އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން - ނިޔަމި ކޯސް 2 ތަމްރީން ޕްރޮގްރާމްގައި ބައިވެރިވުމަށް އެދޭ ފަރާތްތަކަށް

އިޢުލާން


ނިޔަމި ކޯސް 2 ތަމްރީން ޕްރޮގްރާމްގައި ބައިވެރިވުމަށް އެދޭ ފަރާތްތަކަށް

އައްޑޫސިޓީގައި ކަނޑު އުޅަނދު ދުއްވާ ފަރާތްތަކަށާއި، އަލަށް ކަނޑު އުޅަނދު ދުއްވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށާއި އަދި މަސްވެރިންނަށް އަމާޒުކޮށްގެން މެރިޓައިމް ޓްރެއިނިންގ އިންސްޓިޓިއުޓް އާއި އައްޑޫސިޓީ ކައުންސިލާއި ގުޅިގެން "ނިޔަމި ކޯސް 2 " ތަމްރީން ޕްރޮގްރާމެއް ހިންގުމަށް ވަނީ ނިންމާފައެވެ.

މި ތަމްރީން ޕްރޮގްރާމުގައި ބައިވެރިވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ނަމާއި، އައިޑީ ކާޑު ނަންބަރު އަދި ގުޅޭނެ ނަންބަރު 2023 ޖަނަވަރީ 19 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް މި އިދާރާގެ (ފޯނު ނަންބަރު: 7905003) އަށް ވައިބަރ ކުރެއްވުން އެދެމެވެ. ނުވަތަ މި އިދާރާގެ ސޯޝަލް ސަރވިސް ސެކްޝަނަށް [email protected] މެއިލް ކުރެއްވުން އެދެމެވެ.

ވީމާ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރަމެވެ.

18 ޖުމާދަލް އާޚިރާ 1444

10 ޖަނަވަރީ 2023

10 ޖަނަވަރީ 2023
ހޯދާ