ދިވެހިރާއްޖެ
ތިރީގައި މިދަންނަވާ މަޤާމުގައި މަސައްކަތްކުރައްވާނެ މުވައްޒަފަކު ހޯދަން ބޭނުންވެއްޖެއެވެ.
|
|
މަޤާމު: |
ފައިނޭންސް އޮފިސަރ |
މަޤާމުގެ ނަންބަރު: |
J- 374190 |
ބޭނުންވާ އަދަދު: |
1 |
މަޤާމުގެ ގިންތި: |
ދާއިމީ |
މަޤާމުގެ ރޭންކު: |
އެމް. އެސް 1 |
މަޤާމުގެ ކްލެސިފިކޭޝަން: |
ސީނިއަރ އޮފިސަރ ގްރޭޑް 1 |
ވަޒީފާ އަދާކުރަން ޖެހޭ ތަން: |
އަރިއަތޮޅު ދެކުނުބުރީ ދިއްދޫ ކައުންސިލްގެ އިދާރާ |
މުސާރަ: |
މަހަކު 5،610.00 ރުފިޔާ |
ސަރވިސް އެލަވަންސް: |
މަހަކު 2،000.00 ރުފިޔާ |
އެހެނިހެން އެލަވަންސް: |
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: |
10. ކައުންސިލުން ތައްޔާރުކުރަންޖެހޭ އެންމެހާ ޕޭމަންޓް ވައުޗަރތައް މާލިއްޔަތު ޤަވާޢިދާއި އެއްގޮތަށް ވިޔަމޮޑިއުލްގެ ތެރެއިން ތައްޔާރުކޮށް، ސޮއިކުރުވުމަށްފަހު، ބެންކް މެދުވެރިކޮށް ފައިސާ ދައްކަންޖެހޭ ފަރާތްތަކަށް ފައިސާ ދެއްކުމުގެ އެންމެހައި މަސައްކަތްތައް ކުރުން. އަދި ފައިސާ އެފަރާތްތަކަށް ދެއްކިއްޖެކަން ޔަޤީންކުރުމަށްފަހު، ޕޭމަންޓް ވައުޗަރާއި އެއްހީރަސްކުރަންޖެހޭ ހުރިހާ ލިޔެކިޔުންތަކެއް އެއްހީރަސް ކުރުމަށްފަހު، ޤަވާއިދުން ވިޔަމޮޑިއުލްގައި ޕީ.ވީތައް އެޓޭޗްކުރަމުން ގެންދިޔުން. 11. ކައުންސިލުން ތައްޔާރުކުރާ ރިޕޯޓްތަކަށް ބޭނުންވާ ބަޖެޓާއި ގުޅޭ އެންމެހައި މަޢުލޫމާތު ރިޕޯޓްތައް ތައްޔާރުކުރާ މުވައްޒަފަށް ފޯރުކޮށްދިނުން. 12. ކޮންމެ އަހަރެއްގެ މާރޗް މަހުގެ 31 ގެ ކުރިން ހުށަހަޅަންޖެހޭ ނިމިދިޔަ އަހަރުގެ މާލީ ބަޔާން ތައްޔާރުކުރުމުގައި މާލީޒިންމާދާރުވެރިޔާއަށް އެހީތެރިވުން. 13. ކޮންމެ އަހަރެއްގެ ޖުލައި 31 ގެ ކުރިން ކުރިއަށް އޮތްއަހަރުގެ ކައުންސިލްގެ ބަޖެޓް ތައްޔާރުކުރުމަށް ވެރިންނަށް އެހީތެރިވުމާއި ޤާނޫނުން ލާޒިމްކުރާ މުއްދަތުގެ ތެރޭގައި އަތޮޅު ކައުންސިލަށް ފޮނުވުން. 14. ކައުންސިލްގެ އެކައުންޓްތަކަށް ޖަމާކުރަންޖެހޭ ފައިސާ، ތިޖޫރީ ބަލަހައްޓާ މުވައްޒަފު އަންގަވާ ގޮތެއްގެ މަތިން ޖަމާކުރުމާއި، ޖަމާކުރެވޭ ފައިސާގެ ހިސާބު ބެލެހެއްޓުން. 15. ފައިސާ އާއި ބަޖެޓާ ގުޅޭގޮތުން (ދުވަހުން ދުވަހުން ، މަހުން މަހަށް ނުވަތަ އަހަރުން އަހަރަށް) ތައްޔާރުކުރަންޖެހޭ އެންމެހާ ލިޔެކިޔުން ތަކާއި ރިޕޯޓްތައް ތައްޔާރުކޮށް ބެލެހެއްޓުން. 16. އެކިފަރާތްތަކާ ހަވާލުކުރަންޖެހޭ ފައިސާ ޤަވާއިދުން އެފަރާތްތަކާ ހަވާލުކުރުމުގެ އެންމެހައި ކަންކަން ކުރުމާއި އެކަމަގުޅޭ ލިޔެކިޔުންތައް ބެލެހެއްޓުން. 17. ސެކްޝަނުގައި އެކުގައި މަސައްކަތްކުރައްވާ އިދާރީ މުވައްޒަފު ސަލާމް / ޗުއްޓީ ނެންގެވުމުން އެމުވައްޒަފުގެ މަސައްކަތްތައް ސްޕަވައިޒަރ ނުވަތަ ސެކްރެޓަރީ ޖެނެރަލް އަންގަވާ ގޮތެއްގެ މަތިން ކުރުން. 18. ކައުންސިލުން ކުރިޔަށް ގެންދާ ހާއްސަ މަސައްކަތްތަކުގައި ބައިވެރިވުމާއި އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެހެނިހެން ކަންކަން ކުރުން. 19. މުވައްޒަފުން ރަސްމީ ބޭނުމުގައި ރަށުންބޭރަށް ކުރާ ދަތުރުތަކުގެ ރެކޯޑް ބެލެހެއްޓުން. 20. ސެކްޝަނުން އެކިއެކި ފަރާތްތަކަށް ފޮނުވަންޖެހޭ ސިޓީ / މެސެޖް / ރިޕޯޓް ފަދަ ތަކެތި ފޮނުވައި ޤަވާއިދުން ފައިލްކުރުން. |
