ދިވެހިރާއްޖެ
ކުޑަހުވަދޫން ބަންޑާރަ ގޯއްޗަށް އެދި ފޯމް ހުށަހެޅުމަށް ކޮށްފައިވާ މި އިދާރާގެ ނަންބަރު: D-381/IUL/2022/59 ( 30 އޮގަސްޓް 2022 ) ގެ ޢިއުލާނާއި ގުޅިގެން ހުށަހަޅާފައިވާ ފޯމްތައް އިވެލުއޭޓް ކުރުމުގައި ގައިޑްލައިންގެ އިތުރުން މިއިދާރާގެ ނަންބަރު:D-381/IUL/2022/64 (19 ސެޕްޓެމްބަރ 2022) ގެ އިޢުލާންގައި ބަޔާންކޮށްފައިވާ ކަންކަމުގެ އިތުރުން، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ދީފައިވާ ލަފަޔާއެކު، ކުޑަހުވަދޫން ގޯތިދޫކުރުމަށް އެކުލަވާލާފައިވާ ގޯތިކޮމެޓީގެ 2023 ޖަނަވަރީ 09 ވަނަ ދުވަހު ބޭއްވި ބައްދަލުވުމުގައި ތިރީގައިވާ ކަންކަމަށް ރިއާޔަތް ކުރުމަށް ނިންމާފައިވާ ވާހަކަ ދަންނަވަމެވެ. އެއީ:
1- |
ކެޓަގަރީ A ގެ ޕޮއިންޓް އުނިކުރާ ބައިގެ " ބ " ގެ ފަހަތަށް "އެބިމެއްގެ ނުވަތަ ފްލޯއޭރިޔާގެ އަކަފޫޓަކަށް" މި އިބާރާތް އިތުރުކޮށް ފްލޯއޭރިޔާގެ އަކަފޫޓަކަށް 0.02 ޕޮއިންޓް އުނިކުރުމަށް، |
2- |
ޕޮއިންޓް ދިނުމަށް ކަނޑައަޅާފައިވާ ބައިގެ، މައިންބަފައިންނާއި ބަލަދުވެރިންގެ ބައިން ޕޮއިންޓް ދިނުމުގައި، މައިން ބަފައިންގެ ގޯއްޗަކީ އެއްމެދު ގޯއްޗެއްގެ ގޮތުގައި (ޝަރީއަތުންބިންވަކިކޮށްފައި ނުވާނަމަ)ވާނަމަ އެގޯއްޗަކީ އެއްގޯއްޗެއް ކަމަށެވެ. މިފަދަހާލަތެއްގައި އެއްމެދު ގޯއްޗެއްގެ ގޮތުގައި 2000 އަކަފޫޓް ހަމަވާ ނުވަތަ އެއަށްވުރެ ބޮޑު ގޯއްޗެއް އޮތްނަމަ، ގޯއްޗަށް ހުށަހަޅާ ފަރާތަށް 3 ޕޮއިންޓް ނުލިބޭނޭކަމަށް، |
3- |
މިބުރުގައި ގޯއްޗަށް އެދި ހުށަހަޅާފައިވާ އެއްވެސް ފަރާތަކަށް، ކުޑަހުވަދޫން 600 އަކަފޫޓް ހަމަވާ ނުވަތަ އެއަށްވުރެ ބޮޑު އަމިއްލަ ނުވަތަ ބަންޑާރަ ބިމެއް ތަރިކައިން ނުވަތަ އެހެންވެސް ގޮތަކުން ލިބިގެން ޝަރިއަތުން ބިންވަކިކޮށްފައިވާނަމަ، އެފަރާތަކަށް ކުޑަހުވަދޫން ގޯއްޗެއް އޮތްކަމަށް ބެލުމަށް، |
4- |
ކެޓަގަރީ " B " ގެ ގޯއްޗަށް އެދި ހުށަހަޅާ ފަރާތްތަކުގެ ހުންނަން ޖެހޭނެކަމަށް ބަޔާންކުރާ ޝަރުތުތަކަށް ތިރީގައިވާ ޝަރުތު އިތުރުކުރުން އ – ބޯހިޔާވަހިކަމާ ގުޅިގެން ހިންގާފައިވާ އެއްވެސް މަޝްރޫއަކުން، ކުޑަހުވަދޫން ލިބިފައިވާ ބޯހިޔާވަހިކަމެއް ދޫކޮށްލާފައިވާތާ 20 އަހަރު ނުވަތަ އެއަށްވުރެ ގިނަދުވަސްވުން، |
5- |
ކެޓަގަރީ “B” ގެ ޖަދުވަލު 3 ގެ ރަށްވެހިކަމުގެ ބަޔަށް އަންނަނިވިގޮތަށް ޕޮއިންޓް އިތުރު ކުރުން، އެއީ: ހ- 15 ޕޮއިންޓް ށ- 20 ޕޮއިންޓް ނ- 25 ޕޮއިންޓް ރ- 30 ޕޮއިންޓް ބ- 2 ޕޮއިންޓް |
6 |
ޖަދުވަލު 1 ، ކެޓަގަރީ "A" ގެ ރައްވެހިކަމަށް ޕޮއިންޓް ދިނުމުގައި ، ފޯމް ހުށަހެޅުމުގެ އެންމެ ފަހު ތާރީހާއި ހަމައަށްކުޑަހުވަދޫއަށް ރަށްވެހިކަން ބަދަލުކޮށްފައިވާ ފަރާތްތަކަށް 20 ޕޮއިންޓް ދިނުމަށްފަހު، ކުޑަހުވަދޫގައި ދިރިއުޅެފައިވާ މުއްދަތަށް ޕޮއިންޓް ދިނުމަށެވެ. އަދި މިގޮތަށް ޕޮއިންޓް ދިނުމުގައި ގައިޑްލައިންގެ 12.2 ގައި ބަޔާންކޮށްފައިވާ ގޮތަށް ރިއާޔަތްކޮށް ޕޮއިންޓް ދިނުމަށް، |