާނަމަ[email protected]  އަށް އީމެއިލް ކުރެއްވުމަށް ނުވަތަ 3313456 ނަންބަރު ފޯނަށް ގުޅުއްވުމަށް ދަންނަވަމެވެ.

ތަފްޞީލް

ތާރީޚް (ދުވަސް)

ގަޑި

ތަން

ޕްރޮޕޯސަލް ހުށަހެޅުން

19 ޖަނަވަރީ 2023 (ބުރާސްފަތި)

10:30

ނެޝަނަލް ސެންޓަރ ފޮ ދި އާޓްސް

(އޮލިމްޕަސް ކޮމްޕްލެކްސް، ހަނދުވަރުދޭ ހިނގުން)

 

03. އިވެލުއޭޓް ކުރެވޭނެ މިންގަނޑު

އިވެލުއޭޝަން މިންގަނޑު

ޕޮއިންޓް ދެވޭނެ ދާއިރާ

ޕޮއިންޓް ދެވޭނެ ގޮތުގެ ތަފްސީލް

ޕޮއިންޓްގެ އަދަދު

އަގު

ހުށަހެޅި އެންމެ ހެޔޮ އަގު/ ހުށަހެޅި އަގު × 40 (އަގު ކުޑަވީ ވަރަކަށް ލިބޭ ޕޮއިންޓް ގިނަވާނެއެވެ.)  

40

ކްރިއޭޓިވިޓީ ކޮންސެޕްޓް

މި ބައިގައި ބަލާނީ ހުށަހަޅާ އައިޓަމްގެ ކޮންސެޕްޓަށް ބެލުމަށް ފަހުގައެވެ.

30

މަސައްކަތުގެ ފެންވަރު

މި ބަޔަށް ޕޮއިންޓްދިނުމުގައި ބެލޭނީ  މިހާތަނަށް ކޮށްފައިވާ މަސައްކަތްތަކަށް ބެލުމަށްފަހުގައެވެ. މިގޮތުން އިވެލުއޭޓް ކުރުމުގައި މަދުވެގެން 2 މަސައްކަތެއް އިވެލުއޭޓް ކުރެވޭނެއެވެ.

30

ޖުމްލަ

100

10 ޖަނަވަރީ 2023
ހޯދާ