މަޤާމުގެ ޝަރުޠުތައް: |
މަޤާމުށް ކަނޑައަޅާފައިވާ ޝަރުޠުތައް: މަޤާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން. |
މަޤާމުގެ ތަޢުލީމީ ރޮނގުތައް:
|
|
ކޯޑިސިޕްލިން : ނެތް |
|
މަޤާމުގެ މަސައްކަތުގެ ދާއިރާތައް :
|
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ (ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދަރިވަރުންނަށް ސަނަދު ދިނުމުގެ ހުއްދަ އެ މަރުކަޒަކަށް ދީފައިވާ ސިޓީ ނަންބަރާއި ތާރީޚް ހިމެނޭ) ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.) (ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
އަސާސީ ޝަރުޠު ހަމަވުން: (30%)
އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު: (5%)
ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓު: (5%)
އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ: (5%)
އެސެސްމަންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް):(20%)
އިންޓަރވިއު:(35%) ނޯޓް: މި މަޤާމަށް އައްޔަން ކުރެވޭނީ، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމްލަ %60 (ފަސްދޮޅަސް އިންސައްތަ) އިން ފެށިގެން މަތިން ޕޮއިންޓް ލިބިފައިވާ ނަމައެވެ
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި: |
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ (16 ޖަނަވަރީ 2023 ގެ ނިޔަލަށް، (އދ.ދިއްދޫ ކައުންސިލްގެ އިދާރާ) އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް ([email protected]) މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
|
ޝޯޓްލިސްޓުކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.
|
އިންޓަރވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު: |
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު ، އަދި އިމްތިޙާން އޮންނާނީ، 17 ޖަނަވަރީ 2023 އިން 26 ޖަނަވަރީ 2023 އާއި ދެމެދު، އދ.ދިއްދޫ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. |
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން |
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ. |
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ (6680057) އަށެވެ. އީ-މެއިލް ކުރާނީ ([email protected]) އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.
|