މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓުގެ ޕްރޮޖެކްޓް މެނޭޖްމެންޓް ޔުނިޓުގެ ރިފާރބިޝްމަންޓް މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

ގައުމު: ދިވެހިރާއްޖެ

ޕްރޮޖެކްޓް: މޯލްޑިވްސް: އެންހޭންސިންގ އެމްޕްލޯއިބިލިޓީ އެންޑް ރެޒިލިއަންސް އޮފް ޔޫތް ޕްރޮޖެކްޓް

މަސައްކަތުގެ ނަން: މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓުގެ ޕްރޮޖެކްޓް މެނޭޖްމެންޓް ޔުނިޓުގެ ރިފާބިޝް މަސައްކަތް

ކްރެޑިޓް ނަންބަރު: IDA-D4800

އާރު.އެފް.ބީ ނަންބަރު: MV-MOED-333847-CW-RFB

  1. ވޯލްޑް ބޭންކުގެ އެހީގައި މިމިނިސްޓްރީން ހިންގާ "މޯލްޑިވްސް: އެންހޭންސިންގ އެމްޕްލޯއިބިލިޓީ އެންޑް ރެޒިލިއަންސް އޮފް ޔޫތް" ޕްރޮޖެކްޓްގެ ދަށުން، މިއިޢުލާނާ އެއްކަރުދާސްކުރެވިފައިވާ ރިކުއެސްޓް ފޯ ބިޑްސް (އާރު.އެފް.ބީ) ގައި ބަޔާންކުރާ  މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓުގެ ޕްރޮޖެކްޓް މެނޭޖްމެންޓް ޔުނިޓުގެ ރިފާބިޝް މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
  2. މަތީގައި ދެންނެވިފައިވާ މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން، ރިކުއެސްޓް ފޯރ ބިޑް (އާރ.އެފް.ބީ) އާއި އެއްގޮތަށް ބިޑް ޑޮކިއުމަންޓް ހުށަހެޅުމުގެ ދަޢުވަތު މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓުން، މިކަމަށް ޝަރުޠު ހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. 
  3. މި މަސައްކަތްކުރުމަށް ޝަރުތު ފުރިހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ ރިކުއެސްޓް ފޯ ބިޑްސް (އާރު.އެފް.ބީ) އުޞޫލުގެ މަތިން ވޯލްޑްބޭންކް ލޯނާއި އައި.ޑީ.އޭ ކްރެޑިޓް އަދި ހިލޭ އެހީގެ ދަށުން ހިންގޭ މަޝްރޫޢުތަކަށް އެފަރާތުން 2020 ނޮވެމްބަރުގައި ޝާޢިއު ކުރެވިފައިވާ ޕްރޮކިޔުމަން ރެގިއުލޭޝަންގެ 4 ވަނަ އެޑިޝަން އާއި އެއްގޮތަށެވެ.
  4. މިކަމާބެހޭ އިތުރު މަޢުލޫމާތު ބޭނުންވާނަމަ މޯލްޑިވްސް: އެންހޭންސިންގ އެމްޕްލޯއިބިލިޓީ އެންޑް ރެޒިލިއަންސް އޮފް ޔޫތް ޕްރޮޖެކްޓްގެ ޕްރޮޖެކްޓް ޑިރެކްޓަރ އަލްފާޟިލް ޠާސީން ޙިލްމީ އަށް އެޑްރެސްކޮށް ތިރީގައިވާ އެޑްރެހަށް ލިޔުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.
  5. ބީލަމާއި ގުޅޭގޮތުން މަޢުލޫމާތްދިނުމަށް ބާއްވާ ޕްރީބިޑް މީޓިންއެއް 22 ޖެނުއަރީ 2023 ވާ އާދިއްތަ ދުވަހުގެ 10:00 ގައި ވެލާނާގެ 11 ވަނަ ފަންގިފިލާގައި ހުންނަ މިމިނިސްޓްރީގެ ކޮންފަރެންސް ހޯލުގައި އޮންނާނެއެވެ.
  6. ބީލަންހުޅުވުން އޮންނާނީ  12 ފެބްރުއަރީ 2023  ވާ އާދިއްތަ ދުވަހުގެ 10:00 ގައި ވެލާނާގެ 11 ވަނަ ފަންގިފިލާގައި ހުންނަ މިމިނިސްޓްރީގެ ކޮންފަރެންސް ހޯލުގައެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ ބިޑްތައް ބަލައިނުގަނެ އަނބުރާ ރައްދުކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން ލިޔެފައި އޮންނަންވާނެއެވެ.
  7. ޕްރޮޖެކްޓުގެ ބިޑްސެކިއުރިޓީގެ ގޮތުގައި 7,710.00 (ހަތްހާސް ހަތްސަތޭކަ ދިހަ( ރުފިޔާ ހުށަހަޅަންޖެހޭނެއެވެ.
  8. އިތުރު މައުލޫމާތު އަދި ބިޑު ހުށަހަޅަންވީ އެޑްރެސް ތިރީގައި އެވަނީއެވެ.

      މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް

      ވެލާނާގެ، 11ވަނަ ފަންގިފިލާ

      އަމީރު އަހްމަދުމަގު

      މާލެ، ދިވެހިރާއްޖެ

      ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓް

      މޯލްޑިވްސް: އެންހޭންސިންގ އެމްޕްލޯއިބިލިޓީ އެންޑް ރެޒިލިއަންސް އޮފް ޔޫތް ޕްރޮޖެކްޓް

      ފޯނު ނަންބަރު: 3323668

      އީމެއިލް: [email protected]

10 ޖަނަވަރީ 2023
ހޯދާ