ދިވެހިރާއްޖެ
ތިރީގައި މިވަނީ މިޔުނިވަރސިޓީގައި ޖަނަވަރީ 2015 ގައި ފެށުމަށް ހަމަޖެހިފައިވާ ކޯހެއްގެ މަޢުލޫމާތެވެ. މި ކޯހަށް ފޯމު ބަލައިގަންނަން ފަށާނީ 10 ޑިސެންބަރު 2014 ވާ ބުދަ ދުވަހުން ފެށިގެންނެވެ. ކޯހަށް އެދޭ ފޯމު ޔުނިވަރސިޓީގެ ދަރިވަރުންގެ ޚިދުމަތްތަކާބެހޭ ބައިންނާއި ޔުނިވަރސިޓީގެ ވެބްސައިޓް www.mnu.edu.mv އިން ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު 3345155 ފޯނާ ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.
1- ކޯހުގެ ނަން: ޑިޕްލޮމާ އިން ބިޒްނަސް |
|
މުއްދަތު: 3 އަހަރު (6 ސެމެސްޓަރ) |
ޖާގަ: 30 |
ކޯސް ހިންގާ ކެމްޕަސް: ޅ.ނައިފަރު |
ކޯސް ހިންގާ ގޮތް: ޑިސްޓަންސް މޯޑު |
ކޯހަށް ވަނުމަށް ބޭނުންވާ އެންމެދަށް މިންގަނޑު: ހ. ޖީ.ސީ.އީ އޯލެވެލް 3 މާއްދާއިން ފާސްވެފައިވުން. ނުވަތަ ށ. ޔުނިވަރސިޓީން ހިންގާ ފައުންޑޭޝަން ލެވެލް 1 ން ފާސްވެފައިވުން. ނުވަތަ ނ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ޤަބޫލުކުރާ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ އެފެންވަރު ހުރުން. ނޯޓް: މި ކޯސް ކޮންމެ ކެމްޕަހެއްގައިވެސް ހިންގޭނީ އެ ކެމްޕަހެއްގައި މަދުވެގެން 10 ދަރިވަރުން ރަޖިސްޓަރީވާނަމައެވެ. |
4 ޞަފަރު 1436