ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަސްތަކުގެ ވެރިފަރާތް ހޯދުމަށް

ރުއްގަސްތަކުގެ ވެރިފަރާތް ހޯދުމަށް

                    މިރަށު ރެހާގަނޑާ ސަރަހައްދުގައި ހުރި ރުއްގަސްތަކުގެ ވެރިފަރާތް ހޯދުމަށް ބޭނުންވެއްޖެއެވެ.

                    ވީމާ މި ސަރަހައްދުގައި ހުރި ރުއްގަސްތަކުގެ ވެރިފަރާތެއް ވާނަމަ 17 ޖަނަވަރީ 2023 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން ރުއްގަސްތަކުގެ އަދަދު އެނގޭގޮތަށް ސިޓީއަކުން މި އިދާރާއަށް އަންގަވައި ދެއްވުން އެދެމެވެ. އީމެއިލް ކުރައްވާނަމަ މި އިދަރާގެ އީމެއިލް [email protected]  އަށް މެއިލް ކުރެއްވުން އެދެމެވެ. އަދި މިދެންނެވި ތާރީޚާއި ހަމައަށް އެއްވެސް ފަރާތަކުން ސިޓީ ހުށަހަޅާފައި ނުވާނަމަ މި ދެންނެވި ސަރަހައްދުގައި ހުރި ރުއްގަސްތަކުގެ ވެރިފަރާތެއް ނެތްކަމަށް ބަލައި ކައުންސިލަށް ނެގޭނެވާހަކަ ދަންނަވަމެވެ.

09 ޖަނަވަރީ 2023
ހޯދާ