ވަޒީފާގެ ފުރުސަތު
|
ތާރީޚް
|
18 ޖުމާދަލްއާޚިރާ 1444
10 ޖަނަވަރީ 2023
|
ނަންބަރު
|
179-3.3/1/2023/3(IUL)
|
މަޤާމް:
|
އެސިސްޓެންޓް މެނޭޖަރ/ އެޗް.އާރު އެންޑް އޯޑީ
|
ވަޒީފާގެ ބާވަތް
|
ދާއިމީ
|
މަސައްކަތް ކުރަންޖެހޭ ތަން
|
ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ
|
މުސާރަ އާއި އެލަވަންސް
|
14,500/- ރުފިޔާ އާއި 16,000/-ރުފިޔާ އާ ދެމެދު
|
ޑެއިލީ އެލަވަންސް
|
އެޓެންޑެންސް އެލަވަންސްގެ ގޮތުގައި ދުވާލަކަށް 100/- ރުފިޔާ
|
އިތުރުގަޑީގެ ފައިސާ
|
ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
|
ބޭނުންވާ އަދަދު
|
01 (އެކެއް)
|
މަޤާމުގެ ޝަރުތު
|
|
މައިގަނޑު މަސްއޫލިއްޔަތުތައް:
|
- މުވައްޒަފުން ރެކްރޫޓްކުރުމާއި ޓަރމިނޭޝަން ގައި އެހީތެރިވުން
- ސްޓާފް ޑިވެލޮޕްމަންޓްއާ ގުޅޭ މަސައްކަތް
- ސްޓާފުންގެ ޕަރފޯމަންސް އިވެލުއޭޓްކުރުމުގައި ކުރަންޖެހޭ މަސައްކަތް
- އެޗްއާރުއެޕްލިކޭޝަން މެދުވެރިކޮށް ސްޓާފުންގެ ރިކޯޑް ބެލެއްޓުން (މީގެ ތެރޭގައި ހާޒިރީއާއި ޗުއްޓީއާއި ޕަރސަނަލް ފައިލް ގެ ރެކޯޑްތައް ބެލެހެއްޓުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްކުރުން
- ޑިޕާޓްމަންޓުން ފޮނުވަންޖެހޭ ސިޓީ، ނޯޓް ، މެމޯ ފަދަ ލިޔުންތައް ތައްޔާރުކުރުމާއި ފޮނުވުމާއި ބަލައިގަތުމާއި އަދި ސެކްޝަނުން ފޮނުވާ މިފަދަ ލިޔުންތައް ތައްޔާރުކުރުމާއި ފޮނުވުމާއި އޭގެ ރިކޯޑް މެއިންޓެިއިންކުރުން
- މުވައްޒަފުންގެ މުސާރައާގުޅޭ އެންމެހައި މަސައްކަތް
- ސެކްޝަނުން ބާއްވާ ބައްދަލުވުން ތަކުގެ ޔައުމިއްޔާ / ރެކޯޑްތައް ބެލެހެއްޓުން
- އޮތޯރިޓީގެ އޮޕަރޭޝަނަލް ޕްރޮސީޖަރ އާ އެއްގޮތަށް އެންމެހައި މަސައްކަތްކުރުން
|
މަޤާމަށް ކުރިމަތިލާ ފަރާތްތަކަށް ޕޮއިންޓްދޭނެ މިންގަނޑުތައް
|
- ތަޢުލީމާ ތަމްރީނު (ކަނޑައެޅިފައިވާ އިންސައްތަ 50%)
- ޕްރެޒެންޓޭޝަން (ކަނޑައެޅިފައިވާ އިންސައްތަ 15%)
- އެސެސްމަންޓް (ކަނޑައެޅިފައިވާ އިންސައްތަ 15%)
- އިންޓަރވިއު (ކަނޑައެޅިފައިވާ އިންސައްތަ 20%)
|
އެޕްލިކޭޝަން ސުންގަޑި
|
24 ޖަނަވަރީ 2023 ގެ 11:00 ގެކުރިން
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- އެޕްލިކޭޝަން ފޯމު
- ކަރިކިއުލަމް ވިޓާ (ސީވީ)
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ކޮޕީ
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ
- ވަޒީފާގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭ ރަސްމީ ލިޔުމެއް
|
އިތުރު މަޢުލޫމާތު
|
- މި އިޢުލާނާ ގުޅިގެން ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ހަމައެކަނި ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ.
- މި މަޤާމަށް މީހަކު ހޮވުމުގައި ބަލާނީ، ތަޢުލީމީ ސެޓްފިކެޓްތަކާއި އިންޓަރވިއު އަދި މަސައްކަތުގެ ތަޖުރިބާއަށް ބަލައި އެންމެ މަތިން ޕޮއިންޓް ލިބޭ ފަރާތަކަށެވެ.
- މަޤާމުގެ މަސްއޫލިއްޔަތާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯދުމަށް ތިރީގައިވާ ނަންބަރު ފޯނަށް ގުޅުން އެދެމެވެ.
|
އެޕްލިކޭޝަން ހުށަހެޅުން
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3336619 އަށެވެ.
ނޯޓް: މި މަޤާމަށް އެކަށީގެންވާ ފަރާތެއް ނުލިބިއްޖެނަމަ ވަޒީފާއަށް އެދި ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން ކޮލިފިކޭޝަނާއި ތަޖުރިބާއަށް ބަލައި، އެންމެ މަތިން ޕޮއިންޓް ލިބޭފަރާތަކަށް، ވަޒީފާ ހަމަޖެއްސުމުގެ އިޚްތިޔާރު އޮތޯރިޓީއަށް ލިބިގެންވެއެވެ.
|